އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެނާއި މަސްދަޅާއި އެކި ރަހަތަކުގެ ނޫޑުލްސް ވެސް މިހާރު މޫލީ އިން ލިބޭނެ!

ފެނާއި މަސްދަޅާއި އެކި ރަހަތަކުގެ ނޫޑުލްސް ވެސް މިހާރު މޫލީ އިން ލިބޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 43 ސިކުންތު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީ ވުމުގެ ގޮތުންނާއި، ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ވިޔަފާރިކުރުމުގެ ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާ ގުޅިގެން މޫލީ މެދުވެރިކޮށް މާލެ އަދި ހުޅުމާލޭގެ އެޑްރެސްތަކަށް ޑެލިވެރީގެ ޙިދުމަތާއެކު ފޯރުކޮށްދޭން އުރީދޫއިން ފަށައިފިއެފެ.

އުރީދޫއިން ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ތަންފީޒުކުރައްވާފައިވާ ލޮކްޑައުންގެ ސަބަބުން، ފެން، މަސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތަކުން އޮންލައިންކޮށް ކަސްޓަމަރުންނާއި މުއާމަލާތްކުރުމަށާއި އުފެއްދުންތައް ޑެލިވަރކުރުމަށް މޫލީގެ އެހީތެރިކަމަށް އެދެމުންއަންނަކަމަށެވެ. 

އުރީދޫއިން ބުނެފައިވަނީ މި ޕްލެޓްފޯމްގެ ހާއްސަ ކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއަރހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބުން ކަމަށާއި. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުގެ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެފައިވާކަމަށެވެ.

ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީ އިންވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އެއީ ސޯޝަލް މީޑިއާ ޕޭޖެއް މެދުވެރިކޮށްކުރާ ވިޔަފާރިއެއް ކަމުގައިވިޔަސް، ސުޕަރމާރުކޭޓްއެއް ކަމުގައިވިޔަސް އަދި ކަންމަތީ ފިހާރައެއް ކަމުގައިވިޔަސް މޫލީއިން މަރުހަބާކިޔައެވެ.  

ކުދި ވިޔަފާރިތަކަށް މި ހާލަތުގައި ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދީ، މާލެ އާއި ހުޅުމާލޭގައި ވިޔަފާރި ހިންގުމަށާއި ކަސްޓަމަރުންނަށް މުއާމަލާތްކުރުމަށް އެހީތެރިވުމުގެގޮތުން، މޫލީއިން ވަނީ ޕްލެޓްފޯމް ފީ ނެގުން ހުއްޓާލާފައެވެ. މޫލީ މެދުވެރިކޮށް މިހާރު އެންމެ 24 ގަޑިއިރުގެ ތެރޭގައި ވިޔަފާރިތައް އޮންލައިންކޮށް ހިންގަން ފެށޭނެއެވެ.

މޫލީ އާއި އަލަށް ގުޅިފައިވާ ފަރާތްތަކުގެ ތެރޭގައި:

ހޮރައިޒަން ފިޝަރީޒްފެ މަނަދޫ މަސްދަޅު ކޭސް – ޓޫނާ މަސްދަޅު ޗަންކްސް އިން އޮއިލް/ބްރައިން

-  ސަޕްލައި އެމްވީ ބީ2ބީ ޕްލެޓްފޯމް މެދުވެރިކޮށް އެންޒީ ޓޫނާ އިން އޮއިލް/ބްރައިން ކޭސް، އެންޒީ ގިތެޔޮ މިރުސް ސޯސް އަދި އެންޒީ ރިހާކުރު ފުޅި

-  ތާޒާ ފެންފުޅި – 330މލ، 500މލ، 1500މލ އަދި 5ލ ފެން ފުޅީގެ ކޭސް (ކޮންމެ އޯޑަރަކަށް 5 ކޭސް)

ކޮންފޫޑްގެ އެޑިންބޮރޯ ސޯސް، ޖޫސް، ޖޭމް އަދި މިޔޯޖޯ ކަޕް ނޫޑްލްސް 

މޫލީ އަކީ އޮންލައިން ޕޭމަންޓް، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ، އީޒީ ރިޓަރންސް އަދި ފެންވަރު ރަނގަޅު އުފެއްދުންތަކާއި އެކު، ކަސްޓަމަރުންނަށް ޔަގީންކަމާއިއެކު ވިޔަފާރިކުރުމުގެ ފަސޭހަކަން ފަހިކޮށްދޭ ޑިޖިޓަލް ޝޮޕިންގ ޕްލެޓްފޯމްއެކެވެ. 

" މޫލީގެ އެންމެ ކަމުދާ ކަމަކީ މާލެނޫން އެހެން ރަށްރަށުގައި އުޅޭ ކަސްޓަމަރުންނަށްވެސް ފަސޭހަކަމާއިއެކު ޚިދުމަތް ފޯރުކޮށްދެވުން. މޫލީއިން ދޭ ދޮރުން-ދޮރަށް ޑެލިވަރީ ސަރވިސްގެ ސަބަބުން، އުފެއްދުންތައް އެންމެ ރަނގަޅު ހާލަތުގައި ރައްކާތެރިކަމާއި އެކު ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން އޮވޭ. މޫލީއަށް ސައިން-އަޕްކުރުމަކީ ވަރަށް ފަސޭހަކަމެއް އަދި ކޮންޓެކްޓް-ލެސް ޕޭމަންޓް ސިސްޓަމްގެ ސަބަބުން އިތުރުކަމަކާއި ވިސްނާކަށް ނުޖެހޭ." ތަކެތިގެ ފައުންޑަރ، ޝަރީހާން ވިދާޅުވިއެވެ. 

" މޫލީގައި ބައިވެރިވުމަކީ ވަރަށް ފަސޭހަ، ރަނގަޅު ފުރުސަތެއް. މިހާރުވެސް ވަރަށް ގިނަ ފަރާތްތަކަށް އަޅުގަނޑުމެންގެ އުފެއްދުން ފެނި، ކަމުގޮސްފައިވާނެކަން ޔަގީންކުރަން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޚިދުމަތް ފުޅާކޮށް، އުފެއްދުންތައް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހާ ވިޔަފާރިވެރިންނަށް މޫލީއިން ފޯރުކޮށްދެނީ ވަރަށް ރަނގަޅު ފުރުސަތެއް. އުރީދޫ އިން ފޯރުކޮށްދީފައި މިވާ ނުހަނު ބޭނުންތެރި މުހިންމު ޕްލެޓްފޯމްގެ އަގުވަޒަންކޮށް މި އަގުހުރި މަސައްކަތް ބަލައިގަންނަން." ބްރޭންޑްލޫމް ބައި އެންމަކް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ، މުހައްމަދު ނިޔާޒް ވިދާޅުވިއެވެ. 

ރާއްޖެއަށް ފުރަތަމަ ފަހަރަށް، މުޅިން ތަފާތު އީ-ކޮމަރސް ބާޒާރެއްގެ ގޮތުގައި 2019ގެ އޯގަސްޓްމަހު ތައާރަފްކުރެވުނު މޫލީ މެދުވެރިކޮށް، މިހާރުވެސް 10000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށްވަނީ ފޯރުކޮށްދެވިފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެފައެވެ.

 ވިޔަފާރި އޮންލައިންކުރުމަށް ބޭނުންވާ ފަރާތްތަކުން  [email protected] އަށް އީމެއިލް ކުރެއްވުމުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު