އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތެދުބުނުމުން ބައިވެރިޔާ މާފުނުކުރުމުން ކައިވެނި ރޫޅުނު ނަމަވެސް ﷲ ގެ ރަޙްމަތް ލިބިގެންދާނެ! އެކަމުގެ ފައިދާ މާބޮޑުވާނެ!

ތެދުބުނުމުން ބައިވެރިޔާ މާފުނުކުރުމުން ކައިވެނި ރޫޅުނު ނަމަވެސް ﷲ ގެ ރަޙްމަތް ލިބިގެންދާނެ! އެކަމުގެ ފައިދާ މާބޮޑުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ދޮގު ބުނުން ޢާންމުވަމުން ގޮސް އެއީ ތިމާއަށް ކުރެވޭ ފާފައެއްކަންވެސް ގިނަބައަކަށް ޤަބޫލުނުކުރެވޭ ޙާލަތުގައި ތިބިއިރު ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެއީ ނުބައިވެގެންވާ ބައްޔެއް ކަމަށާއި ދޮގުހެދުން ހުއްޓާލައި ތައުބާނުވެ ތިބި ނަމަ އެބަލި އެމީހެއްގެ ހިތުގައި ބޮޑުކުރައްވަވާނެކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން އެމީހަކަށް އާޚިރަތްދުވަހު ގަދަފަދަ ޢަޛާބާއި ކުރިމަތިލާންޖެހޭނެ ކަމަށެވެ.

ވީމާ ދޮގުބުނުމަކީ ފާފައެއް ނޫންކަމަށް ނުވަތަ އެއީ ކުޑަކުޑަ ފާފައެއް ކަމަށް ޤަބޫލުކުރެވެން އޮތީ ކޮން ގޮތަކުންހެއްޔެވެ؟ 

މީސްތަކުންނޭވެ! ބަހެއް ބުނުމަށްފަހު ދޮގުވެރިންގެ ޙާލަތަކީ އެމީހަކު އެބުނީ ތެދެއްކަން ޔަޤީންކޮށްދޭން ތަފާތުހުވާތައް ކުރާނެއެވެ. އެބުނި ބަހަކީ ދޮގެއްކަމުގައިވީނަމަވެސް ހުވާތައްކުރަން ބިރެއްވެސް ނުގަންނާނެއެވެ. ޖެހިލުމެއްވެސް ނުވާނެއެވެ. ބޭނުންވާނީ ކޮންމެ ގޮތަކުން ނަމަވެސް އެބުނި ބަހަކީ ތެދުކަން މީސްތަކުންނަށް ސާބިތުކޮށްދޭށެވެ! 

އެއާއި ޚިލާފަށް ދޮގުނުހަދާ، ތެދުހަދާމީހަކު ބަހެއް ބުނުމަށްފަހު އެކަން ސާބިތުކުރަން އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. އެފަދަ މީހަކު ބަހެއް ބުނުމުން މުޅި ދުނިޔެވެސް އޭނާ އެބުނީ ތެދެއްކަމަށް ޤަބޫލުކުރާނެއެވެ. 

ފަހަރެއްގައި މީހަކަށް ދޮގެއް ބުނެވުނު ނަމަވެސް އެއީ ތެދެއްކަން ދައްކަން ﷲ ތަޢާލާ ގަންދީ ހުވާނުކުރާށެވެ! އެއިރުން އެފާފަ އެދަނީ އެތައް ގުނައަކަށް ބޮޑުވެގެންނެވެ. އެއީ އެމީހަކަށް ނިފާޤްގެ ނުބައިބަލިން މުޅި ޢުމުރުގައިވެސް ސަލާމަތްނުވެވިދާނެކަމެކެވެ. 

މިޒަމާނުގައި ލޯތްބާއި އިތުބާރު ގެއްލި ކައިވެނިތައް ރޫޅެން އެންމެ ގިނައިން މެދުވެރިޔާ އެއްސަބަބަކީވެސް ތެދުވެރިކަން ނެތި އިތުބާރު ގެއްލިގެންދިއުމެވެ. ދޮގުހަދާކަން އެނގުމުން އެމީހަކު ތެދުވެރިނުވާނެކަމަށް ޤަބޫލުކުރެވުމެވެ. ވީމާ ދެމަފިރިންކުރެ މީހަކަށް ކުށެއް ކުރެވުނު ނަމަވެސް ދޮގުނުހަދާށެވެ! ތެދުބަހުން ބަޔާންކުރާށެވެ! 

ދޮގުހަދަން ﷲ ތަޢާލާއަށް ބިރުވެތިވެ ދޮގު ނުބުނާ މީހަކަށް އެމީހާ ތެދުބުނުމުން އަނެކާ މާފުނުކުރި ނަމަވެސް، އެކަމުގެ ސަބަބުން ކައިވެނި ރޫޅުނު ނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. އެކަމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ! އެމީހަކަށް ﷲ ތަޢާލާ ތަޙްމަތް ލައްވަވާނެތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް