އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީސްތަކުން ފަޟީޙަތް ކުރުމުން ލިބޭ ވަގުތީ އުފަލަށްވުރެ ﷲ އެމީހާ ފަޟީޙަތް ކުރައްވަވައި ޢަޛާބު ދެއްވަވައިފިނަމަ ލިބޭނެ ހިތާމަ މާބޮޑެވެ!

މީސްތަކުން ފަޟީޙަތް ކުރުމުން ލިބޭ ވަގުތީ އުފަލަށްވުރެ ﷲ އެމީހާ ފަޟީޙަތް ކުރައްވަވައި ޢަޛާބު ދެއްވަވައިފިނަމަ ލިބޭނެ ހިތާމަ މާބޮޑެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ ކިބައި އުނި އެތައް ބައިވަރު ސިފަތަކެއް ހުރި މީހެކެވެ. ކުށެއް، ފާފައެއް ނުކުރެވޭ ހަމައެކަކުވެސް ނުހުންނާނެއެވެ. ވީމާ އެހެންމީހުންގެ  އަމިއްލަ ޒާތީ ކަންކަމުގެ ތެރެއަށް ވަދެގަނެ، އެމީހުންގެ ފަތިފުށް ހޯދައިގެން ފަޟީޙަތް ކުރަން މަސައްކަތް ނުކުރާށެވެ! 

އަހަރެމެން އެންމެންނަށް ކުރެވޭ ހުރިހާ ކަންކަން ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ކުށްކުރުމުގެ ކުރިން އެކަންކުރާނެކަން ދެނެވޮޑިގެންވެއެވެ. ކުށްކުރާވަގުތު އެކަންވެސް ދެނެވޮޑިގެންވެއެވެ. ނަމަވެސް ފަޟީހަތް ނުކުރައްވަވަނީ ﷲ ތަޢާލާގެ ގެ ފަޟްލް ވަންތަކަމާއި، އެކަލާނގެ ރަޙްމަތްވަންތަކަން މީސްތަކުންގެ މައްޗަށް ބޮޑުކަމުންނެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފުރުޞަތު ދެއްވެވުމަށެވެ. 

އެކަން އެނގެނީ މިއާޔަތުންނެވެ. " އެކަލާނގެ ރަޙްމަތްވަންތަކަން ނުވާނަމަ، ތިއަބައިމީހުން ފަޟީޙަތްކުރައްވައި ހަލާކުކުރައްވައިފީސް ކަމަށާއި އަދި ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވަވާ، ޙަކީމްވަންތަ ރަސްކަލާނގެ" ކަމަށް އޮތުމުންނެވެ! 

"އަދި ﷲ ގެ ފަޟްލް ވަންތަކަމާއި، އެކަލާނގެ ރަޙްމަތްވަންތަކަން ތިއަބައިމީހުންގެ މައްޗަށް ނުވާނަމައެވެ. (އެބަހީ: އެކަލާނގެ ރަޙްމަތްވަންތަކަން ނުވާނަމަ، ތިއަބައިމީހުން ފަޟީޙަތްކުރައްވައި ހަލާކުކުރައްވައިފީހެވެ.) އަދި ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވަވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ." (އަންނޫރު: 10)

މީސްތަކުންނަށް ކުރެވޭ ފާފަތައް ފަޟީޙަތްކުރުމުގެ ބަދަލުގައި އެފަދަ ކަމެއް އެނގިއްޖެ ނަމަ އެމީހަކަށް ނަޞޭޙަތްތެރިވެ ތައުބާވުމަށް ހިތްވަރުދޭށެވެ! އެކަމުގެ ސަބަބުން އެމީހާ ތައުބާވެއްޖެ ނަމަ ތިބާއަށް ﷲ ތަޢާލާ ދެއްވަވާނެ ދަރުމަ މުޅި ދުނިޔެއަށްވުރެ މާއަގުބޮޑެވެ! ފަޟީޙަތް ކުރުމުން ފާފަވެރިވާނެއެވެ! ނަޞޭޙަތްދީ ތެދުމަގު ދައްކަން މަސައްކަތްކުރުމުން ދެއްވަވާނީ ގިނަގުނަ ޘަވާބެވެ! ވީމާ ފައިދާ ބޮޑީ ފަޟީޙަތް ނުކުރުން ނޫންހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް