އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމިހާއަށް އިހާނާތްތެރި ގޮތްތައް ހެދުމުގެ ކުރިން ވިސްނައިލާށެވެ!

އަނބިމިހާއަށް އިހާނާތްތެރި ގޮތްތައް ހެދުމުގެ ކުރިން ވިސްނައިލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

އަނބިމިހާއަށް އިހާނާތްތެރިވެ އަނިޔާވެރިވުމުގެ ކުރިން ވިސްނައިލާށެވެ! ތިމާއަށް މިކުރެވެނީ މިހައިވަރެއްގެ ޢަމަލެއްކަމާއިމެދުގައެވެ. މިކުރަނީ ހަމަ ކުރަން ހެޔޮވެދާނެ ކަމެއް ކަމާއިމެދުގައެވެ.

ނިކަން ވިސްނައިލަބަލާށެވެ! "އަންހެނުންނަށް ހެޔޮކޮށް ހިތައި ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ" ރަސޫލް (ޞޢވ) އެންމެ ފަހުން ކުރެއްވެވި ވަޞިއްޔަތްޕުޅުތަކުގެ ތެރެއިން ވަޞިއްޔަތްޕުޅެކެވެ. 

އަނބިމީހާ އާއިއެކު ދިރިއުޅެވެން ނެތް ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ރިވެތި ގޮތުގައި އޭނާ ދޫކޮށްލާށެވެ! އެކަމުގައި ﷲ ތަޢާލާ އަންގަވާފައިވާ މަގުން ޢަމަލުކުރާށެވެ! 

އަނބިމީހާ ފިރިމީހާގެ ޙައްޤުތަކަށް ރައްކައުތެރިވުމަކީވެސް އޭނާގެ މައްޗަށް އޮތް އެންމެ މަތިވެރި އެއް ވާޖިބެވެ. އެވާޖިބު އަނބިމީހާ އަދާނުކުރި ނަމަ، އެކަމަށް އަދަބުދޭ މީހަކީ ތިބާ ކަމުގައި ނުވާށެވެ! އެކަން ﷲ ތަޢާލާއަށް ވަކީލުކޮށްލާށެވެ! އެއިރުން ހަމަ ގައިމުވެސް ތިބާ ފާފަވެރިއެއް ނުވާނެއެވެ! 

އަދިކީއްހެއްޔެވެ؟ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރާ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީމާ ﷲ ތަޢާލާއަށް ވަކީލުކުރުމުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް މާމަތިވެރިވެފައި ފުރިހަމަވާނެއެވެ! އެއީ އެއްވެސް ޝައްކެއް ކުރަން އޮތް ކަމެއް ނޫނެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް