އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިތުރު ޑޭޓާ އެލަވަންސާ ތަފާތު ލޯޔަލްޓީ ފައިދާތަކާ އިތުރު ފުރިހަމަކަމާއެކު އުރީދޫ "އެކު" ޕޯސްޓްޕެއިޑް ޕެކޭޖްތައް ތަޢާރަފްކޮށްފި

އިތުރު ޑޭޓާ އެލަވަންސާ ތަފާތު ލޯޔަލްޓީ ފައިދާތަކާ އިތުރު ފުރިހަމަކަމާއެކު އުރީދޫ "އެކު" ޕޯސްޓްޕެއިޑް ޕެކޭޖްތައް ތަޢާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު



އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ "އެކު" ޕޯސްޓްޕެއިޑް ޕްލޭންތަކާއި އެކު، ބޭނުންކުރައްވާ ކަސްޓަމަރުންނަށް ޑޭޓާ އެލަވަންސް އިތުރުވެ، އެންމެ ފަހުގެ މޮބައިލް ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ބައްލަވައިގަތުމުގެ ފުރުސަތު ލިބުންފަދަ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ތަފާތު އެކި ފައިދާތައް ލިބިގެންދާނެ ގޮތަށް އުރީދޫ އިން "އެކު" ޕޯސްޓް ޕެއިޑް ޕެކޭޖްތައް ތަޢާރަފްކޮށްފިއެވެ.



އުރީދޫގެ ޕޯސްޓްޕެއިޑް ބިޒްނަސް މެނޭޖަރ، ދިޔާނާ އަފީފް ވިދާޅުވީ ރާއްޖޭގެ އެންމެ މަގްބޫލު ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް އިތުރު ފުރިހަމަކަމެއް "އެކު" ގެ ސަބބުން މިހާރު މިވަނީ ގެނެވިފައި ކަމަށާއި ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތަކަށް ބެލުމަށް ފަހު، އެންމެ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕޯސްޓްޕެއިޑް ޕެކޭޖްތައް މެދުވެރިކޮށް، ކުރިއަށް ވުރެ ގިނައިން ޑޭޓާ އެލަވަންސް ލިބި، ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.


"އެކު" ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ މޫލީ ބޭނުންކުރައްވައިގެން ޑިޖިޓަލްކޮށް ބާޒާރުކުރުމުގެ ޚިދުމަތާއި، އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު ބިލް ދެއްކުމާއި، އުރީދޫ ނެކްސްޓް، ސޯޝަލް މީޑިއާ އަދި ޗެޓްއިން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް ދިޔާނާ އަފީފް ވިދާޅުވިއެވެ.


"އެކު" ޕޯސްޓްޕެއިޑް ޕެކޭޖްތަކާއި އެކު ކަސްޓަމަރުންނަށް ލިބިގެންދާ ތަފާތު ގިނަގުނަ ފައިދާތަކުގައި ހިމެނެނީ:

- ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސްތައް

- އޮޕްޓިމައިޒް ކުރެވިފައިވާ ވީޑީއޯ ސްޓްރީމިންގ

- ވައިފައި ކޯލިންގ

- އެޗްޑީ ވޮއިސް މެދުވެރިކޮށް ކުރެވޭ އެންމެ ސާފުކޮށް އަޑު ފޯރުކޮށްދެވޭ ވޮއިސް ކޯލްތައް

- އީ-ސިމްގެ ޚިދުމަތް

- އެންމެ ފަހުގެ ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތައް މެދުވެރިކޮށް

- ތަފާތު އެކި ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕްލޭންތައް


"އެކު" ޕޯސްޓްޕެއިޑް 1000 ޕްލޭން އާއި މަތީގެ ޕްލޭންތައް އިޚްތިޔާރުކުރައްވާ ކަސްޓަމަރުންނަށް، އިތުރު ފަސޭހަކަމާއި އެކު ގިނަގުނަ ޚިދުމަތްތަކެއް ލިބިގެންދާ ކްލަބް ޕްރިމިއަރގެ ފައިދާތައްވެސް ލިބިގެންދާނެއެވެ:
- ކްލަބް ޕްރެމިއަރ ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދެވޭ ލައިފް އިންޝުއަރެންސް
- ދުނިޔޭގެ އެކިކަންކޮޅުތަކުން 1300 އަށްވުރެ ގިނަ އެއަރޕޯޓްތަކުގައިވާ ލައުންޖްތަކުން ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭ ޕްރަޔޮރިޓީ ޕާސް
- ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޕާޓްނަރުން ދެއްވާ ހާއްސަ ޑިސްކައުންޓްތައް
- ކްލަބް ޕްރިމިއަރ ލައުންޖްގެ ޕްރީމިއަމް ޚިދުމަތްތައް
- ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޚާއްސަކުރެވިފައިވާ ހެލްޕްލައިން
- އުރީދޫ އިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ހިންގާ ޕްރޮމޯޝަންތަކާއި ގުޅޭ ޚާއްސަ އޮފަރތައް

"އުރީދޫ 'އެކު' ޕޯސްޓްޕެއިޑްގެ ޚިދުމަތްތަކާއި ފައިދާތައް ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އުރީދޫއިން އަބަދުވެސް މަރުހަބާ ކިޔަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ore.do/postpaid އަށް ޒިޔާރަތްކުރެއްވުމުން އުރީދޫ ޕޯސްޓްޕެއިޑް ޚިދުމަތްތަކާއި ގުޅޭ ތަފްސީލްތައް ލިބިވަޑައިގަންނަވާނެއެވެ."
| YouTube: www.youtube.com/ooredoogroup

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް