އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒިނޭކުރާ ގޭގެއަށް ރިޒްޤް ނުދެއްވަވަން ﷲ ކަނޑައަޅުއްވަވައިފިނަމަ ތިބާގެ ގެއަށް އެއްވެސް ރިޒުޤެއް ލިބޭނެތަ؟: މުފްތީ މެންކް

ޒިނޭކުރާ ގޭގެއަށް ރިޒްޤް ނުދެއްވަވަން ﷲ ކަނޑައަޅުއްވަވައިފިނަމަ ތިބާގެ ގެއަށް އެއްވެސް ރިޒުޤެއް ލިބޭނެތަ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

މިފަދަ ވާހަކަތައް ދައްކަން ކިތަންމެ ވަރަކަށް ނުވަތަ ބޮޑަށް ލަދުގަތް ނަމަވެސް ނުވަތަ ދައްކަން ބޭނުން ނުވި ނަމަވެސް މިވާހަކަތައް ނުދައްކައި މުޖުތަމައު މި ނުބައިކަން ބޮޑު ފާފައިން  ސަލާމަތްކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. މިކަމަށް މުޅި މުޖުތަމައު ހޭލުންތެރިނުވެނަރަކައިން ސަލާމަތްވެވޭނެ މަގެއް ނެތް ހިސާބަށް ކަންކަން މިވަނީ ގޮސްފައެވެ. 

ނިކަން ބުނެބަލާށެވެ! އެގެއެއްގެ މީހަކު ނުވަތަ މީހުން ޒިނޭކުރާތީ އެގެއަތަކަށް ރިޒްޤު ނުދެއްވަވަން ﷲ ތައާލާ ކަނޑައަޅުއްވަވައިފިނަމަ ރިޒްޤް ލިބެންޖެހޭ މިއަދު ހުންނާނީ ކިތައް ގޭބިސީހެއްޔެވެ؟ ތިމާ ދިރިއުޅޭ ގެއަށް ރިޒުޤު ލިބޭނެހެއްޔެވެ؟ ރިޒްޤަސް ދަތިވެގެން ކންބޮޑުވާންޖެހިފައިވާ މިފަދަ ދުވަސްވަރެއްގައި މި ހިސާބު އަމިއްލައަށް ބަލައި ބިރުވެތިވުމަށް އަބަދުވެސް މިދަނީ ބުނަމުންނެވެ. 

ކޮންމެއަކަސް ޒިނޭކުރުން މިހައި ބޮޑަށް ޢާންމުވެގެން މިދިއައީ "ލޯބި" އަދި ލޯބިވުމުގެ މާނަ މިހާރު މުޅިން އޮޅުވާލާފައިވާތީއެވެ. އެއީ ލޯތްބާއި ލޯބިވުމަކީ ކައިވެނި ހެޔޮ ނުވާ އަންހެނުންނާއި ފިރިހެނުން އެކަހެރިވެ އުޅޭނެ ގޮތަކަށް އުޅުން ކަމުގައި މާނަކޮށްފައިވާތީއެވެ. ލޯބިކުރުމުގެ މާނައި ޒިނޭކުރުންވެސް ހިމަނައި ލޯބިވެއްޖެ ނަމަ ޒިނޭކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރަން ފެށުމުންނެވެ. 

މިހެން ބުނުމުން ފުރަތަމަ ކަމަކަށް އަމިއްލަ ދަރިންނާއި ދިމާއަށް އިނގިލި ދިއްކުރަން ނުހަދާށެވެ! ބައްޕަ އާއި މަންމަ އާއި ދިމާއަށް ދެ އިނގިލި ނުވަތަ 3 އިނގިލި އަމާޒުވެފައި ނެތްތޯ ބަލައި ޔަޤީންކޮށްފައި ނޫނީ ދަރިންގެ ފަހަތުން ދުއްވައި ނުގަންނާށެވެ! 

މިއަދު މީހަކު "އައި ލަވް ޔޫ!" (އަހަރެން ތިބާ ދެކެ ލޯބިވަމެވެ!) ބުނެފިނަމަ ޔަޤީންކުރަންވީ އެ ބުނަނީ އަހަރެން ތިބާގެ ބޭނުންކޮށްލަން ބޭނުންކަމަށް ކަމެވެ. ތިބާ އާއިއެކު ޖިންސީ ގުޅުން ހިންގަން ބޭނުންކަމަށެވެ. މީގެ ކުރީގެ ދަރުސެއްގައިވެސް ބުނީމެވެ. "ފެންނަހާ މީހަކަށް ލޮލް ޖަހާފައި މެސެޖުކުރާއިރު އައިލަވްޔޫ ޖަހާފައި މެސެޖުކުރަން އެމީހަކު ދެކެ ލޯބިވާން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟" 

ލޮބުވެތި  ޒުާން ކަނބަލުންނޭވެ! އަދި ފިރިހެންކުދިންނޭވެ! މިފަދަ މެސެޖުތަކުގެ އަވާގައި ގިނައިން ޖެހެނީ އަންހެން ކުދިންނެވެ. ލިބޭ އެފަދަ މެސެޖުތަކަށް ފުރިހަމައަށް ވިސްނާށެވެ! ކައިވެނީގެ ބޭރުން އެކަހެރި ބައްދަލުކުރުންތައް ބެއްވުމަކީ ލޯބިވުންކަމަށް ނުދެކޭށެވެ. ލޯބިވާ ފިރިހެނަކުވެސް އަދި އަންހެނަކުވެސް ކައިވެނީގެ ކުރިން އެކަހެރި ބައްދަލުވުމަކަށް ނުއެދޭނެއެވެ. ފާހިޝް އަމަލުތައް ކުރާކަށް ނުއެދޭނެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް