އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅާ ކޮންމެ ވޭނަކީ ރަޙްމަތެކެވެ! ދުޢާކުރަންވީ ﷲ ރުހިވޮޑިނުގަންނަވާ އަޅެއްގެ ގޮތުގައި ދުނިޔެއިން ނުގެންދެވުން އެދިއެވެ.

އަޅާ ކޮންމެ ވޭނަކީ ރަޙްމަތެކެވެ! ދުޢާކުރަންވީ ﷲ ރުހިވޮޑިނުގަންނަވާ އަޅެއްގެ ގޮތުގައި ދުނިޔެއިން ނުގެންދެވުން އެދިއެވެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

"މުލްޙިދުން ބައެއްފަހަރު އެބަ ބުނެއެވެ! "ޢަދުލުވެރި އިލާހެއް ވާނަމަ، އަހަރެންގެ ދަތުގައި ނުރިހުނީހެވެ!" 

އެބުނެވޭ ބަހުގެ މާނައަކީ: އަހަރެން ކަލަކުވޮޑިގެންވާކަމަށް އީމާންވާނީ އަހަރެންގެ އަމިއްލަ އެދުމާއި، އަހަރެންގެ ޕްލޭނާ އެއްގޮތަށް މި ކައުނު އަލުން ބިނާކުރެއްވުމުންނެވެ!”

- ޝައިޚް އިލްޔާސް ޖަމާލް 

މިއީ ވަރަށް ފުންކޮށް ވިސްނައިލަން ޖެހޭނެ ކަމެކެވެ. އެންމެހައި ބަލިމަޑުކަން ދުނިޔެއަށް ފޮނުއްވަވަނީ މީސްތަކުންވެސް ދުނިޔެއަށް ފޮނުއްވެވި ﷲ ތަޢާލާއެވެ. އެއްވެސް ޙާލެއްގައި ބަލިމަޑުކަމަކީ އަނިޔާއެއް ނޫނެވެ. މުސްލިމުންނަށް އެއީ އިމްތިޙާނެކެވެ! ރަޙްމަތެކެވެ. 

އުފުލަންޖެހޭ ކޮންމެ ވޭނެއްގެ ސަބަބުން އެމީހަކަށް ކުރެވިފައިވާ އެތައް ބައިވަރު ފާފަތަކެއް ފުއްސަވައި ދެއްވަވާތީއެވެ! 

ދުނިޔެއަށް ﷲ ތަޢާލާ ފޮނުއްވެވި އެންމެ މަތިވެރި އެންމެ މާތް އިންސާނަކީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު (ޞޢވ) އެވެ. އެތައް ބަލިތަކާއި ވޭންތައް ތަޙައްމަލުކުރައްވަވަން ޖެހިވަޑައިގެންނެވިއެވެ. ދުނިޔެ ދޫކުރައްވަވަވައި ސުވަރުގެވަޑައިގަތީވެސް އެހައިމެ ގަދަ އާލާސްކަންފުޅުގައި އުޅުއްވަވަމުންނެވެ. 

ވީމާ ބަލިމަޑުކަމެއް، ވޭނެއް އިޙްޞާޞްކުރަން ޖެހުމުން ﷲ ތަޢާލާއަށް ރައްދުކޮށް ނުބައި ބަސްތައް ބުނުމަކީ ބުއްދި ސަލާމަތުން ހުރި މީހަކު ކުރާނެ ކަމެއް ނޫނެވެ! ބަލިމަޑުކަމާއި މުޞިބާތްތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަންވާނެއެވެ! ނަމަވެސް އެންމެ ގިނައިން ކުރން އޮތް ދުޢާއަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަޅެއްގެ ގޮތުގައި ފުރާނަ ނުގެންދެވުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު