އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލައްވަން ސަރަނގު އާދަމް މަނިކު ފޯމްތައް ޙަވާލުކުރައްވައިފި

މާލެ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލައްވަން ސަރަނގު އާދަމް މަނިކު ފޯމްތައް ޙަވާލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމްވާފައިވާ މާލެ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށްޓަކައި ފޯމްތައް ޙަވާލުކުރައްވައިފިއެވެ.

އާދަމް މަނިކު މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމެވީ އެކަމަށް ގިނަ ބައަކު އެދެމުންދާތީއެވެ. ގިނަ ބައަކު އެކަމަށް އެދޭ ސަބަބަކީ މާލެ ސިޓީގެ މޭޔަރުކަމުގައި ހޭދަކުރެއްވި ކުރުމުއްދަތުގައި ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކޮށެވެ. އެކަންކަން ފާހަގަކޮށް މިއަދުނޫހާއި ބައެއް ރައްޔިތުން ޙިއްޞާކުރި ބައެއް ޚިޔާލުތައް މިއަދުނޫހުގައި ވާނީ ކުރިން ޝާއިޢު ކުރެވިފައެވެ. 

ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި މާލެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި އާދަމް މަނިކު ފަދަ ތަޖުރިބާ ހުރި، އެހެން މީހުންނާއި އަދި މުއައްސަސާތަކާއި ގުޅިގެން ކަންކަން ކުރުމުގެ ޤާމިލުކަން ހުރި، އަމިއްލަފުޅަށް ކަންކަން ބައްލަވައި ޚިދުމަތް ކުރައްވާނެ ބޭފުޅެއްގެ ދައުރު ވަރަށް މުހިންމެވެ. 

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތުހަމަވާން ކައިރިވިއިރު މޭޔަރު އާދަމްމަނިކުގެ އަޑެއް ނުއިވޭތީ ގިނަ ބައެއްގެ ސުވާލުތަކެއް! (މިއަދުނޫސް: 4 ޖަނަވަރީ 2020)

https://miadhu.mv/article/read/54224?fbclid=IwAR09WWZCCeBvWkZyKqMMf6g517EfPZqxxM9C_eigBqmflb7FyMplfAp6zfU

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް