އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިން ޗެޓްކުރި ލޯބިވެރިޔާ އާ ކައިވެނިކުރެވޭއިރު ބޮޑުތަނުން މީހާ ބަދަލުވެފަ ހުރުމުން ހިތާމަކުރަންޖެހުން ވަރަށް ގިނަވެއްޖެ!: މުފްތީ މެންކް

ލޯބިން ޗެޓްކުރި ލޯބިވެރިޔާ އާ ކައިވެނިކުރެވޭއިރު ބޮޑުތަނުން މީހާ ބަދަލުވެފަ ހުރުމުން ހިތާމަކުރަންޖެހުން ވަރަށް ގިނަވެއްޖެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

މިހާރުގެ އުޞޫލަކަށްވެފައި މިއޮންނަނީ ފޯނުން ނުވަތަ އެނޫންވެސް ވަސީލަތަކުން ޗެޓްކޮށްގެން ޙަޔާތަށް ބައިވެރިއަކު ހޯދުމެވެ. ތިމާ އެންމެ ހިތް އެދޭގޮތަށް ވާހަކަދައްކައި މެސެޖުކޮށް އަދި އެހެންވެސް ކަންކަން ކުރާ މީހަކާއި އަވަހަށް ކައިވެނިކުރަންވީއެވެ. 

ކައިވެނިކުރާތާ ކުޑަދުވަސްކޮޅެއްވެސް ނުވަނީސް މިއެނގެނީ ކުރިން ޗެޓް ކުރި މީހާގެ ސިފަތަކާ ކައިވެނީގެ ބައިވެރިޔާގެ ސިފަތަކާއި ދިމާނުވާކަމެވެ. މޫނު އެއްގޮތްވެފައި ހަށިގަނޑު އެއްގޮތް ނަމަވެސް ޢަމަލުތަކާއި އަޚްލާޤް މުޅިން ތަފާތުކަމެވެ. ވާހަކަ ދެއްކިއިރު ހުރި މަޑުމައިތިރިކަމާއި ކެތްތެރިކަން ދިރއުޅުމުގެ ކަންކަމުގައި ނެތްކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމެއް ނެތްކަމާއި އިންސާނުންނަށް ރަޙުމްކުރުން ކުޑަކަމެވެ. ޗެޓްކުރާއިޮއރު ވާހަކަދައްކާ ބަހުރުވަ ކިތަންމެހައި ލޯބިވެފައި އޯގާތެރިނަމަވެސް މިހާރު އިވެނީ އަމުރުވެރި ބަސްތައްކަމެވެ. 

މިފަދަ ކޮންމެ ކަމެއް ދިމާވުމުންވެސް އެގިގެން މިދަނީ ސޯޝަލް މީޑިއާގެ ދުނިޔެއިން ބައްދަލުވާ މީހުންނާއި އަދި އެކަހެރިކޮށް ބައްދަލުކޮށްގެން މިހޯދޭ ބައިވެރިންގެ ކިބައިގައި ބޮޑެތި މައްސަލަތަކެއް ހުންނަކަމެވެ. އެއީ ހަމަ ވަރަށް ބޮޑެތި އޮޅުވައިލުންތައް ހިނގާ ކަމެއްކަމެވެ.

ލޮބުވެތި ޒުވާނުންނޭވެ! އަނހެންކުދިންވެސް ފިރިހެންކުދިންވެސް މިކަންކަމަށް ސަމާލުކަންދޭށެވެ! ކައިވެންޏަކީ މުޅި އުމުރަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ވީމާ ސޯޝަލް މީޑިއާގެ ތެރެއިންނާއި އެކަހެހެރި ބައްދަލުވުމުގެތެރެއިން ބައިވެރިއަކު އިޚްތިޔާރުނުކުރާށެވެ!

އަދި ޝައުޤުވެރިވާ މީހަކާއި ބައްދަލުވިނަމަވެސް އެމީހާގެ ޙަޤީޤަތް އޮޅުންފިލުވާށެވެ! ޙަދީޘްފުޅުގައި އޮންނަފަދައިން އެމީހަކީ ތަޤްވާވެރި، އަޚްލާޤް ރަނގަޅު މީހަކުކަން ކަށަވަރުކުރާށެވެ! ނޫންނަމަ އެކަމުގެ ހިތާމަ މުޅި އުމުރަށްވެސް ކުރަންޖެހިދާނެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް