އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިހުރާ އެސްފީނާ އާއިމެދު ކޮންމެހެން އެނގެންޖެހޭ ބައެއްކަންކަން-: މުފްތީ މެންކް

ސިހުރާ އެސްފީނާ އާއިމެދު ކޮންމެހެން އެނގެންޖެހޭ ބައެއްކަންކަން-: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

މީސްތަކުން މިބެހެނީ 3 ބައަކަށެވެ. އެއްބައަކީ ސިޙުރު ޤަބޫލުނުކުރާ މީހުންނެވެ. އަނެއްބައަކީ ސިހުރުވާކަން ޤަބޫލުކޮށް އެކަމުގައި ހައްދުފަހަނައަޅައިދާ މީހުންނެވެ. އެފަދަ މީހުން އެވަނީ ސިހުރަށް އަޅުވެތިވެސްވެފައެވެ. 3 ވަނަބައަކީ ސިހުރުވާކަން ޤަބޫލުކުރުމާއިއެކު ސިހުރުވެރިންގެ ގާތަށް އެހީތެރިކަން ހޯދަން ނުދާ އަދި ކީރިތި ޤުރްއާނުން ޝިފާހޯދަން މަސައްކަތްކުރާ މީހުންނެވެ. 

ސިހުރާއި އެސްފީނާއަކީ ވާއެއްޗެއް ނޫންކަމަކަށް ނުބުނެވޭނެއެވެ. އެއީވާއެއްޗެއްކަން ޤުރްއާނާއި ސުންނަތުން އެނގެން އޮތުމުންނެވެ. ހަމައެއާއިއެކު ސިހުރުވެރިންގެ ގާތަށް ދިއުމަކީވެސް ދީނުންބޭރުވާ ކަމެކެވެ. ސިހުރު ހެދުމާއި ސިހުރު ހެއްދުވުމަކީވެސް ދީނުންބޭރުވާކަމެކެވެ. 

ވީމާ އަހަރެމެންވާންމިޖެހެނީ މި ބަޔާންކުރި 3 ބައިގެ ތެރެއިން 3 ވަނަ ބައިގައެވެ. އެސްފީނާ އާއި ސިހުރުވާކަން ޤަބޫލުކުރުމާއިއެކު ސިހުރުވެރިންގެ ގާތަށް އެހީތެރިކަން ހޯދަން ނުދާ އަދި ކީރިތި ޤުރްއާނާ ސުންނަތުން ޝިފާހޯދަން މަސައްކަތްކުރާ ބައކަށެވެ. 

ސިހުރުވެރިއަކު ބުނާ އެންމެ ބަހެއް ޤަބޫލުކުރުމަކީވެސް ދީނުން ބޭރުވެގެންދާނެ ކަމެކެވެ. އެހެނީ ސިހުރުވެރިންނަކީ ދޮގުހެދުން ހައްދުފަހަނައަޅާފައިވާ ބައެއްކަން ﷲ ތަޢާލާ ވަނީ ޤުރްއާނުގައި ބަޔާންކުރައްވަވައިފައެވެ. 

"އެއުރެންގެ މައްޗަށް ޝައިޠޯނުން ފައިބާ މީހުންގެ ޚަބަރު ތިމަން ﷲ ތިއަބައި މީޙުންނަށް ދެއްވަވަން ހެއްޔެވެ؟ (.) އެ ޝައިޠޯޏުން ފައިބަނީ ދޮގުވެރިކަން ބޮޑު، ފާފަވެރިކަން ބޮޑު، ކޮންމެ މީހެއްގެ މައްޗަށެވެ. (.) އެ ޝައިޠޯނުން އަޑުއަހާތަކެތި (ކާފިރުންނަށް) ލައިދެތެވެ. އަދި އޭގެ ގިނަ މީހުންނީ ދޮގުވެރިންނެވެ. (.) ޅެންވެރިންނަށް (އެބަހީ: އެއިގެތެރެއިން ކާފިރުންނަށް) ތަބަޢަވާނީ މަގުފުރެދިގެންވީ މީހުންނެވެ!(.) (އައްޝުޢަރާ: 221، 222، 223، 224)

ސިހުރުވެރިންނަކީ ކޮންބައެއކަމާއި އެމީހުންގެ ޙަޤީޤަތް، އަދި އެމީހުންނަށް ތަބަޢަވުމުން ކަނޑައެޅިގެން މަގުފުރެދިގެންދާނެކަމަށް ކީރިތި ޤުރްއާނުގައި މިފަދައިން ބަޔާންކުރައްވަވާފައި ވަނިކޮށް އެފަދަ މީހެއްގެ އެހީތެރިން އެއްވެސް ކަމެއްގައި އެއްވެސް މިންވަރަކަށް ހޯދަން ހެޔޮނުވާނެ ނޫންހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް