އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޞްލާޙު ގެންނަން ބޭނުންވޭ!

އިޞްލާޙު ގެންނަން ބޭނުންވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 27 ސިކުންތު

ޝަރުޢީ ނިޒާމަށް ޤައުމު އިސްލާހު ގެން ބޭނުންވޭ

         ފަރުދީ ގޮތެއްގާ އެކަމުގާ އަހުރެން އެދޭ ގޮތް ބުނެލަމޭ

ސްޕްރީމް ކޯޓަށް ލެއްވުމުން އެކަށޭނަ ފަނޑިޔާރުން ފަހުން

         ޝުކުރާއި ތަޢުރީފާ ސަނާ ވެރިޔާގެ އަރިހަށް ފޮނުވަމޭ

ދީނީ އުޞޫލުން ހުއްދަނޫން ގޮތުގާ ހެދުންއެޅި އަންހެނުން

         ވީތީ މިތާ ފަނޑިޔާރުކަން ދީފާ އެކަމުގައި ނުރުހެވޭ

މަޤުބޫލު ލާއިޤު މީހުނަށް މަގުފަހިވެފައިވާ ފުރުޞަތަށް 

         އަމުރަށް އިލާހީ ގޮންޖަހާ މީހުން ލެވޭތީ ދެރަވަމޭ

މިނިވަން ޝުޢޫރަށް ފުރުޞަތެއް ލިބިފައި މިތާގައި އޮތްކަމުން

         ހިނިތުންވުމެއް ނެތްޙާލުގައި ފުރުޞަތުގެ ބޭނުން ކޮށްލަމޭ 

ދީނާ ޚިލާފަށް ފިކުރުތައް ދާތީ މިތާގައި ފަތުރަމުން

         ދީނާއި ޤައުމަށް ހެޔޮ އެދޭ މީހުން ކޮބާތޯ؟! ބުނެލަމޭ

ބޭރާއި އެތެރޭއިން މިކަމުގާ ހުރިބާރު ޕްރެޝަރު ވިސްނިފާ

         ލޭ ނާރު ތަކުޤާނު ހިގަނީތޯ! އޭ އަހާލަން ބޭނުމޭ

އިސްލާޙު ޤައުމަށް ގެނައުމަށް މިސްރާބު ސީދާ ކޮށްލުމަށް 

         ވިސްނާ ފިކުރުވެސް ކޮށްލުމަށް އަހުރެންގެ އާދޭސް ފޮނުވަމޭ

ދީނާއި ޤައުމަށް ޙުރުމަތާ އެކުގާ ތިބެންކުރި އަޙުދުގާ 

         ދީނާއި މެދު އިހުމާލުވުން ފާހަގަ ނުވޭތޯ! ބުނެލަމޭ

ހުރިހާ ކަމެއްވެސް ދީނުގާ ހުރިގޮތް ބަލައިގެން ކުރުމުގާ

         ހުރިހާ ނަސީބެއް ލިބުމުގާ ހުރިގޮތް އެއީކަން ބުނެލަމޭ

ހެޔޮގޮތް ވެރިންނަށް ދައްކަވާ ހެޔޮ ޙާލު ކޮޅުގާ ލައްވަވާ

         ހެޔޮގޮތް އިރާދަ ކުރެއްވުމަށް އެދިގެން ދުޢާވެސް ކޮށްދެމޭ

 

--ޢަބްދުއްލަޠީފް ޢުމަރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު