އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދު ފެށުމުގެ ކުރިން ޝައިޠޯނާގެ ކިބައިން ސަލާމަތްކުރެއްވެވުން އެދި ދުޢާކުރާށެވެ!

ނަމާދު ފެށުމުގެ ކުރިން ޝައިޠޯނާގެ ކިބައިން ސަލާމަތްކުރެއްވެވުން އެދި ދުޢާކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ އެކަމުގެ އުފާވެރިކަން ލިއްބައިދޭކަމެކެވެ. މުސްލިމަކު ނަމާދުކުރުމަށް ތެދުވާހިނދު، އޭނާއާ އޭނާގެ ނަމާދާ ދެމެދަށް ޝައިޠާނާ ވަދެ ވަސްވާސްދެއެވެ. ނަމާދަށް ހުއްޓައި ވަސްވާސްދޭނަމަ ޙަދީޘްފުޅުގައި އޮތީ އަޢޫޛް ކިޔައި ވައަތްފަރާތަށް ފުމެލުމަށެވެ. 

ނަމާދަށް ފެށުމުގެކުރިންވެސް އަޢޫޛްކިޔައި ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދޭށެވެ! އަދި ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމަށް މިންވަރުކުރައްވަވައި އެދި ދުޢާވެސް ކުރާށެވެ! ހަމަކަށަވަރުން ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ ޚުޝޫޢަތްތެރިކަމާއިއެކު ކުރެވޭ ނަމާދެވެ. 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ أَحَدَكُمْ، إِذَا قَامَ يُصَلِّي جَاءَهُ الشَّيْطَانُ فَلَبَسَ عَلَيْهِ، حَتَّى لَا يَدْرِيَ كَمْ صَلَّى» [متفق عليه]

މާނައީ: "ހަމަކަށަވަރުން ތިއަބައިމީހުންކުރެ މީހަކު ނަމާދުކުރުމަށް ތެދުވާ ހިނދު އޭނާގެ ގާތަށް ޝައިޠާނާ އައިސް، އޭނާއަށް މިކުރެވުނީ ކިހާ މިންވަރެއްކަން ނޭނގޭ ވަރަށް އޮޅުވާލައެވެ".

ނަމާދުގައި އެކި ފަރާތްތައް ބެލުމަކީވެސް އޭނާގެ ދަންތުރައެކެވެ.

ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.

«هُوَ اخْتِلاَسٌ يَخْتَلِسُهُ الشَّيْطَانُ مِنْ صَلاَةِ العَبْدِ» [رواه البخاري]

މާނައީ: "(ނަމާދުގައި އެކިފަރާތް ފަރާތަށް ބެލުމަކީ) އެއީ އަޅާގެ ނަމާދުން، ޝައިޠާނާ އޮޅުވާލައިގެން ކުރާ ވައްކަމެކެވެ."

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް