އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހަށް ބޮޑު ޕޯޕުގެ ލަފާ ހޯދިނަމަވެސް ރަސޫލް (ޞޢވ) ގެ ޤަދަރު ކުޑަކުރެވޭނެ ގޮތެއް ނެތް!

މަޖިލީހަށް ބޮޑު ޕޯޕުގެ ލަފާ ހޯދިނަމަވެސް ރަސޫލް (ޞޢވ) ގެ ޤަދަރު ކުޑަކުރެވޭނެ ގޮތެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 50 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ޜާއްޖޭގައި ހިންގާ މަޖިލީހުގެ މިހާރުގެ ދައުރުން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް ރަސޫލް ގެ ޤަދަރު ކުޑަކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަށާއި ރަސޫލް އަށް މަލާމާތާއި ފުރައްސާރަކޮށް ޤުރްއާނަށް އިންކާރުކުރާ މީހުންނަކީ މާމަތީ ބައެއްކަމަށް ދައްކަން މަޖިލީހުގެ ކަންކަމަށް އެމީހުންގެ ލަފާ ހޯދުމުގެ އިތުރުން ވެޓިކަންގެ ބޮޑު ޕޯޕުގެ ލަފާ ހޯދައި އޭނާއަކީ މާމޮޅަށް ކަންކަން ދަންނަ މީހެއްކަމުގައި ރައްޔިތުންނަށް ދައްކަން މަޖިލީހުން މަސައްކަތްކުރި ނަމަވެސް ރަސޫލް ގެ ޤަދަރު ކުޑަކުރެވޭނެ އެއްވެސް ގޮތެއް ނެތްކަން އެނގިގެންދަނީ ކީރިތި ޤުރްއާނުންނެވެ.

"ކީރިތި ޤުރްއާނުގައި މާތް ﷲ ޥަޙީކުރައްވާފައިވެއެވެ. (( وَرَفَعْنَا لَكَ ذِكْرَكَ )) "ކަލޭގެފާނަށްޓަކައި، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ޤަދަރު އުފުއްލެވީމެވެ." اللهم صل على محمد وعلى آل محمد كما صليت على إبراهيم وعلى آل إبراهيم في العالمين إنك حميد مجيد ރަސޫލާއަށް ލޯބިވާ ނަމުގައި ކޮންމެ ރަބީޢުލްއައްވަލަކު އީދުމީލާދު ފާހަގަކުރަމުންދާ ފަރާތްތަކުންވެސް ، ނަބިއްޔާ ދިފާއުކުރަން ޖެހުމުން އެންމެ ބަހެއްވެސް ފުރައްސާރަކުރި މީހުންނާ ދެކޮޅަށް މިއަދު ބުނަން ނުކެރުމުން އެނގެނީ މިބައިމީހުންނަކީ އެކަލޭގެފާނު ދެކެލޯބިވާ ބައެއް ނޫންކަމެވެ! އިންސާނީ ޙަޔާތުގެ ލާބަޔާއި މަންފާއަށްޓަކައި އަލިފުން ޔާއަށް ފުރިހަމަ ކުރެވިގެން މަތީން ބާވައިލައްވާފައިވާ،އިލާހީދުސްތޫރެއްކަމާއި،އެދީނުގައި؛ ދަޥުލަތުގެ ޚާރިޖީސިޔާސަތުން ފެށިގެން ކުޑަގިފިލިކުރުމުގެ އަދަބުތަކާ ހަމަޔަށްވެސް އިރުޝާދުދެއްވާފައިވާކަން ޢަދުއްވުން ރަނގަޅަށް ދަނެއެވެ!

ޢިލްމުވެރިންގެ ގުޅުން (I.G) ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއެކު ޖުލައި2020 ގައި ބޭއްވުނު،ބައްދަލުވުމުގައި، MDN އަށް ފިޔަވަޅު ނޭޅި،މިހާދުވަސް މިވަނީ ކީއްވެތޯ ޢިލްމުވެރިންގެ ފަރާތުން ދެންނެވުމުން ސީޕީ ވިދާޅުވެލެއްވީ،އެއީ ބޭރުގައިވީ ދެފަރާތެއްގެ ބަޔާން ނުނެގިގެން ކަމަށެވެ!! ކޮންމެ ހެއްލުމަކީ ގެއްލުމެކެވެ.ކޮންމެ ގެއްލުމަކީ ގެއްލުމެއްވެސްނޫންމެއެވެ.

އެކަތި ޙާޞިލް ކުރެވޭއިރު،ކިތަންމެ އެހެން އެއްޗެއް ގެއްލިދާނެއެވެ.އެހެންކަމުން އިންސާނާއަށް މުހިއްމީ އެއްޗެއް ގެއްލިދާނެތީ އުޅުމެއްނޫނެވެ! ގެއްލިގެންދަނީ ކޮންއެއްޗެއްތޯ ބަލައި،އެކަން ފޫބެދޭތޯ އުޅެގަތުމެވެ! --ޝައިޚް ޢަބްދުﷲ ބިން ޖަނާބް ޝައިޚް ވަނީ އިތުރު ސުވާލެއްވެސް ކުރައްވައިފައެވެ! ސަލާމާއި،ޞަލަޥާތް ލެއްވި މާތް ނަބިއްޔާ އަށް ފަރަންސޭސިވިލާތުން ހިންގި ޖަރީމާއާމެދު އިންކާރުކޮށް މި ޤަޥުމުގެ މުސްލިމުންގެ ޙައްޤުގައި ދުނިޔެއަށް އެއްޗެއްބުނެލާން ކެރޭ ފަރާތެއް މިދަޥުލަތުގައި ނެތީތޯއެވެ!!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު