އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުން މައިންބަފައިންނަށް ކުރާ ޚަރަދުގެ ހިޔަނީގަ ސުވަރުގެ ވަންނަން އުންމީދުނުކުރާށެވެ! ބޭނުންނަމަ އަމިއްލައަށް ޚަރަދުކުރާށެވެ!

ސަރުކާރުން މައިންބަފައިންނަށް ކުރާ ޚަރަދުގެ ހިޔަނީގަ ސުވަރުގެ ވަންނަން އުންމީދުނުކުރާށެވެ! ބޭނުންނަމަ އަމިއްލައަށް ޚަރަދުކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

މިހާރަކަށް އައިސް ކޮންމެ މީހަކުވެސްބަލަނީ ކޮންމެ ކަމެއްވެސް އެއްވެސް މަސައްކަތެއް ކުރުމަކާއި ނުލައި އަދި ޚަރަދެއްވެސް ކުރުމަކާއި ނުލައި ޙާޞިލުކުރުމަށެވެ. އެގޮތުން ޒަމާނުގެ ކުރިއެރުމާއިއެކު ރާއްޖޭގައި މިހާރު މިވަނީ އުމުރުން 65 އަހަރުވުމުން ދުނިޔޭގައި އެމީހަކު ހުރެއްޖެ ނަމަ މަހަކު 5000 ރުފިޔާ ލިބޭނެ ނިޒާމެއް ސަރުކާރުން ރާވައިފައެވެ. 

އެހެންކަމުން ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އުމުރުން 65 އަހަރުވުމުން ސަރުކާރުން ދޭ 5000 ރުފިޔާ ލިބޭނަމަ ތިމާމެންގެ ޒިންމާ ކެނޑުނީ ކަމަށެވެ. އަދި އެފައިސާ ޢާއިލާގެ އެކަކަށް (މަންމަ، ބައްޕަ، ބަލަހައްޓާ ފަރާތަށް) ލިބޭނަމަ ހުރިހާ ކަމެއް ނިމުނީ ކަމަށާއި އެހެން ދަރިން ޚަރަދުކުރަން ނުޖެހޭނެ ކަމަށެވެ.

ދީނީ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ސަރުކާރުން ނުވަތަ އެހެން ފަރާތަކުން މައިންބަފައިންނަށް ފައިސާގެ ގޮތުން އެހީތެރިވި ނަމަވެސް ދަރިންގެ ކިބައިން ޒިންމާއެއް ނުކެނޑޭނެއެވެ. "އެންމެ މުހިންމު ކަމަކީ މައިން ބަފައިންނަށް ކުރާ ހޭދައިގެ ސަބަބުން ﷲ ތަޢާލާ ދެއްވަވާ ގިނަ ގުނަ ސަވާބާ ރަޙްމަތް. އެމީހަކު އަމިއްލައަށް ޚަރަދު ނުކޮށް ކިހިނެއްތޯ މި ނިޢްމަތްތައް ލިބިގަނެވޭނީ؟" 

މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި މައިންބަފައިންނަށް ޚަރަދުކުރުމަކީ ތިމާއަށް ލިބޭ ފަޚުރަކަށް ހެދުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ އިލްތިމާސް ކުރައްވައިފައެވެ. 

ޑރ. އިޔާޟް ވިދާޅުވީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ގޮތުން އެމީހުންގެ ޚަރަދުތައް ކޮށްދޭންޖެހޭނެ ކަމަށެވެ. އަދި އެއީ ތިމާއަށް ޖެހޭ ބުރައެއް ކަމުގައި ބަލައިގެން ނުވާނެ ކަމަށެވެ. "އަދި ކިއެއްތަ! އެކަން ބަލަން ޖެހޭނީ ތިމާއަށް ލިބޭ ފަޚުރެއް ކަމުގައެވެ."

އެގޮތުން މައިންބަފައިންނަށް ޚަރަދުކުރުމަކީ އަދި ބަލަހައްޓައި އެހީތެރިވުމަކީ ﷲ ތަޢާލާ އެކަމުގައި ވަރަށް ބޮޑަށް ބަރަކާތް ލައްވަވާ ކަމެކެވެ. އެހެންކަމުން މައިންބަފައިންނަށް ހޭދަކުރުމަކީ އަތުން ގެއްލޭ ފައިސާއެއް ނޫނެވެ. އަދި ކިއެއްތަ! އެ ފައިސާ ވެގެންދާނީ ޢާޚިރަތަށް ކުރެވޭ އެންމެ ބޮޑު، އާޚިރަތުގައި އެންމެ ބޮޑު ފައިދާ ކުރާނެ އެއް އިންވެސްޓްމަންޓަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް