އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާއަށް މާފުކުރުމުން ވީ ލޯބި ގަދަވެ "ބިންމަތީގަ ވެސް ޖެހެން ނުޖެހި" 41 އަހަރު ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ!

ފިރިމީހާއަށް މާފުކުރުމުން ވީ ލޯބި ގަދަވެ "ބިންމަތީގަ ވެސް ޖެހެން ނުޖެހި" 41 އަހަރު ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 2 ސިކުންތު

ދުނިޔޭގައި ތިބި އެންމެންނަކީވެސް ކުށްކުރެވޭނެ މީހުން ކަމަށްވާއިރު ކިތަންމެ ރަނގަޅު މީހަކަށްވެސް ކުށެއް ކުރެވިދާނެވެސް އިރު ކައިވެނި ކުރީ އެކަމަށް ވަރަށް ބޮޑަށް ވިސްނައިގެން ހުރެއެވެ. އެކަން އަހަރެން ބޭއްވީ އަހަރެންގެ ކައިވެނީގެ ބޮޑު ސިއްރުގެ ގޮތުގައެވެ. އެވާހަކަ އެއްގޮތަކަށްވެސް ފިރިމީހާ ގާތަކު ނުދައްކަމެވެ.

އަހަރެން މިކިޔައިދޭ ވާހަކައަށް ސަމާލުކަން ދީގެން ވިސްނާށެވެ.

ކިތަންމެ ލޯބިން ދިރިއުޅޭ ދެމަފިރިންގެ ތެރެއިން މީހަކަށްވެސް ކުށެއް ކުރެވިދާނެކަމާ އެކުށަށް މާފުކުރުމުން ކުރާ ފައިދާ އިންތިހާއަށް ބޮޑުކަން އަހަރެން މިހިރީ ވަރަށް ރަނގަޅަށް ތަޖުރިބާކޮށްގެންނެވެ. ފަށަމުން ބުނި ބޮޑު ސިއްރަކީ އެއީއެވެ. ފިރިމީހާއަށް ކުށެއް ކުރެވިއްޖެ ނަމަ މާފުކުރަން ނިންމާފައި އޮތް އޮތުމެވެ. އެކަން ފިރިމީހާ އާއި ކުރިން ހިއްޞާ ނުކުރީ އެއިރުން މާއަވަހަށް ކުށްކުރާނެތީއެވެ.

ކޮންމެއަކަސް އަހަރެންގެ ފިރިމީހާ އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރިއެވެ. ނުވަތަ ކުރެވުނެވެ. ފިރިމީހާ ބުނީ ކުރެވުނީ ކަމަށެވެ. އަހަރެން އެކަން ފިރިމީހާ ބުނި ގޮތަށް ޤަބޫލުކުރީމެވެ. އެނާއަށް މާފުވެސް ކުރީމެވެ. އަނެއކާވެސް މިޖެހެނީ ކުޑަކޮށް ކުރިއަށް ޖެހިލާށެވެ. އެއީ މާފުކުރަން އެހައި ފަސޭހަވި ސަބަބެވެ. އެ ސަބަބަކީ ފިރިމީހާއަށް ކުށެއް ކުރެވިދާނެ ކަމަށާއި އެފަދަ ޙާލަތުގައި މާފަށް އެދިއްޖެ ނަމަ މާފުކުރަން އެންމެ ކުރިން ފެށިގެން ނިންމާފައި އޮތް އޮތުމެވެ.

ކޮންމެއަކަސް އަހަރެންގެ ފިރިމީހާއަށް މާފުކުރި ހިނދުން ފެށިގެން ދުވަހަކުވެސް އެއީ ހިނގައި ދިއަ ކަމެއް ކަމަކަށްވެސް ނުހަދަމެވެ. އެކަމުގެ ފޮނި ނަތީޖާ މުޅި ހަޔާތުގައިވެސް ތަޖުރިބާކުރީމެވެ. ފިރިމީހާ މީހާ ދުނިޔެ ދޫކުރީ އުމުރުން 67 އަހަރުގައެވެ. ކައިވެންޏަށް 51 އަހަރުގައެވެ. އެ މައްސަލަ ޖަހުނީ ކައިވެންނަށް އެންމެ 10 އަހަރުގައެވެ. ވީމާ މައްސލައިގެ ފަހުން އަހަރެމެންނަށް ދިރިއުޅެން ލިބުނީ 41 އަހަރެވެ.

ޤަބޫލުކުރަން އުނދަގޫވި ނަމަވެސް އަދި ފަސޭހަވި ނަމަވެސް އަހަރެމްނެގެ މެދުގައި އެޖެހުނުކަމެއް ޖެހި ފިރިމީހާއަށް މާފުކުރިފަހުން ދިރިއުޅުނު 41 އަހަރު އެއިގެ ކުރީގެ 10 އަހަރަށްވުރެ ފިރިމީހާގެ ހެޔޮކަން ހުރިހާ ގޮތަކުން ވެސް މާބޮޑެވެ. އަހަރެންގެ އަގު މާބޮޑަށް ވަޒަންކުރިއެވެ. މާބޮޑަށް ލޯބިދިނެވެ. އޯގާތެރިވެސް ވިއެވެ.

ބުނަންހެއްޔެވެ؟ ކުރީ 10 އަހަރު އޭނާ އަހަރެން ގެންގުޅުނީ އަތުގައި ހިފައިގެން ކަމަށްވާނަމަ އެއިގެ ފަހުން އަހަރެން ގުޅުނީ އުރާލައިގެންނެވެ. ބިންމަތީގައިވެސް ނުޖައްސައެވެ. އެހެން ނުބުނަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ފިރިމީހާ އަހަރެންނާއި އަޅާލައި ލޯބި ނުދޭ ހަމައެއްވެސް ކަމެއް ނެތެވެ. ކިރިޔާ ރޯގާއެއް ޖެހިލި ނަމަވެސް "ދެން ނިދާށޭ" ބުނަންދެން އެކިއެކި ކަންކަން ކޮށްދެއެވެ.

 

މިއީ އަހަރެން ވިސްނާ ގޮތެވެ. އެކަން އެގޮތަށް މެދުވެރިވީ ފިރިމިހާއަށް ކުށެއް ކުރެވުމުން އެކަން ބަހަނާއަކަށް ދައްކައި އޭނާގެ ކިބައިން ސަލާމަތްވާން ލިބުނު ފުރުޞަތުގެ ބޭނުން ނުހިފައި އޭނާއަށް މާފުކޮށް އެހީތެރިވެދީގެން ދިރިއުޅެން މަސައްކަތްކުރުމުންނެވެ. އަދި ތަޤްވާވެރިކަން އިތުރުކޮށް ކުރި ދުޢާއިންނެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް އަހަރެންގެ ވިސްނުމާއި ތަޖުރިބާ ޙިއްޞާކޮށްލަން ބޭނުންވީ މުފްތީ މެންކުގެ މި މަސްފުޅާއި ގުޅިގެން މިއަދުނޫހުން ބުނެފައި އޮތް ފަހު ބަހުގެ ތެދުކަން ތަޖުރިބާކޮށްގެން ހުރީތީ އެކަން ޙިއްޞާކޮށްލުމަށެވެ.

"މިއީ ހަމަ ކޮންމެ ދެމަފިރިއަކު ވެސް ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ. ކިތަންމެ ރަނގަޅު ފިރިއެއް ނަމަވެސް އަދި އަންތބެއް ނަމަވެސް ކުށެއް ކުރެވިދާނެއެވެ. އެހިސާބުން އޭނާ ދޫކޮށްލައި ކައިވެނި ޜޫޅާލަންވީއެއް ނޫނެވެ. މައްސަލަ ޙައްލުކޮށް ހަމަ ޙައްޤު މަޤާމު ދީގެން އެކުގައި ދިރިއުޅެން މަސައްކަތްކުރަންވީއެވެ!"

އިއްޔެ ޝާޢިޢުކުރި ލިޔުން:

"ރަން ފޮތްޗެއް ނަޖިސް ތަނަކަށް ވެއްޓިއްޖެނަމަ ހަދާނީ ކިހިނަކުން ހެއްޔެވެ؟" މުފްތީ މެންކް

"ރަން ފޮތްޗެއް ނަޖިސް ތަނަކަށް ވެއްޓިއްޖެނަމަ ހަދާނީ ކިހިނަކުން ހެއްޔެވެ؟ ސުވާލުގެ ޖަވާބަށް ވާނީ ރަނގަޅު މީހަކަށް ކުށެއް ކުރެވިއްޖެނަމަ ވެސް އެމީހަކާއިމެދު ޢަމަލުކުރަންވީ ގޮތެވެ!"—މުފްތީ މެންކް

މިއީ މުފްތީ މެންކް ވިދާޅުވެފައިވާ ވަރަށް މާނަފުން ބަސްފުޅެކެވެ. ރަންފޮތްޗެއް ނަޖިސް ތަނަކަށް ވެއްޓުނު ނަމަވެސް ހަމަ އެކަކުވެސް ދޫކޮށްލާފައެއް ނުދާނެއެވެ. އެތަނަކުން ނަގާނެއެވެ. އަވަހަށް އެތަނަކުން ނަގާނެއެވެ. ނަޖިސް ފިލުވައި ތާހިރުކުރުމަށްފަހު އެއިގެ އަގު ވަޒަންކުރާނެއެވެ!

މުފްތީ މެންކް ވިދާޅުވެފައި އެވަނީ ކިތަންމެ ރަނގަޅު މީހަކަށް ވެސް ކުށެއް ކުރެވިދާނެ ކަމެވެ. އެހިސާބުން އޮތީ އެމީހާ ބާކީކޮށް އެއްލައިލުން ނޫން ކަމާއި ކުރެވުނު ކަންތައް އޭނާއަށް ވިސްނައިދީ އިޞްލާޙްކުރުވައިގެން އޭނާގެ ބޭނުން ހިފުން ކަމަށެވެ.

މިއީ ހަމަ ކޮންމެ ދެމަފިރިއަކު ވެސް ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ. ކިތަންމެ ރަނގަޅު ފިރިއެއް ނަމަވެސް އަދި އަންތބެއް ނަމަވެސް ކުށެއް ކުރެވިދާނެއެވެ. އެހިސާބުން އޭނާ ދޫކޮށްލައި ކައިވެނި ޜޫޅާލަންވީއެއް ނޫނެވެ. މައްސަލަ ޙައްލުކޮށް ހަމަ ޙައްޤު މަޤާމު ދީގެން އެކުގައި ދިރިއުޅެން މަސައްކަތްކުރަންވީއެވެ!

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް