އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސަޖިދާގައި އޮވެ ބޭނުން ކަމަކަށް ދުއާ ކުރެވިދާނެތޯ؟

ސަޖިދާގައި އޮވެ ބޭނުން ކަމަކަށް ދުއާ ކުރެވިދާނެތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

މިއީ ވަރަށް ގިނަ މުސްލިމުންގެ ހިތުގަައި އުފެދިފައިވާ ސުވާލެކެވެ. މާތް ﷲ އަށް އަޅުކަންކޮށް، އެކަލާނގެއަށް ސަޖިދައިގަ އޮންނަ ވަގުތު، ތިމާ ބޭނުން ކަމަކަށް އެދި ދުޢާ ކުރެވިދާނެތޯއެވެ.

މިސުވާލުގެ ޖަވާބު ދެއްވީ ޝެއިޚް މުޙައްމަދު ޝާފިއު އެވެ.

ޖަވާބު: ފަރްޟުނަމާދު އަދި ސުންނަތް ނަމާދުގެ ސަޖިދާގައިވާ ދުޢާކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އެއީ އެކަމަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. 

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ، فَأَكْثِرُوا الدُّعَاءَ» (رواه مسلم 482)

މާނައީ: "އަޅާ އޭނާގެ ރައްބާ އެންމެ ކުއްތަންވެގެންވާ ވަގުތަކީ ސަޖިދާގައިވާ ވަޤުތެވެ. ފަހެ އެވަޤުތު (ސަޖިދާގައިވާ ވަޤުތު) ދުޢާކުރުން ގިނަ ކުރާށެވެ."

ވީމާ، ސަޖިދާގައި ކިޔާ ތަސްބީޙަތަކުން ތަސްބީޙައެއް ކިޔުމަށް ފަހުގައި ދެން ދެ ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ވާ ކޮންމެ ދުޢާ އެއްވެސް ކުރެވިދާނެއެވެ. ނަމަވެސް ނަމާދުގައި ދުޢާކުރާއިރު ދުޢާކުރާނީ ޢަރަބި ބަހުންނެވެ. ޢަރަބި ނޫން ބަހަކުން ނަމާދުގައި ދުޢާކުރުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުން، ޢަރަބި ބަސް ނޭނގޭ މީހަކަށް ޢަރަބި ބަސް ނޫން ބަހަކުން ދުޢާކުރެވިދާނެއެވެ. ބޮޑަށް ރަނގަޅީ ޢަރަބި ބަހުން ދުޢާކުރުމެވެ.

✍الشيخ محمد شافع

އާރޓިކަލް ރޭޓްކުރައްވާ


17%
ވ.ރަނގަޅު
18%
ރަނގަޅު
24%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ