އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިން ފިރިންނަށް ފިރިން އަނބިންނަށް ޒިނޭކުރަން ތިއަ މަގުފަހިކޮށްދެނީ އެކަމަށް އޮތް ޙުކުމް ހަމަ ނޭނގޭތީހެއްޔެވެ؟

އަނބިން ފިރިންނަށް ފިރިން އަނބިންނަށް ޒިނޭކުރަން ތިއަ މަގުފަހިކޮށްދެނީ އެކަމަށް އޮތް ޙުކުމް ހަމަ ނޭނގޭތީހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު

ޖިންސީ ބޭނުންތައް ފުއްދުމަށްޓަކައި އެއްވެސް ބިރެއް ނެތި އެމީހެއްގެ ހިތް އެދޭހައި ގޮތަކަށް ފާހިޝް ޢަމަލުތައް ކުރަމުން ތިއަ ގެންދަނީ އެކަމަށް އޮތް ޙުކުމް ހަމަ ނުއެނގޭތީހެއްޔެވެ؟ މަރުވާނެކަމާއި މަރުވުމުން ފެށިގެން އެމީހަކަށް އަލިފާނުން ޢަޛާބު ލިބޭނެކަން ނުއެނގޭތީހެއްޔެވެ؟ ދުނިޔޭގައި މަރުގެ އަދަބުނުދިނުމުން، އަދި ޙައްދުނުޖެހުމުން ﷲ ތަޢާލާގެ ޢަޛާބުން ސަލާމަތްވެވޭނެކަމަށް ޤަބޫލުކުރާތީހެއްޔެވެ؟ 

ޒިނޭކުރުން ޢާންމުވަމުން އައިސް މިއަދު ފިރިން އެމީހުންގެ އަނބިން ޒިނޭކުރަން އެބަ ފުރުޞަތުދެއެވެ. ފިރިމީހާ ޒިނޭކުރާނެ އަންހެނުން އަނބިން އެބަ ހޯދައިދެއެވެ. ﷲ ތަޢާލާގެ ގަދަފަދަ ޢަޛާބަށް އެއްވެސް ބިރެއްނެތިއެވެ. މިފަދަ ދެމަފިރިންވެސް ބުނަނީ އެމީހުންނަކީ ހަމަ މުސްލިމުން ކަމަށެވެ. 

އަނބިން، ފިރިން މިކިޔެނީ ކައިވެނިކުރުމުންނެވެ. ކައިވެންޏަށްފަހު ޒިނޭކުރާ މީހުންނަށް ދީނުގައި އޮތްޙުކުމަކީ ކޮބައިކަމާއިމެދު ވިސްނައިލަމާހެއްޔެވެ؟ ކޮންމެ މީހަކު ނަމަވެސް ކައިވެނިކުރުމަސްފަހު ޒިނޭކޮށްފިނަމަ އޮތީ މަރުގެ އަދަބު ތަންފީޒުކުރުމެވެ. މަރުގެ އަދަބަކީ މީހަކަށް ދުނިޔެމަތީގައި ދެވޭނެ އެންމެ ބޮޑު އަދަބެވެ. މިކުރެވެނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއްކަން 

އެންމެފަހަރަކުވެސް ހިތަށް އަރާހެއްޔެވެ؟ 

މީސްތަކުންނޭވެ! ދުނިޔެމަތީގައި ކިތަންމެ ބޮޑުފާފައެއްވެސް ކުރެވިދާނެއެވެ! އެކަމުން ލިބޭ އުފާޙާޞިލުކުރެވިދާނެއެވެ. އެންމެފަހަރަކުވެސް ހިތަށް ގެނެސްބަލާށެވެ! ޒިނޭކުރުމާއި ފާހިޝް ޢަމަލުތައް ކުރުމަކީ ތިމާ މަރުވާވަގުތުންފެށިގެން ކައްވަޅުގައި ގަދަފަދަ ޢަޛާބު ލިބިލިބި ހުންނާނެ ޢަމަލެއްކަމާއިމެދުގައެވެ. ކައްވަޅުގައި އަލިފާނުން ޢަޛާބުލިބުމަށްފަހު ޤިޔާމަތްދުވަހުން ނަރަކައަށް ވަންނަންޖެހިދާނެކަމާއިމެދުގައެވެ. އަލިފާނުން ޢަޛާބު ލިބެން ފެށުމުން ޒިނޭކުރާ ވަގުތުކޮޅު ލިބުނު އުފާވާނީ ހަމައުފަލަކަށްހެއްޔެވެ؟ 

Punishment in the Grave:

Those who commit zina are severely punished in their grave as well. In a very long hadith, Allah's Messenger relates a dream in which he saw how a number of sinners are being punished in the intermediate life of al-Barzakh (life in the grave). Samurah bin Jundub reported that one morning Allah's Messenger said: "Last night two men came to me (in a dream) and said, "Come with us." I went with them to a sacred land ... We proceeded until we came upon a hole in the ground that resembled a baking pit, narrow at the top and wide at the bottom. Babbling and voices were issuing from it. We looked in and saw naked men and women. Ünderneath the pit was a raging fire; whenever it flared up, they screamed and rose with it until they almost fell out of the pit. As it subsided, they returned (to the bottom). I said, "Who are these?" They said, "Come along!" ... I said, "Since the beginning of this night, you have taken me to different places, and I have seen amazing things! What is all this that I saw?" They said, "We will now tell you ... As for the naked men and women who were in the pit, they are men and women who indulge in zina ... And I am Jibreel, and this is Meka'eel..."

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް