އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު
މަދީނާގައި ހުރި މުސްލިމުންގެ 2 ވަނަ ޙަރަމްފުޅު، މަސްޖިދުއްނަބަވީގައި ނަމާދުކުރުމުގެ ފުރުޞަތު މިވަގުތު ލިބިފައިވަނީ ޙަރަމްފުޅުގެ ކިދުމަތުގައި މަސައްކަތްކުރާ މީހުންނަށެވެ! އެހެންކަމުން ޝައިޚް ޔާސިރު ޤާދީ ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް ނިޢްމަތަކީ ﷲ ތަޢާލާ ދެއްވެވި ބައަކަށް ލިބޭ އެއްޗެއް ކަމެވެ. އަދި އެމީހުންނަށް ލިބިފައި އެވަނީ ވަރަށް މަތިވެރި ނިޢްމަތެއް ކަމަށެވެ.
މަސްޖިދުއްނަބަވީ ސާފުކޮށް ބާއްވަން ޚާދިމުން ކުރަމުން ގެންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި ޔާސިރު ޤާދީ ވަނީ އެމީހުންގެ މަސައްކަތަށް ތަޢްރީފްކުރައްވައިފައެވެ.
ޔާސިރު ޤާދީ މިފަދަ ބަސްފުޅެއް ވިދާޅުވެފައި އެވަނީ އެހެން އެއްވެސް ބައަކަށް މިވަގުތު މަސްޖިދުއްނަބަވީގައި ނަމާދުކުރުމުގެ ފުރުޞަތު ނެތި ހަމައެކަނި އެމީހުންނަށް އެ ފުރުޞަތު ދެއްވަވާފައި އޮތުމުންކަން ފާހަގަކުރެވެއެވެ.
Look at these honest, hard-working cleaners of the Ḥaram!! At a time when the rest of us are not allowed to pray there, Allah has blessed and honored them to be the only ones who pray in the Sacred Masjid of the Prophet (SAW).
— Dr. Yasir Qadhi (@YasirQadhi) March 24, 2020
Subhan Allah, He honors whom He wills.... https://t.co/5khW5KfK9L
Advertisement
24 މާޗް 2020