އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް އޮތީ 5 ތަރި ފެންވަރުގަ ޚިދުމަތް ދިނުމެއް ނޫން! އޮތީ މަރުގެ އަދަބު ދިނުން!: ދީނީ ޢިލްމުވެރިން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް އޮތީ 5 ތަރި ފެންވަރުގަ ޚިދުމަތް ދިނުމެއް ނޫން! އޮތީ މަރުގެ އަދަބު ދިނުން!: ދީނީ ޢިލްމުވެރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 17 ސިކުންތު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް އޮތީ ކުކުޅުމަހާ ކުކުޅުބިހާ ދޮންކޭލާ ކިރާ ދީގެން  5 ތަރި ފެންވަރުގަ ޚިދުމަތް ދިނުން ނޫން ކަމަށާއި އޮތީ މަރުގެ އަދަބު ދިނުންކަން  ދީނީ ޢިލްމުވެރިން ހާމަކުރައްވައިފިއެވެ. 

ދީނީ ޢިލްމުވެރިންގެ ބަސްފުޅުތައް މިފަދައަކުން ހުރިއިރު ރާއްޖޭގައި މީގެ ކުރިން ވެސް މިފަދަ އަމަލުތައް ހުއްޓުވީ ޢާންމުންގެ ތެރެއަށް އެމީހުންނެރެ ތައުޒީރުކޮށް ފަޟީޙަތްކޮށްގެންނެވެ. ބޮޑެތި އަދަބުތައް ދީގެންނެވެ. ނަމަވެސް ޤާނޫނަށް ބަދަލު ގެނެސް އެފަދަ ޖަރީމާތައް ހިންގާ މީހުންނަށް ވެސް މަހަކު 30000 ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 5 ތަރި ފެންވަރުގައި ގެންގުޅެން ފެށުމުން އދގެ ރުހުން ލިބުނު ނަމަވެސް ކުށްކުރުން ދަނީ ގިނަވަމުންނެވެ. 

ދީނީ ޢިލްމުވެރިންގެ ބަސްފުޅުތައް: 

"މުޖުތަމައުގައި ނުރަނގަޅު ކަންތައްތައް ހުއްޓުވަން އޮތް ހަމައެކަނި މަގަކީ އިސްލާމީ ޝަރީޢާ ފުރިހަމައަށް ތަންފީޒުކުރުން"

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

"އިސްލާމް ދީނަކީ އިންސާނުން ދިރިއުޅުމަށް ﷲ ކަނޑައަޅުއްވަވާފައިވާ އެންމެ ފުރިހަމަ ނިޒާމެވެ. ޖިންސީ ގޯނާ ކުރުމާ މީހުން މެރުމާ، މަސްތުވާތަކެތި ބޭނުންކުރުމާ، މުރުތައްދުވުން ފަދަ ކަންކަމުގެ ޙައްލަކީ ހެޔޮ ނަޞޭޙަތްދިނުމާއި ކުށަށް އަރައިގަންނަ މީހާއަށް ދިނުމަށް އިސްލާމް ދީނުގައިވާ އަދަބު ދުނެމެވެ."

- ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް 

"އެކުޑަކުއްޖާ ރޭޕްކުރި މީހުންނަށް ޙައްޤޢު ޢުޤޫބާތް ދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލަމެވެ. އަދި މިފަދަ ލާއިންށާނީ ޖަރީމާތައް ހިންގާ މީހުން ރިޕޯޓްކޮށް، އެމީހުން ހުއްޓުވުމަށް މުޅި މުޖުތަމައުގެ އެއްބާރުލުން ދޭންޖެހޭނެއެވެ."

- ޝައިޚް ޙަސަން މޫސާ ފިކުރީ  

"2 އަަހރުގެ ތުއްތު ކުއްޖަކު ރޭޕްކުރިކަމަށް ތުހުމަތުކުރެވޭ ވާހަކަ އަޑުއެހީ ޢަޖައިބުވެހުރެއެވެ. ސުބްހާނަﷲ! ހިތަށް އަރަނީ މިހައި ނުބައި ޖައްބާރު މީހުންވެސް ހަމަ އަޅުގަނޑުމެންގެ ތެރޭގައި އުޅޭބާވައެވެ! ސުބްހާނަﷲ! ސާބިތުވެއްޖެ ނަމަ މިކަހަލަ މީހުންނަށް ދޭންވީ މަރުގެ އަދަބެވެ!"

- ޝައިޚް ޢަލީ ޒައިދު  

'ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ޤާނޫނީ ގޮތުން ހަރުކަށި އަދަބުދޭންޖެހެއެވެ. ޚާއްޞަކޮށް ޢަމަލު ހިންގަނީ ޢާއިލާގެ ތެރެއިން ބައަކު ނަމަ އެމީހުންގެ އަދަބު އިތުރަށް ބޮޑުކުރެވެން ޖެހެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ."

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު  

"ކުދިންނަށް އެންމެ ބޮޑަށް ރައްކާތެރިކަން ލިބެން ޖެހޭ ފަރާތްތަކުން އެކުދިން ރޭޕްކޮށް ޖިންސީ ގޯނާކުރުމަކީ ވަރަށް ދަސުދަރަޖައިގެ ލާއިންސާނީ ޢަމަލެކެވެ. އެފަދަ މީހުންނަށް ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭންޖެހެއެވެ. ﷲ އަހަރެމެންގެދަރިން މިފަދަ މުޖުރިމުންގެ ކިބައިން ސަލާމަތް ކުރައްވާށި!"

- ޝައިޚް އިލްޔާސް ޙުސައިން 

"އެއީ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް ބައަކީތާއެވެ! 2 އަހަރުގެ ކުޑަ އަންހެން ދރިއަށް އެފަދަ ކަމެއް ކުރި މީހަކަށް މަރުގެ އަދަބު ނޫން އަދަބެއް ދިނުމަކީ އެކުއްޖާއަށް ވެވޭ ބޭއިންޞާފެއް ކަމުގައި ނޫނީ ނުވާނެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް މަރުގެ އަދަބު ދެއްވާ!"

- ޝައިޚް މުޙައްމަދު އަނީލް

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް