އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫއިން "ބިގް ޑިވައިސް ސޭލް" ފަށައިފި

އުރީދޫއިން "ބިގް ޑިވައިސް ސޭލް" ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

 

އީ ކޮމާރސް ޕްލެޓްފޯރމް މޫލީ އިން މިއަދު "ބިގް ޑިވައިސް ސޭލް" ގެ ނަމުގައި ޙާއްޞަ ޕްރޮމޯޝަންއެއް އުރީދޫއިން ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑް ތަކުގެ ސްމާރޓްފޯނާއި އެކްސެސަރީޒް، ބޮޑެތި ޑިސްކައުންޓްތަކާއި އެކު މާރކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ބައްލަވައިގަނެވޭނެއެވެ. މި ދުވަސްކޮޅަކީ ކުރިއަށްވުރެ ބޮޑަށް ޑިޖިޓަލް މެދުވެރިކޮށް ކަންކަން ކުރަންޖެހިފައިވާ ދަނޑިވަޅަކަށްވުމާއި އެކު، ފެންވަރު ރަނގަޅު ޑިވައިސް އާއި އިލެކްޓްރޯނިކްސްގެ މުހިންމުކަން ވަނީ އިތުރުވެފައެވެ. މޫލީ ގެ ބިގް ޑިވައިސް ސޭލް އަކީ މިދުވަސްވަރު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޑިވައިސްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ ޕްރޮމޯޝަންއެކެވެ.

30 ސެޕްޓެމްބަރު 2020 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، އެޕަލް ވޮޗް، އެއަރޕޮޑްސް، ސެމްސަންގް އަދި އޮޕޯ ގެ މަގްބޫލް ފޯނުތައް ބައްލަވައިގަނެވޭނެއެވެ. ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މޫލީ ޕްލެޓްފޯރމްގައި ބިގް ޑިވައިސް ސޭލް ސެކްޝަނުން %15 އާއި ހަމައަށް އެ ޕްރޮޑަކްޓަކުން ލިބޭ ޑިސްކައުންޓްއާއި އެކު ފެނިވަޑައިގަންނަވާއެވެ. 

ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ވެއަރހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބުމެވެ.

މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު