އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ޝައިޠޯނާގެ އަޚުންގެ ގޮތުގަ ތަރުބިއްޔަތުކުރާ މައިންބަފައިން ގިނަވެއްޖެ! މިއީ ދަރިންގެ ދުނިޔެއާ އާޚިރަތް ނަގައިލުން-

ދަރިން ޝައިޠޯނާގެ އަޚުންގެ ގޮތުގަ ތަރުބިއްޔަތުކުރާ މައިންބަފައިން ގިނަވެއްޖެ! މިއީ ދަރިންގެ ދުނިޔެއާ އާޚިރަތް ނަގައިލުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

އަތުގައި ކިތަންމެ ފައިސާ ގިނަނަމަވެސް ޚަރަދުކުރުމުގައި ބަލައިލުމެއްނެތި ޚަރަދުކުރާ މީހުންނަކީ ޝައިޠޯނާގެ އަޚުންކަން ޤުރްއާނުން އެނގެންއެބައޮތެވެ. ހިތާމައަކީ އަތްމައްޗަށް ފައިސާއެރުމުން އެކަންކަން ހަނދާންހުންނަ މީހުން މަދުކަމެވެ. 

މިސާލަކަށް އަތުގައި ކިތަންމެ ރަނގަޅު ފެންވަރުގެ ކާރެއް އޮތްނަމަވެސް އެހެން މީހުން ދުއްވާ ކާރަށް ކަޅިއަޅާ މީހުން އޭނާގެ އަތުގައި އޮތް ކާރުގެ ވަޒަނެއް ނުކުރާނެއެވެ. އަތުގައި އޮތްކާރު ބާކީކޮށްލާފައި އަނެކާ ދުއްވާ ވައްތަރުގެ ކާރެއް ގަންނާނެއެވެ. 

އެއީ މުއްސަނދިންގެ ފެންވަރުކަމަށް ބަލައި ދުކޮށްލާށެވެ. އާދައިގެ ފެންވަރުން މިސާލެއް ބަލައިލަމާހެއްޔެވެ؟ 

ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެން އުޅޭ މީހުންވެސް އަތުގައި ލާނެ ހެދުން ހުއްޓައި އަނެކާ ލައިއުޅޭ ޒާތުގެ ހެދުމެއް ބޭނުންވެގެން އެބަ ހެދުން ގަނެއެވެ. ޙަޤީޤަތަކީ އޭނާގެ އަތުގައި ހަމަ ރަނގަޅު ފެންވަރުގެ ހެދުން އެބަހުރިކަމެވެ. މަދުވެގެން ނުވަތަ ނެތިގެން މިއުޅެނީ އަނެކާ ލައިއުޅޭ ޒާތުގެ ހެދުމެކެވެ. 

މީގެ އެންމެ ބޮޑު ހިތާމައަކީ މިނުބައި ޢާދައިގައި ދަރިންވެސް ޖައްސުވަމުން ގެންދާކަމެވެ. ކުޅޭ ސާމާނާއި ވީޑިއޯގޭމް ފަދަ ތަކެތި ގަނެދިނުމުގައި ހައްދުން ނެއްޓިގެންދާކަމެވެ. ދަރިފުޅު އަތުގައި ތަކެތި ހުރިނަމަވެސް އަނެއް ކުއްޖާގެ އަތުގައި އޮތްއެތި ހޯދައިދެމުންގޮސް ދަރިންނަށްވެސް މިނުބައި ޢާދަ ދަސްކޮށްދެވޭކަމެވެ. ނަތީޖާއަކަސްވަނީ ދަރިން ބޮޑެތިވާއިރު އިސްރާފުކުރަން އާދަވެފަިތިބޭކަމެވެ. 

އިންސާނުންކަމަށްވީތީ އަބަދުވެސް ފެންވަރު ރަނގަޅު، ރީތި އެއްޗެއްސަށް އެދެވޭނެއެވެ. ނަމަވެސް މުސްލިމުންގެ ގޮތަކަށްވާންޖެހޭނީ މެދުމިނުގައި ހިފެހެއްޓުމެވެ. އައިފޯންސީ އެއް އަތުގައި އޮއްވައި އެސް ނުކުތުމުން ގަތުމަކީ މުސްލިމުންގެ ސިފައަކަށްވެގެންނުވާނެއެވެ. އެގޮތަށް ތަކެތި ހޯދުމަކީ އިސްރާފްކުރުމެވެ. އެއިރުން އެވެވެނީ ޝައިޠޯނާގެ އަޚަކަށެވެ. 

- ނޫމާން ޢަލީ ޚާންގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް