އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 11 ސިކުންތު

ވޭތުވެ ދިޔަ އަހަރެކޭ އެއްފަދައިން، ގޭގައި ތިއްބަވައިގެން ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ފަހިކޮށްދީފިއެވެ.

މިއަހަރުގެ ރަމަޟާން މަހު، ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ މި ފުރަބަންދުގެ ދުވަސްވަރުގައި ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ޑިޖިޓަލް ޚިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އުރީދޫ މޯލްޑިވްސްއިން އިލްތިމާސްކުރެއެވެ.

އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކެވުމަށް:

1.       އެމް-ފައިސާ އަށް ލޮގިން ކުރައްވާ

2.       އެމް-ފައިސާ ސަރވިސަސް އިން 'ފިތުރު ޒަކާތް' ނަންގަވާ

3.       ޒަކާތް ދެއްކެވުމަށް ބޭނުންވާ ބާވަތް އިޚްތިޔާރުކުރައްވާ

4.       ފައިސާ ދައްކާ ފަރާތުގެ މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު، ޕޭމަންޓް ކޮންފާމް ކުރައްވާ

އެމް.ފައިސާ މެދުވެރިކޮށް 21 މެއި 2020 ވަނަ ދުވަހުގެ ހަވީރު 6.00 އާއި ހަމައަށް ޒަކާތް ދެއްކޭނެއެވެ.

ޒަކާތުގެ އިތުރުން، ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އެމް-ފައިސާގެ އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުން، އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުން، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވޭނެއެވެ. އެމް-ފައިސާގެ މި ޚިދުމަތްތަކާއި އޮފަރތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯރކެއްގެ ކަސްޓަމަރުންނަށްވެސް އުރީދޫއިން މަރުހަބާކިޔައެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރކުރުމަށް:

1.       އުރީދޫ އެޕް ޑައުންލޯޑްކުރައްވާ    http://ore.do/app

2.       އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ

3.       މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ

4.       މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ

5.       ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ

6.       ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.

 

ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު