އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާއަހަރު ފާހަގަކުރުމުގަ ދިވެހިން ޔޫރަޕަށްވުރެ ކުރިއަރައިފި!

އާއަހަރު ފާހަގަކުރުމުގަ ދިވެހިން ޔޫރަޕަށްވުރެ ކުރިއަރައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 8 ސިކުންތު

އެކާފަރުން އެރެއަކަށްޓަކައި ގޭތެރެއާއި ވަށައިގެންވާތަންތަނާއި ހުރިހައިތަނެއް ޒީނަތްތެރިކޮށް ބޮކިފަތިދަމައި ހަވާއަރުވައި ކެއިންބުއިމުގައި ބޮޑެތި ޖާފަތްތައް ތައްޔާރުކޮށް ކާތަކެތީގައި އަދި ބޯތަކެތީގައި ބޮޑުއިސްރާފެއް ކުރެއެވެ. އެއީ އެ ކާފަރުންގެ އެންމެ ބޮޑުއީދެވެ!  

މުސްލިމް ނަން އޮންނަ ރަށްރަށާއި ޤައުމުތަކުގެ މުޖުތަމައުތަމައުތަކުގައި ވެސް އާއަހަރު ފާހަގަކުރުމުގެ ގޮތުން ބިޔަހަފްލާއެއްގެގޮތުގައި މިކަން އިންތިޒާމްކުރުން މިވަނީ ޢާންމުވެފައެވެ.  

އެ ކާފަރުން ދެކޭގޮތުގައި އަހަރެއްގެ ނިމުން އޮންނަރެއަކީ އެއަހަރަށް ޓާޓާ ކިޔާލަން ،  ވީ އެންމެ ބޮޑަކަށް މިއުޒިކާއި ޑީޖޭގެ ގުގުމާއި ރާ ބުއިމާއި މަސްތުގެ ތެރެއިން އެންމެއެކަށޭނަ ރެއެވެ! އެކާފަރުން ދެކޭގޮތުގައި މިގޮތަށް މަޖާކޮށްލުން އެއީ އަހަރަކު 1 ފަހަރު އެމީހުންނާ  ބައްދަލުވާނެ އެންމެ ފަހުފުރުސަތެވެ.

އެކާފަރުން އާއަހަރާ ބައްދަލުވާން އޮންނަ ރޭގައި އީދުހެދި ހުވަނދުލައި މި ބޮޑު ބިޔަހަފުލާއަށް ޖަމާވަނީ އުފަލުންފޮޅިތިބެ ތެޅެމުންފޮޅެމުންނެވެ!  

ހަފްލާފެށެނީ ބަނގުރާބުއިމުންނެވެ، އަދި ބޮޑު ޖާފަތެއްގެ މީރުކެއުންތަކުންނެވެ، އެއަށްފަހު

ދެންފެށެނީ ކައުންޓު ޑައުންއެވެ. ދެންފެށެނީ އެންމެން އެކުވެ ނެށުމާއި އެކު ރާބުއިމެވެ، އެކާފަރުން ދެކޭގޮތުގައި ރާބޮމުން ބޮމުން ނަށަމުން ނަށަމުން ގޮސް ލައިގެން ހުންނައުނުފޭރާން ބޭލޭކަން އަމިއްލަ ނަފްސަށްނޭނގޭ ވަރުވަންދެން އަދި  މި ކުރެވޭނީ ކީއްކަމާއި ހުރެވެނީ ކޮންތާކުކަންވެސް ނޭނގޭވަރުވަންދެން މީހާ ރަންވެވުން އެއީ އެމީހުންނަށް އަންނަ އެންމެ ބޮޑުއުފަލެވެ.  

އާއަހަރުގެ ވަގުތު ހަވާ އަރުވާލުމުގެ ބަޑިބޭހުގެ ކުޅިވަރު ފެށެންވާއިރު  ރޭގަނޑު 12 ޖަހަންވާއިރަށް މި މަޖާއަރުވާ ގިނަ މީހުންގެ ހޭބުއްދިވެސް ނުހުންނާނެއެވެ!

ގިނަފަހަރަށް އެ ހިސާބުން އެމީހާއާއި ހަވާލުވާން ޖެހޭނީ އެތަނުގެ ސެކިއުރިޓީންނެވެ، ނުވަތަ ޑޮކްޓަރެވެ. އޭގެ ބައެއްމީހުން ހޭވެރިކަންވާއިރު ގޮނޑުދޮށަށް ލައްގާފަ އޮންނަމަހެއްހެންވެސް އޮވެދާނެއެވެ.

ބައެއްމީހުން ގަހަށް އަރައި ދެގޮފިދޭތެރޭގައި ފޮތިގަނޑެއްހެން އެލިފަވެސް އޮވެދާނެއެވެ، ބައެއް މީހުން އުސްއިމާރާތަކުން ފުންމާލައި މަރުވެގަންނާނެއެވެ، އަދި މަޖާބޮޑުވަމުން ވަމުންގޮސް އަތުގައި ހުރި ރާތަށިތަކާއި ފުޅިތައްއުކައި ލޭއޮހޮރުވާ ހިސާބަށް މަޖާވެލާނެއެވެ.

އަދި  ފާހަގަ ކުރަން ޖެހޭ  އެންމެ ބޮޑު ނުރައްކަލަކީ އަދި ހިތާމައަކީ ރާއްޖޭގައި އެ ކާފަރުންނާބައިވެރިވެ ރަނގަޅަށް މަސްހުނިވެލާ ރިސޯޓު އޯނަރުންނާއި އެމީހުންގެ އާއިލާތަކާއި ގައުމު ހިންގަންތިބޭ ބޮޑުންނާއި އެ ދަރަޖައަށް ވިސްނުމާއި ފިކުރު ގޮސްފައިވާ މުސްލިމުންގެ ނަމުގައި އުޅޭ ބައެއްގެ ހަލާކުވުމުގެ ބޮޑުކަމެވެ.

މީގެ ތެރެއަށް ގެނބި ޣަރަގުވަމުން އަހަރަކަށް ފަހު އަހަރަކު އެތައް ޒުވާނުންނެއް ހަލާކުވަމުންދެއެވެ! އަދި މީގެތެރެއިން އެތައްދިވެހިންނެއްވަނީ ދީނުންބޭރުވެ މުރުތަދްވެގޮސްފައެވެ!  

މި ދެންނެވި ދިވެހިންގެ އާއަހަރު ފާހަގަކުރުން އަދި ޔޫރަޕިއަން ކާފަރުންނަށްވުރެ ފުރިހަމަވެފައި މޮޅުކަމަށް ފާހަގަވެއެވެ!  

މިމީހުން ގެ ބުއިމުގެ ތެރެއަށް ޔުރަޕިއަން ކާފަރުން ނުހިމަނާ މޮޅު އެއްޗެއް މުސްލިމުންގެ ގޮތުގައުޅޭ މީހާ އިތުރުކުރެއެއެވެ، އެއީ ޔޫރަޕިއަން މީހުންނަށްވުރެ ގަޓްވެލަންށެވެ، އެއަށްވުރެ ގަދަ ވެލާންވެގެންނެވެ. މިމީހުން ބޭނުންކުރަނީ ހިކި މަސްތުވާ އާލާތްތަކެވެ.  ތެޔޮބިޑީގެ ދުމުން މުޅި ސަރަހައްދު އޮލަކޮށްލައެވެ.  

މިމީސްމީހުންގެ އާއަހަރު ފާހަގަ ކުރުމުގެ ނަތީޖާއަކީ ކޮބައިތޯ ؟ ހުރި ތަނަށް ގަޔަށް ޙާޖަތްކުރެވިގެންވާހާލުގައި މިފަދަ ދިވެހިންވެއެވެ، މިމީހުންނާވެސް މި ހިސާބުން ހަވާލުވާން ޖެހެނީ އެތަނުގެ ސެކިއުރިޓީންނާއި ޑޮކްޓަރެވެ.  

އެހެންވީމަ ކުރުކޮށް ފޮނިކޮށް މިލިޔެވުނީ އާއަހަރުގެ ފޮނިކަމާއި މީރުކަމެވެ. ހުތުބާގައި ވެސް އާއަހަރު ލިޔެވިގެންވާނެއެވެ! ނަމަވެސް މިވަރަށް ތިލަކުރަން ހުތުބާލިއުއްވާ ބޭފުޅުންނަށް އަދި ހުތުބާ ހުއްދަ ދެއްވާ އިސްލާމިކް މިނިސްޓްރީއަށް ކުޅަދާނަ ނުވާނެއެވެ! 

- މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް