އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެން ކުއްޖަކު އަންހެނަކަށްވަނީ ވަކި އަހަރަކުން ނޫންކަން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުންނަށް އަންގައިދޭން އެބަޖެހޭ!

އަންހެން ކުއްޖަކު އަންހެނަކަށްވަނީ ވަކި އަހަރަކުން ނޫންކަން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުންނަށް އަންގައިދޭން އެބަޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

އަންހެން ކުއްޖަކު އަންހެނަކަށްވަނީ ވަކި އަހަރަކުން (ވަކި އަހަރެއް ފުރުމަކުން) ނޫންކަން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުންނަށް އަންގައިދޭން އެބަޖެހެއެވެ. އެއީ ދީނުގެ ކަންކަމާއި ގުޅުވައިގެން އުމުރު އަތްމައްޗަށް ނަގާތީއެވެ.  

އިސްލާމް ދީނުގައި ކުއްޖާ ބާލިޣްވުމަށްފަހު އިސްލާމް ދީނަށް އަމަލުކުރުމުގައި އުމުރުން 100 އަހަރުވީ މީހަކާއި އެއްވެސް ތަފާތެއް ނެތެވެ. ފަރުޟުތައް އަދާކުރަން ޖެހެއެވެ. އިސްލާމް ދީނަށް ޢަމަލުކުރަން ޖެހެއެވެ. ނަމާދު ވާޖިބުވެއެވެ. ރޯދަ ހިފަން ޖެހެއެވެ. ތަނަވަސްކަން ލިބިގެންވާނަމަ ޒަކާތް ވެސް ދޭން ޖެހެއެވެ. ޙައްޖުވެސް ވާންޖެހެއެވެ. 

އަދާކުރަން ޖެހޭ ފަރުޟެއް އަދާނުކޮށްފިނަމަ ފާފަވެރިވެސް ވެއެވެ. ޢަޛާބުވެސް ދެއްވަވާނެތެވެ. ވީމާ ޤާނޫނުގައި ކޮންމެ ގޮތަކަށް ލިޔެ ފާސްކުރި ނަމަވެސް މިކަންކަމަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާ ހިސާބު ބައްލަވާނީ ރާއްޖޭގެ ޤާނޫނު އަސސސސަާސީ އަށާއި އދގެ ޤަރާރުތަކަށް ބައްލަވައިގެނެއް ނޫނެވެ. އެދުވަހު ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތް ނޫން ކޮންމެ އެއްޗަކީވެސް ހަމަ މުޅިން ބޭކާރު ތަކެއްޗެވެ.

މިކަންކަން ގިނަ ބައަކަށް ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. މިސާލަކަށް ދާދިފަހުން ފެނުނު މަންޒަރެކެވެ. މައިމީހާ ހުރީ ބުރުގާ އަޅައިގެންނެވެ. އަތަށް ރެކެޓެއް ދީގެން ސްކޫލަކަށް ވެއްދި 13 ވަރަކަށް އަހަރުގެ އަންހެން ދަރިފުޅު ހުރީ ކުޑް ޓީޝާޓްކޮޅެއް ލައްވައިފައެވެ. ލައްވާފައި ހުރި ސޯޓުކޮޅުން ފޫކޮޅު ނިވާވަނީ ހަމަ ކިރިޔާއެވެ. ނަމަވެސް ހަށިގަނޑުން ފެންނަން ހުރި ކަންކަމަށް ބަލާއިރު މައިމީހާއަށްވުރެ ދަރިފުޅު "ބޮޑެވެ."

މިފަދަ ކަންކަން ހިނގަން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދަރިން ބޮޑުވުމުގެ އުމުރު އަހަރުން މިނާތީއެވެ. އދ އިން އެކަން ކުރަނީ އިސްލާމް ދީން ނިކަމެތިކުރުމަށެވެ. އެއީ މުސްލިމުން ބަލައިގަންނަން ޖެހޭނެ ކަމެއް ނޫނެވެ.

ސަރުކާރަށް ކުރެވޭނީ އެންމެ ކަމެކެވެ. އެއީ އިސްލާމް ދީނުގައި ބަޔާންވެގެން ނުވާ ކުށް ކުރުން ފަދަ ކަންކަމުގައި އަދަބުދޭނެ ޤާނޫނު ކަނޑައެޅުމެވެ. ސަރުކާރުން ބޭނުންނަމަ އެއީ 50 އަހަރު ކަމަށްވެސް ފާސްކުރެވިދާނެއެވެ. ނަމަވެސް އިސްލާމް ދީނާއި ގުޅިފައިވާ، އިސްލާމް ދީނުގައި ވަކި ގޮތަކަށް ބަޔާންވެގެންވާ އެއްވެސް ކަމެއްގައި ކީރިތި ޤުރްއާނުގައި ނެތް ގޮތަކަށް ކަނޑައެއް ނުއެޅޭނެއެވެ.  

މުޖުތަމައުތައް އިސްލާމް ދީނާއި ބީރައްޓެހިވަމުން މިދަނީ ﷲ ތަޢާލާ އެންގެވި ގޮތް ދޫކޮށް އަމިއްލަގޮތްތައް ކުރިއަށް ނެރޭތީއެވެ. ހަގު އުމުރުގައި ޖިނާޢީ ކުށްތައް ކުރުން ގިނަވަމުން މިދަނީވެސް ހަމަ އެ ސަބަބަށްޓަކައެވެ. ކީރިތި ޤުރްއާން ދޫކޮށް އދ އަށް ޤާނޫނުތައް ހަދައިދޭ އަދި އެފަދަ ޤާނޫނުތައް ތަންފީޒުކުރާ ފަރާތްތަކުން އެކަމުގެ ރަހަ ޤިޔާމަތް ދުވަހު ދެކޭނެއެވެ!

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް