އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ވައިރަސް އައި ސަބަބާމެދު ވިސްނާލަން މި 2 އާޔަތް ފުދެއެވެ! ތައުބާވުން އަވަސްކުރާށެވެ!: ޑރ. ހައިފާ ޔޫނިސް

ކޮރޯނާ ވައިރަސް އައި ސަބަބާމެދު ވިސްނާލަން މި 2 އާޔަތް ފުދެއެވެ! ތައުބާވުން އަވަސްކުރާށެވެ!: ޑރ. ހައިފާ ޔޫނިސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

އެއީ ކޮށްގެން ނުވާނެ ސުވާލެއް ނަމަވެސް މިއަދު އެންމެ ގިނަ ބައަކު ކުރާ ސުވާލަކީ ލޮލަށްވެސް ނުފެންނަ މިހައި ކުޑަކުޑަ ވައިރަސްއެއް މީސްތަކުންގެ މައްޗަށް ﷲ ތަޢާލާ ފާކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ މުޅި ދުނިޔެއަށް ބޮޑު މުޞީބާތަކަށްވެ އެތައް ހާސް މީހުން މަރުވެގެންދާ ސަބަބަށް އެކުޑަކުޑަ ވައިރަސް ލެއްވެވީ ކީއްވެގެން ހެއްޔެވެ؟ 

އަހަރެން ވެސް ވަރަށް ވިސްނައިފީމެވެ. އަހަރެންނަށް ވިސްނުނު ގޮތުން މިމޭރުމުން ކުރާ ސުވާލުތަކުގެ ޖަވާބު ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. އެއިގެ ތެރެއިން އެންމެ ފަސޭހައިން ހަނދާނަށް އައީ މިއާޔަތެވެ! 

"އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ މިޘާލުން، ﷲ މިޘާލެއް ޖެއްސެވިއެވެ. ކޮންމެ ދިމާއަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް ރިޒްޤް އާދެތެވެ. ދެން ﷲ ގެ ނިޢްމަތްތަކަށް އެ ރަށުގެ މީހުން ކާފިރު ވޫއެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާން ލައްވައި، އެކަމުގެ ރަހަ އެއުރެންނަށް ﷲ ދެއްކެވިއެވެ." (އައްނަޙްލް: 112) 

ދެން މިއާޔަތަށް ބަލައިލާށެވެ! 

"މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާ ވެ) ރުޖޫޢަ ވުމަށްޓަކައެވެ." (އައްރޫމް: 41) 

މީސްތަކުންނޭވެ! ﷲ ތަޢާލާ ކަމެއް މިންވަރު ކުރެއްވެވުމުން އެކަމުގެ ސަބަބަކީ ކޮބައިކަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ! ޖެހޭނީ ވިސްނައި ފިކުރުކުރާށެވެ! ކުރިމަތިވެފައިވާ މުޞީބާތް މެދުވެރި ކުރެއްވެވި ސަބަބަކީ މި 2 އާޔަތުގައި ބަޔާންކުރައްވާފައިވާ ސަބަބުތައް ކަމުގައި ވެސް ވެދާނެއެވެ! 

ގޭގައި ތިބެން ލިބިފައިވާ މި ފުރުޞަތުގައި މި 2 އާޔަތަށް ވިސްނައި ފިކުރުކޮށްލާށެވެ! އިޞްލާހް ކުރަން ޖެހިފައި އެމީހެއްގެ ކިބައި ހުރި ސިފަތައް އެމީހަކު އަވަހަށް އިޞްލާޙްކޮށްލާށެވެ! ތައުބާވެ ﷲ ތަޢާލާގެ މަގަށް އަވަހަށް ރުޖޫޢަވާށެވެ! ދުޢާ އަކީ މި ވައިރަސްގެ މުޞީބާތުން ވީހައި އަވަހަކަށް މުޅި ދުނިޔެ ވެސް ސަލާމަތްކޮށްދެއްވެވުމެވެ! އާމީން. 

- ޑރ. ހައިފާ ޔޫނިސް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް