އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެންނަހާ އަންހެންކުދިންނަށް ޝައުޤުވެރިވަމުން ދިއަ ޒުވާނަކަށް އަންހެންކުއްޖަކު ދިން ވަރުގަދަ ފިލާވަޅުގެ ވާހަކަ ޒުވާނާގެ ދުލުން!

ފެންނަހާ އަންހެންކުދިންނަށް ޝައުޤުވެރިވަމުން ދިއަ ޒުވާނަކަށް އަންހެންކުއްޖަކު ދިން ވަރުގަދަ ފިލާވަޅުގެ ވާހަކަ ޒުވާނާގެ ދުލުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

އަހަރެންގެ ލޯބިވެރިއަކު ހުރެއެވެ. ދިއައީ ކައިވެނިކުރަން މަޝްވަރާވެސް ކުރަމުންނެވެ. އެހެންކަމާއިއެކުގައިވެސް އަހަރެންގެ ކިބައިގައި ވަރަށް ނުރަނގަޅު ސިފައެއް ހުރެއެވެ. މިކިޔައިދެނީ އެސިފައިގެ ސަބަބުން އަހަރެންގެ މުޅި ޙަޔާތް ބިލާހަކަށްވީގޮތެވެ. 

އެއްދުވަހެއްގެ ހަވީރު ހިނގާފައި ދަނިކޮށް މަގުމަތީގައި ހުރި ވަރަށް ރީތި އަންހެން ކުއްޖަކު ފެނުނެވެ. ކައިރިވެލާފައި ކާކުގެ އިންތިޒާރުގަތޯ؟ އެއްވެސް ކަމެއް ބޭނުންވެގެންތޯ ފަދަ ސުވާލުތައް ކުރުމުން ޖަވާބުގައި ބުނަމުން ދިއައީ ހަމަ ނޫނެކެވެ. އާދައިގެމަތިން އޭނާ ވަރަށް ރީތި ކަމަށާއި ރާނީއެއްހައި ރީތިކަމަށްވެސް ބުނީމެވެ. 

އެވަރަކުންވެސް ހިތްހަމައެއް ނުޖެހުނެވެ. އޭނާގެ ނަން އެހުމަށްފަހު އޭނާ ގާތު އަހަރެންގެ ފޯނުގައި އޭނާގެ ފޯނުނަމްބަރު ޖަހައިދިނުމަށް އެދުނީމެވެ. އެކަން އޭނާކޮށްދިނުމުން އޭނާގެ ކުރިމަތީގައި ހުރެ ސޭވްކޮށްލީމެވެ. އޭނާގެ އެދުމަށް ސޭވްކުރީ ރާނީގެ ނަމުގައެވެ. 

އެއިގެ ދުވަސްކޮޅެއްފަހުން ލޯބިވެރިޔާ އާއިއެކު އަތިރިމަތީގައި އިންދާ އޭނާ އަންނަތަން ފެނުނެވެ. ނުފެންނަކަމަށް ހަދައިގެން އިންދާ އައިސް ފުރަތަމަވެސް ފެށީ އަހަރެންގެ ލޯބިވެރިޔާއަށް އެއްޗެތިގޮވާށެވެ. އޭނާއަކީ އެންމެ ދުވަހަކު ފެނުނު އަންހެނެއް ކަމަށާއި ދެމެދުގައި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނީމެވެ. 

ނަމަވެސް އޭނާ ބުނީ އަހަރެން ހަދަނީ ދޮގުކަމަށާއި އޭނާދެކެ ވާލޯބި ބޮޑުކަމުން އަހަރެންގެ ފޯނުގައި އޭނާގެ ނަން ސޭވްކޮށްފައި އިންނާނީވެސް ރާނީގެ ނަމުން ކަމަށާއި ބޭނުން ނަމަ ޗެކް ކުރުމަށެވެ. އެހިސާބުން އަހަރެންނަށް ދިއައީ 4 އުދަރެސް ފެނުގައިޖެހިގެންނެވެ. ލޯބިވެރިޔާ ގާތު ދެއްކޭނެ އެއްވެސް އިތުރުވާހަކައެއް ނެތުމުންނެވެ. 

އަހަރެންގެ ފޯނުއަތުލައިގެން ޗެކްކުރުމަށްފަހު ލޯބިވެރިޔާ އަހަރެން ދޫކޮށްލާފައި ދާއިމަށް ވަކިވެގެންދިއައީއެވެ. އުފާވެރި ޒަވާޖީ ޙަޔާތަކަށް ކުރަމުން އައި ފޮނި އުންމީދުތައް ވަޔަށް ބުރައިގެންދިއައީއެވެ. 

ލޯބިވެރިޔާ ޖެހިގެން އައި ހަފްތާގައި އެހެން ފިރިހެނަކާއި ކައިވެނިކުރީއެވެ. އެއިގެފަހުން 3 އަހަރުވީއެވެ. އަދިވެސް އަހަހަރެން މިހުންނަނީ ކަމުގެ ޙަޤީޤަތް އެނގި ލޯބިވެރިޔާ އަހަރެންނަށް ލިބޭނެ ކަމުގެ ފޮނި އުންމީދުގައެވެ. 

ލޯބިވެރިޔާ އެގޮތަށް ކަންތައް ކުރުމުން ރާނީއަށް ވަރަށް ގުޅީމެވެ. ފޯނުވެސް ނުނެގިއެވެ. އަހަރެން ގުޅީ އަހަރެންގެ ޙަޔާތަށް ރާނީ ގެންނަން ބޭނުންވެގެނެއް ނޫނެވެ. އެވަރު ބޮޑު އަނިޔާއެއް އަހަރެންނަށް ދިން ސަބަބު އޮޅުންފިލުވާށެވެ! 

އަހަރެން ދޭން ބޭނުންވާ މެސެޖަކީ އަހަރެންނަށް މިލިބުނު ދެރަ ނުލިބޭނެގޮތަށް އުޅޭށެވެ! އަހަރެން މިކުރާ ހިތާމަ އިޙްޞާޞްކުރެވޭނީ ހަމަ މިފަދަ ޙާލެއް ޖެހުނު މީހަކަށެވެ! އަހަރެން ކުށްވެރިކުރަނީ އަހަރެންގެ އަމިއްލަ ނަފުސެވެ! އިރާދަކުރެއްވިއްޔާ މިހުރީ ލިބުނު ފިލާވަޅުން ޢބްރަތް ޙާޞިލުކޮށްގެންނެވެ. 

 

--"އަޒްވާޖް"- މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް