އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހާފިޡުން ސްކްރީންކުރާއިރު ކުޅިވަރު ކޯޗުން ސްކްރީން ކުރާނެ ކޮމިޓީއެއް ނެތީ ކީއްވެ؟

ހާފިޡުން ސްކްރީންކުރާއިރު ކުޅިވަރު ކޯޗުން ސްކްރީން ކުރާނެ ކޮމިޓީއެއް ނެތީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ރަމަޟާން މަހު ކީރިތި ޤުރްއާން ޚަތިމްކޮށް މިސްކިތްތަކުގައި އިމާމްވެ ނަމާދުކުރާނެ ޙާފިޡުން ބޭރުން ގެނައުމަށް ހުރި ހުރަސްތަކަށް ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފައުޅު ކުރެއްވުމުން އިސްލާމް ދީނުގެ ޢަދާވާތްތެރިން ދައްކަނީ ތަފާތު ވާހަކަތަކެކެވެ. ބޭރުން ރާއްޖެ ގެނައި އެއްވެސް ޙާފިޡކާއި އެއްވެސް ވަރަކަށް ގުޅުން ހުރި ވާހަކަތަކެއް ނޫނެވެ. 

އިސްލާމް ދީނަށް މަލާމާތްކޮށް ފުރައްސަރަކުރާ މީހުން ދައްކަނީ ރާއްޖޭގެ އިސްލާމް ޓީޗަރުންނާއި ޤާރީންނަށް ކުރެވޭ ކުށްތަކުގެ ވާހަކަތަކެވެ. ކޮންމެ ބައެއްގެ ތެރޭގައި ކުށް ކުރެވޭ ބައަކު އަބަދުވެސް ތިބެއެވެ. ޓީޗަރުކަން ކުރާ މަދު މީހެއްގެ އަމަލުގެ ވާހަކަތައް ދައްކާއިރު އިޚްލާޞްތެރިކަމާއިއެކު ޓީޗަރުކަން ކުރާތާ އެތައް އަހަރެއްވީ ޓީޗަރުންގެ ވާހަކަ ދައްކަން ޖެހިލުންވަނީ ކީއްވެގެން ހެއްޔެވެ؟  

ޔަޤީން ކުރެވޭ ކަމަކީ ރަމަޟާން މަހަށް ރާއްޖެ ގެނައި އެއްވެސް ޙާފިޡަކު ކުރިކުށެއްގެ ވާހަކަ ނޫސްތަކުން ފެނިފައި ނުވާ ކަމެވެ. ނަމަވެސް ބޭރުން ގެނައ ކުޅިވަރުކޯޗަކާއި ނޫސްތަކަށް މިހާރުވެސް މިއުޅެނީ  ސަލާމަތް ނުވެވިގެންނެވެ. 

ވީއިރު ފުރަތަމަ އުފައްދަންވީ ރާއްޖެ ގެންނަ ކުޅިވަރު ކޯޗުން ސްކްރީންކުރާނެ ކޮމިޓީއެއް ނޫންތޯއެވެ؟ 

ފާއިތުވި 2 އަހަހަރަށް ވަރު ބެލި ނަމަވެސް 13 އަހަރުގެ ކުއްޖަކާއި ކައިވެނިކޮށްގެން އުޅުނުކަން އެނގުނީ އެންމެ މީހެކެވެ. އެކަން އުހުދުފަރުބަދަ ވަރުގެ ބިޔަ މައްސަލައަކަށް ހެދިއިރު ފާއިތުވި 2 އަހަރުތެރޭގައި ކައިވެނީގެ ބޭރުން އަނބިފިރިކަމުގެ އުޅުން އުޅެ ދަރިން ލިބިފައިވަނީ ކިތައް ސަތޭކަކުދިންނަށްކަން ބުނެދޭންވެސް ސަރުކާރު ވަނީ ނުކުޅެދިފައެވެ. ސަބަބަކީ ކައިވެނީގެ ބޭރުން ކުޑަކުދިންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމަކީ އޯގާތެރި ފިކުރުގެ މީހުން ކުރާ ކަމެއް ކަމުގައި ސަރުކާރުން ބަލައިގަންނާތީ ކަމަށްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް