އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރުސް ދެއްވާ ޢިލްމުވެރިންނަށް މުފްތީ މެންކުގެ ޚާއްޞަ އިލްތިމާސެއް!

ދަރުސް ދެއްވާ ޢިލްމުވެރިންނަށް މުފްތީ މެންކުގެ ޚާއްޞަ އިލްތިމާސެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

"އެއްވެސް ޢިލްމުވެރިއަކު އަނެއް ޢިލްމުވެރިޔާ ފަތުވާދޭގޮތް ކޮޕީކުރުމެއްވެސް ނެތެވެ. އެމީހަކު އެމީހެއްގެ ސްޓައިލްގައި މަސައްކަތްކުރަންވީއެވެ. މިސާލަކަށް ޝައިޚް މުޙައްމަދު ހޮބްލޮސްއަށް ބަލާށެވެ! ދަރުސްދޭއިރު ޝައިޚްގެ އަޑުގަދަ ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެއީ އޮސްޓްރޭލިޔާއަށް ނިޞްބަތްވުމާއި ކަމުގަ އަންނަ ޖޯޝް ވަރުގަދަކަމުންނެވެ. ޝައިޚުގެ މަސައްކަތްތަކުން އެދަނީ ބޮޑެތި ކާމިޔާބީތައް ލިބި ދީން ކުރިއަރަމުންނެވެ!" 

މުފްތީ މެންކުގެ ދަރުސެއް އަޑުއެހުމަށް ދާދިފަހުން ލައްކައަކަށްވުރެ ގިނަ މީހުން ޖަމާވުމާއިގުޅިގެން މުފްތީ މެނަކަށް ދެންނެވުނު ސުވާލެއްގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ!

"އަހަރެން ދެކޭ ގޮތުގައި އެއީ އެއްވެސް ޙާލެއްގައި އަހަރެންގެ މޮޅުކަމަކުން އަދި މަޝްހޫރުކަމަކުންވެސް ނޫނެވެ. އެމީހުން ޖަމާވީ ﷲ ތަޢާލާޢަށް ލޯބިންނެވެ. ﷲ ތަޢާލާ މަތިވެރިކުރުމަށެވެ. 

މީހުން މަތިވެރިކުރައްވަވަނީ ﷲ ތަޢާލާއެވެ. އަދި ތިރިކުރައްވަވަނީ ވެސް ﷲ ތަޢާލާ އެވެ. ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގެންފިނަމަ ކިތަންމެ މަޝްހޫރު މީހެއްގެ މަޝްހޫރުކަން މަދު ސިކުންތު ކޮޅެއްގެ ތެރޭގައިވެސް ގެންދަވައިފާނެތެވެ! އެކަން މިދަނީ ތަޖުރިބާކުރަމުންނެވެ!

މީސްތަކުންގެ ލޯބި ލިބިގެން އެދަނީ ﷲ ތަޢާލާއަށާއި ރަސޫލް (ޞޢވ)އަށްކަން އެނގޭ ސަބަބެއް ބުނަން ހެއްޔެވެ؟ މިސާލަކަށް މަޝްހޫރު ރެސްޓޯރަންޓެއް ނަގާށެވެ! މެކްޑޮނަލްޑް ފަދަ ރެސްޓޯރަންޓެއް ހިތަށް ގެންނާށެވެ! ކާއެއްޗެތި މީރުވެއްޖެނަމަ އެ ތަނުގައި މަސައްކަތްކުރަނީ ކާކުތޯ މެނޭޖަރަކީ ކާކުތީތޯއެއް ނުބަލާނެއެވެ. ތައްރީފްކުރާނީ މެކްޑޮނަލްޑަށެވެ. 

މިހެންވެ ދީނަށް ގޮވައިލުމުގެ މަސައްކަތްކުރާ މީހުންނަށް އަހަރެން އަބަދުވެސް ބުނަމެވެ. ކަލޭމެންނަކީ ﷲ ތަޢާލާގެ ދީން މަތިވެރިކުރަން މަސައްކަތްކުރާ ބައެއް ނަމަ އެމަސައްކަތްކުރާ އެހެން މީހުންނަށް ކުޑައިމީސް ބަހެއް ނުބުނާނެއެވެ. އެހެން މީހަކު ކުރާ މަސައްކަތުން ނަމަވެސް ﷲ ތަޢާލާގެ ދީން މަތިވެރިވާނަމަ އެއީ އުފާކުރަންޖެހޭނެ ކަމެކެވެ. އަނެކާގެ ދަރުސް އަޑުއަހަން ތިމާއަށްވުރެ ގިނަ މީހުންދާތީ ކަންބޮޑުވާނަމަ އެކުރެވެނީ ވަރަށް ބޮޑު ފާފައެކެވެ. ނިޔަތުގައި ވަރަށް ބޮޑު މައްސަލައެއް އެބައުޅެއެވެ. 

- މުފްތީ މެންކް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް