އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ރުހިވޮޑިނުގަންނަވާ ކަމެއް ނުކޮށްގެން އެކަނިވެރިވެއްޖެ ނަމަ ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތް މާމަތިވެރިވާނެ!: މުފްތީ މެންކް

ﷲ ރުހިވޮޑިނުގަންނަވާ ކަމެއް ނުކޮށްގެން އެކަނިވެރިވެއްޖެ ނަމަ ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތް މާމަތިވެރިވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ތިބާއަށް އެކުގައި މިއުޅެވެނީ ކޮން ބައަކާއި އަދި އެމީހުންނަކީ ކޮން މިސްރާބަކަށް ދަތުރުކުރާ ބައެއްކަން ކަށަވަރުކުރަންވާނެއެވެ! އެމީހުންނާއިއެކު ދަތުރަށް ފެށުމުގެ ކުރިން އެމީހުންގެ ޙަޤީޤަތް ރަނގަޅަށް ދަސްކުރަންޖެހޭނެއެވެ. އެމީހުންނަކީ ތިމާ ދަތުރުކުރަން ބޭނުންވާ މިސަރާބަށް ދަތުރުކުރާ ބައެއްކަން ވެސް ކަށަވަރުކުރަންޖެހޭނެއެވެ. 

އުޅަނދުގެ ފަޅުވެރިންނަކީ އެއް މިސްރާބަށް ދިއުމަށް ފަލިޖަހާ ބައަކު ކަމުގައި ނުވެއްޖެ ނަމަ އެއްވެސް މަންޒިލަކަށް ނުފޯރައި ކަނޑަށް ޣަރަޤުވާންވެސް ޖެހިދާނެއެވެ. ވީމާ ތިމާ ޣަރަޤް ނުވުމުން ސަލާމަތްވުމަށްޓަކައި އެކުގައި ތިބޭ މީހުންގެ ޙަޤީޤަތް ރަނގަޅަށް ދަސްކުރަންވާނެއެވެ. 

ބުނަން ބޭނުންވާ އެންމެ ވާހަކައަކީ އެބައެއްގެ ސަބަބުން ތިމާގެ އާޚިރަތް ގެއްލިގެން ހިނގައިދާނެ ބައަކާއިއެކު އުޅުމަށްވުރެ އެކަނި ދިރިއުޅުންވެސް މާރަނގަޅުވާހަކައެވެ. މުހިންމީ އެކުގައި އުޅޭ މީހުންގެ އަދަދު ގިނަވުމެއް ނޫނެވެ. ކިތަންމެ މަދުނަމަވެސް ސުވަރުގެ ދިއުމަށް ަމސައްކަތްކުރާ ބައަކާއިއެކުގައި އުޅުމެވެ. އެކަނި ހުރެގެން ނަމަވެސް ސުވަރުގެ ލިބިގަތުމަށް މަސައްކަތްކުރުމެވެ. 

އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް ސަޖިދަކުރަން އަންގަވާނެ ނަމަ ފިރިމީހާއަށް ސަޖިދަކުރަން އަނބިމީހާއަށް އަނގްވާނެކަމަށް ރސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ހަމައެއާއިއެކު ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސްކަމެއްގައި ފިރިމީހާއަށް ވެސް ކިޔަމަން ނުވާން އަންގަވާފައިވަނީ މިސަބަބަށްޓަކައެވެ! 

އެނގިގެން މިދަނީ ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސް ކަމެއް ކުރަން ޚުދު ތިމާ އެންމެ ލޯބިވާ ފިރިމީހާ އަމުރުކުރިނަމަވެސް އެކަމެއް ކޮށްގެން ނުވާނެ ކަމެވެ. އެފަދަ އަމުރަކަށް ކިޔަމަންވެގެން ނުވާނެ ކަމެވެ. އެކަން ނުކޮށްގެން ވަރިކުރުމުން އެކަނި ހުންނަން ޖެހުނު ނަމަވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަމެވެ! އެފަދަ ކަމެއް ނުކުރުމުގެ ސަބަބުން އެކަނިވެރިވާންޖެހިއްޖެ ނަމަ ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތް މާމަތިވެރިވާނެއެވެ! އިން ޝާ ﷲ

- މުފްތީ މެންކްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް