އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ކޮށްދެއްވަވާ ކަންކަން ކޮށްނުދެވޭނެ މީހެއްގެ ބެލެނިވެރިކަން ބޭނުން ނޫން ކަމަށްބުނެ އިމާމް ސިއްސުވައިލި ކުޑަ، ނިކަމެތި ޔަތީމްކުއްޖާގެ ވާހަކަ-

ﷲ ކޮށްދެއްވަވާ ކަންކަން ކޮށްނުދެވޭނެ މީހެއްގެ ބެލެނިވެރިކަން ބޭނުން ނޫން ކަމަށްބުނެ އިމާމް ސިއްސުވައިލި ކުޑަ، ނިކަމެތި ޔަތީމްކުއްޖާގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

ނަމާދުކުރާއިރު ނަމާދަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ފެންނާނެއެވެ! އިން ޝާ ﷲ. މިކިޔައިދެނީ ނަމާދަށް ސަމާލުކަން ދެމުންދިއަ ޔަތީމް ކުޑަކުއްޖަކާއިމެދު ކަންކަން ހިނގައިދިއަ ގޮތުގެ ވާހަކައެވެ. 

މިވާހަކަ ތަންކޮޅެއް ކުރިންވެސް ކިޔައިދިނީމެވެ. އަލުން މިކިޔައިދެނީ ވަރަށް މުހިންމު ބޭނުމަކުއެވެ. އެއީ ޢުމުރުން އެންމެ 10 އަހަރުގެ އެކުއްޖާއަށް މިފަދަ ބޮޑު ހޭލުންތެރިކަމެއް ލިބިފައިއެވަނީ އެ ކުއްޖާގެ މައިންބަފައިން މަރުވިއިރު ދެވިފައިވާ ތަރުބިއްޔަތުން ކަމުގައިވާއިރު ތިއަބައިމީހުން ދަރިން ތިއަ ތަރުބިއްޔަތުކުރަނީ މިފަދަ ހޭލުންތެރިކަމާއިއެކުގައިކަން ޔަޤީންކުރަން ނަބޭޙަތްތެރިވުމެވެ.

ރަގަޅަށް ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ! އެއީ މިސްކިތަށް ޢާންމުކޮށް ނަމާދަށް އައިސް އުޅޭ އުމުރުން 10 ވަރަކަށް އަހަރުގެ ކުޑަކުއްޖެކެވެ. ނަމާދުކުރާއިރު ނަމާދަށް ވަރަށް ބޮޑަށް ސަމާލުކަންދޭކަން އިމާމަށް ފާހަގަކުރެވެން ފެށިއެވެ. އެހެންވެ އެއްދުވަހަކު އެ ކުއްޖާއަށް ގޮވާލެއްވުމަށްފަހު ތިއައީ ކާކުގެ ދަރިއެއްތޯ ސުވާލު ކުރެއްވިއެވެ. ކުއްޖާ ބުނީ އޭނާ އަކީ މަންމަ އާއި ބައްޕަ ވެސް މަރުވެފައިވާ އެކަނިވެރި ކުއްޖެއް ކަމަށެވެ. 

ކުއްޖާގެ ޖަވާބާއި ގުޅިގެން އިމާމުގެ ބެލެނިވެރިކަމުގެ ދަށުގައި ހުރެދީފާނަންތޯ އިމާމް ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ކުއްޖާ ދެންނެވީ އޭނާގެ 5 ސުވާލަކަށް ޖަވާބު ދެއްވުމުން ޖަވާބު ދޭނެ ކަމަށެވެ.

1 ކުއްޖާ: ބަނޑުހައިވުމުން ކާން ދެއްވާނަންތޯ؟

އިމާމް: ބަނޑު ފުރެންދެން ކާންދޭނަމެވެ.

2 ފެންބޮވައިގަތުމުން ބޯނެފެން ދެއްވާނަންތޯ؟ 

އިމާމް: ބޭނުން ވަރަކަށް ބޯނެ ފެން ދޭނަމެވެ. 

3 އަންނައުނު ބައުވުމުން ލާނެ ހެދުން ދެއްވާނަންތޯ؟

އިމާމް: ލާނެ ފޭރާން ދޭނަމެވެ. ބައުވިއަ ނުދީ އައުކޮށްދޭނަމެވެ. 

4 ބަލިވުމުން ފަސޭހަކޮށްދޭނަންތޯ؟

އިމާމް: ބަލިވެއްޖެ ނަމަ ބޭސް ފަރުވާ ކޮށްދޭނަމެވެ. ނަމަވެސް ޝިފާ ދެއްވެވުމަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެކެވެ. 

5 މަރުވެއްޖެ ނަމަ އަލުން ދިރުވައިދޭނަންތޯ؟ 

އިމާމް: އެކަމެއް ނުކުރެވޭނެއެވެ. މަރުވުމާއި ދިރުއްވެވުމަކީ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަންކަމެވެ. އެކަން ކުރުމުގެ ބާރު އެއްވެސް ދެވަނަ ފަރާތަކަށް ލިބިގެނެއް ނުވެއެވެ. 

ކުއްޖާ ދެންނެވިއެވެ. އަޅުގަނޑުގެ ބެލެނިވެރި ފަރާތަކީ ބަނޑުހައިވުމުން ރިޒްޤް ދެއްވަވާ، ފެނަށް ބޭނުންވުމުން ފެންދެއްވަވާ، ފޭރާންވެސް ދެއްވަވާ އަދި ބަލިވުމުން ޝިފާވެސް ދެއްވަވާ އަދި މަރުވުމުން އަޅުގަނޑު އަލުން ދިރުއްވަވާނެ ފަރާތެވެ. އެއީ ﷲ ތަޢާލާއެވެ. އެހެންވީމާ މިކަންކަން ކޮށް ނުދެވޭނެ ފަރާތަކާއި ބެލެނިވެރިކަން ހަވާލުކުރެވޭކަށް ނެތެވެ. ނަމަވެސް އިމާމް ބޭނުންފުޅު ނަމަ އަޅުގަނޑަށް އެހީތެރިވެދެއްވެވިދާނެއެވެ. 

އިމާމަށް ލިބިވަޑައިގަތީ ވަރަށް ބޮޑު ސިހުމެކެވެ. އެހެނީ އެ ޖަވާބަކީ ވަރަށް ބޮޑު ތަޤްވާވެރިއަކަށް ނޫނީ ދެވޭނެ ޖަވާބަކަށް ނުވާތީއެވެ. އަދި އެމީހެއްގެ ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލުކޮށްގެން ހުރި މީހަކަށް ނޫނީ ދެވޭނެ ޖަވާބެއްވެސް ނޫނެވެ. އެހެންކަމުން ވިދާޅުވާނެ އެއްޗަކާއިމެދު ވިސްނަވައިލައްވަން ހުންނެވުމަށްފަހު އިމާމް ވިދާޅުވިއެވެ. 

"ކޮއްކޮ ބޭނުންނަމަ މި މިސްކިތުގައި އަހަރެންނާއިއެކު އުޅޭށެވެ. އަހަރެންގެ ގޭގައި ކޮއްކޮއަށް ކޮޓަރިއެއް ބަހައްޓާނަމެވެ. އެކޮޓަރީގައި ދިރިއުޅޭށެވެ. ގެއިން އަހަރެންނާއި އަހަރެންގެ ދަރިންނާއި އެއްފަދައިން ކައި ބޮއި ހަދާށެވެ. ކޮއްކޮގެ ބެލެނިވެރިކަން ބޭނުމެއް ނޫނެވެ. މިވަގުތުން ފެށިގެން ކޮއްކޮއަށް މިދިނީ އަހަރެންގެ އަމިއްލަ ދަރިއެއްގެ މަޤާމެވެ." 

މިކިޔައިދިން ވާހަކައިން ޙާޞިލުކުރަންވީ ޢިބްރަތަކީ ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެ، އެކަލާނގެ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވެގެން އަދި ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލުކޮށްގެން ހުންނަ މީހަކު އެކަމުގައި ސާބިތުވެ ހުންނަ ނަމަ އެމީހަކަށް ބޭނުންވާނެ ހުރިހާ ނިޢްމަތްތަކެއް ﷲ ތަޢާލާ ފުރިހަމަ ކޮށްދެއްވަވާނެ ކަމެވެ. 

އިންސާނުން މިއަދު އެންމެ އުފަލާއިއެކު ކުރާ އެއްކަމަކީ އެމީހުންގެ ނަފްސް، ފައިސާވެރި ތަނަވަސް މީހުންނާއި ޙަވާލުކޮށްލުމެވެ. ތިމާމެންގެ ދަރިންގެ މުސްތަޤްބަލަށް ކުރިމަތިވެދާނެ ަމއްސަލަތަކަށްވެސް ނުވިސްނައި ތަނަވަސްކަމުގެ އަހުލުވެރިންނާއި ތިމާމެން އެންމެ ލޯބިވާ ދަރިންގެ ބެލެނިވެރިކަންވެސް ޙަވާލުކުރުމެވެ.

މިގޮތަށް ކުރެވޭ ކަންކަމުގެ ނަތީޖާ މިއަދު ފެންނަމުންދަނީ އެހައި އުފާވެރިގޮތަކަށް ނޫންކަން ޤަބޫލުކުރަން ޖެހެއެވެ. ހިތާމައަކީ އަމިއްލަ ލޯތަކަށް ފެންނަ ތަޖުރިބާތަކުންވެސް ޢިބްރަތް ޙާޞިލު ނުކުރެވޭ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް