އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަޤަރާ ސޫރަތުގެ ކުޑަކުޑަ މިންވަރަކުން ކޮންމެ ރެއަކު ޙާޞިލުކުރެވެން އޮތް ނިޢްމަތުގެ ބޮޑުކަން އެނގޭހެއްޔެވެ؟

ބަޤަރާ ސޫރަތުގެ ކުޑަކުޑަ މިންވަރަކުން ކޮންމެ ރެއަކު ޙާޞިލުކުރެވެން އޮތް ނިޢްމަތުގެ ބޮޑުކަން އެނގޭހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

ބަޤަރާ ސޫރަތުގެ ކުޑަކުޑަ މިންވަރެއް ކިޔަވައިގެން ޙާޞިލުކުރެވެން އޮތް ބޮޑު، މަތިވެރި ނިޢްމަތް އެނގޭނަމަ ހަމައެކަކުވެސް އެ ނިޢްމަތް ޙާޞިލުނުކޮށް ނުނިދާނެއެވެ. 

ކީރިތި ޤްރްއާނުގެ ކޮންމެ އާޔަތަކީވެސް ޖަވާހިރެކެވެ. އެހެންކަމާއިއެކުވެސް އަގުގެ ގޮތުން ބޮޑުކުޑަ އެނގެން އެބައޮތެވެ. މިސާލަކަށް ސޫރަތަކަށް ބަލައިފިނަމަ އެންމެ އަގުބޮޑު ޖަވާހިރަކީ ސޫރަތުލްފާތިޙާ (އަލްޙަމްދު) އެވެ. އާޔަތަކަށް ބަލައިފިނަމަ އެންމެ އަގު ބޮޑު ޖަވާހިރަކީ އާޔަތުލްކުރުސިއެވެ. 

ބަޤަރާ ސޫރަތުގެ އެންމެ ފަހު ދެ އާޔަތަކީވެސް އެހައިމެ އަގުބޮޑު ދެ ޖަވާހިރެވެ. އެހެނީ ކީރިތި ޤްރްއާނުގެ އާޔަތްތައް މާތް ﷲ ބާވައިލެއްވެވީ ޖިބްރީލްގެފާނު މެދުވެރިކުރައްވަވައެވެ. ނަމަވެސް މި ދެ އާޔަތަކީ މިޢްރާޖްގެ ދަތުރުފުޅުގައި ސީދާ ﷲ ތަޢާލާ ދެއްވަވާފައިވާ 2 އާޔަތްކަމަށްވުމުން އެ ދެ އާޔަތުގެ މަތިވެރިކަން އެނގިގެންދެއެވެ. އެ ދެ އާޔަތުގެ މަތިވެރިކަން ބަޔާން ކުރައްވަވަމުން ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ އެ 2 އާޔަތަކީ ސީދާ އަރުޝީގެދަށުން ﷲ ތަޢާލާ ދެއްވެވި 2 އާޔަތް ކަމަށެވެ. 

ކޮންމެ ރެއަކު ނިދުމުގެކުރިން ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔެވުމުގެ މުހިންމުކަން ބޮޑުވެގެންދަނީ "ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔަވައިފި މީހަކަށް އެރެއަށް ފުދިއްޖެ" ކަމުގައި ހަދީޘްފުޅުގައި އޮންނާތީއެވެ. ވީމާ ނުފުދި ނިދަން ހެޔޮވެދާނެ ހެއްޔެވެ؟ 

It was narrated that Abu Hurayrah (may Allaah be pleased with him) said: The Messenger of Allaah (peace and blessings of Allaah be upon him) said: “Whoever recites ten verses at night will not be recorded as one of the heedless.” Narrated by al-Haakim in al-Mustadrak (1/742)

މި ދެ އާޔަތް ތަޖުވީދު މަގުން ކިޔަވައިލަންވެސް ގިނަވެގެން ނަގާނީ 3 މިނިޓެއްހައި އިރެވެ. ވީއިރު ނުފުދި ނިދަންވީ ކީއްކުރަންޖެއްޔެވެ؟  

މީގެ އިތުރުން އޮތީ ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ 10 އާޔަތް ކިޔެވުމެވެ. ކޮންމެ ވަގުތަކުނަމަވެސް ކިޔެވިދާނެއެވެ. ކުރާ ނަމާދެއްގައިވެސް ކިޔެވިދާނެއެވެ. އެއިރުން ވެސް އެމީހާ ނިދާނީ ފުދިގެންވާ މީހެއްގެ ގޮތުގައެވެ. 

It was narrated that Ibn ‘Umar (may Allaah be pleased with him) said: Whoever recites ten verses at night will not be recorded as one of the heedless. A similar report was narrated from Tameem al-Daari (may Allaah be pleased with him). Both were narrated by al-Daarimi in his Musnad (2/554-555). 

މިހިރަ ކަންކަމަކީ ކިހައި ފަސޭހައިން ކުރެވެންހުރި ކިހައި ފައިދާހުރި ކަންކަން ހެއްޔެވެ؟ ނުކޮށް ދޫކޮށްލަން ހެޔޮވެދާނެހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް