އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަނގްލަދޭޝް ރައްޔިތުން ފޮނުވަން އިތުރު ފުރުޞަތެއް! މިލިޓަރީ ފްލައިޓުގަ ރާއްޖޭގަ ތިބި ބަންގްލަދޭޝް މީހުން ނުގެންދާނެބާ!

ބަނގްލަދޭޝް ރައްޔިތުން ފޮނުވަން އިތުރު ފުރުޞަތެއް! މިލިޓަރީ ފްލައިޓުގަ ރާއްޖޭގަ ތިބި ބަންގްލަދޭޝް މީހުން ނުގެންދާނެބާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ބަންގްލަދޭޝްގައި ތިބި 51 ދަރިވަރުންނާއި ނޭޕާލުގައި ތިބި 18 ދަރިވަރަކާއި ބަންގްލަދޭޝްގެ މެޑިކަލް ޓީމުގައި ހިމެނޭ 10 މީހަކު ގޮވައިގެން ބަންގްލަދޭޝްގެ މިލިޓަރީ ފްލައިޓެއް ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ނޭޕާލްގައި ތިބި ދަރިވަރުން ފުރަތަމަ ދާނީ ޑާކާއަށް ކަމަށާއި ފްލައިޓް އަންނާނީ ޑާކާ އިން ރާއްޖެއަށް ކަމަށެވެ. 

މިލިބުނު މައުލޫމާތަށް ބަލައިފިނަމަ ފްލައިޓުގައި 79 މީހަކު ރާއްޖެ އާދެއެވެ. އެހެންކަމުން ބަންގްލަދޭޝް ހައިކޮމިޝަނުން އިތުރު ބައެއްގެ ޑޮކިޔުމަންޓް ހަދައިނުދިން ނަމަވެސް ބަންގްލަދޭޝް އަށް ދާން އެދިފައި ތިބި ޕާސްޕޯޓް އޮތް 137 މީހުންގެ ތެރެއިން ބައަކު މިފްލައިޓުގައި ފޮނުވައިލެވިދާނެއެވެ. 

މުޅި ރާއްޖެ ލޮކް ޑައުނަކަށް ގޮސްފައިވާ މިފަދަ ދުވަސްވަރެއްގައި ޤަވާއިދާއި ޚިލާފަށް ތިބި މީހުންގެ ތެރެއިން ބައަކު ފޮނުވައިލެވުމަކީ އެތައް ގޮތަކުން ލުއިތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު