އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގަވެސް ޙާޞީލުކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭނެ އަޅެއް ކަމުގަ ލައްވަވާ ޙާލަތުން ސަލާމަތްކަން ލިބިގަންނާށެވެ!: މުފްތީ މެންކް

ދުނިޔޭގަވެސް ޙާޞީލުކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭނެ އަޅެއް ކަމުގަ ލައްވަވާ ޙާލަތުން ސަލާމަތްކަން ލިބިގަންނާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ބައެއް މީހުން އެންމެ ބޮޑަށް ކަންބޮޑުވާ އެކަމަކީ އެމީހުންނަށް ވަރަށް ފަސޭހައިން ނުވަތަ ކުޑަ މަސައްކަތަކުން ހާޞިލުކުރެވެން ހުންނަ ކަންކަން ވެސް ޙާޞިލުނުކުރެވުމެވެ. ކިތަންމެ ވަރަކަށް މަސައްކަތްކުރުމުންވެސްމެއެވެ. ކުޑަކުޑަ މަސައްކަތުގެ ބަދަލުގައި ބޮޑެތި މަސައްކަތްކުރުމުންވެސްމެއެވެ. 

މިސާލަކަށް ވަރަށް ފަސޭހައިން ކާމިޔބުކުރެވޭނެ ކަމަށް ޤަބޫލުކުރެވޭ ބައިވެރިއަކު އެތައް މަސައްކަތެއް ކުރުމުން ކުރުމުންވެސް ޙާޞިލުނުކުރެވިހިނގައިދާނެއެވެ. ވަރަށް ފަސޭހައިން ލިބިދާނެކަމަށް ބެލެވޭ ވަޒީފާއެއް ނުލިބިދާނެއެވެ. ވަރަށް ފަސޭހައިން ކުރެވިދާނެކަމަށް ޤަބޫލުކުރި ވިޔަފާރިއެއް ކާމިޔާބުނުކުރެވި ހިނގައިދާނެއެވެ. 

މިހާލަތުގައި ވިސްނައިލަންވީ ﷲ ތަޅާގެ ވަޙީ ބަސްފުޅުތަކުން ލިބިގެންދާ މެސެޖަށެވެ!. "ތިމަން ﷲ ގެ އަޅުތަކުން ފާފަނުކުރުމަށް އިންޒާރު ކުރެވެވުމުން ވެސް އެމީހުން ފާފަކުރަނީއެވެ. ފާފަކުރުންމަތީގައި ދެމިތިބެނީއެވެ. ދެން އެމީހުންނަށް ދުނިޔޭގައި ވަރަށް ހަނިގޮތަކަށް ކުރުމުއްދަތެއްގައި ތިބުމުގެ ފުރުޞަޠު ދެއްވަވަމެވެ." 

މިފަދަ އިންޒާރުގެ ބަސްފުޅުތަކުން އެނގިގެންދަނީ ދުނިޔޭގެ ޙަޔާތުގައި ﷲ ތަޢަލާއަށް އުރެދި ފާފަކުރުންމަތީގައި ދެމިތިބޭނަމަ އެމީހަކަށް ދުނިޔޭގައިވެސް ކަންކަން ދަތިކުރައްވަވާނެކަމެވެ. ވަރަށް ފަސޭހައިން ކާމިޔާބުކުރެވެން ހުންނަ ކަންކަންވެސް ކާމިޔާބުނުކުރެވުން ގާތްވާނެކަމެވެ. 

ވީމާ އެންމެ ބޮޑަށް އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންވީ ފާފަނުކުރުމަށެވެ. ތިބާއަކީ ތިބާ ޙާޞީލުކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭނެ އަޅެއް ކަމުގައި ލައްވަވައިފިނަމަ ހުރި ހިތާމައެއްގެ ބޮޑުކަން ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް