އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދާއިމީ ބައްޔެއްގަ އެނދުމަތިވެފައިވާ މީހާވެސް ދުޢާކުރުން ހުއްޓާނުލުމުން ދެއްވަވާ ނިޢްމަތްތައް ހީވެސް ނުކުރެވޭވަރަށް މަތިވެރިވާނެ!: މުފްތީ މެންކް

ދާއިމީ ބައްޔެއްގަ އެނދުމަތިވެފައިވާ މީހާވެސް ދުޢާކުރުން ހުއްޓާނުލުމުން ދެއްވަވާ ނިޢްމަތްތައް ހީވެސް ނުކުރެވޭވަރަށް މަތިވެރިވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ވަނީ ދާއިމީ ބައްޔެއްގައި އެނދުމަތިވެފައި ތިބެން ޖެހިފައެވެ. ޑޮކްޓަރުން ބުނަނީ ދެން ގަދަނުވާނެ ކަމަށެވެ. ބައްޔަކީ ދާއިމީ ބައްޔެއް ކަމަށެވެ. އެހެންކަމުން ދެވޭނެ އިތުރުފަރުވާއެއް ނެތް ކަމަށެވެ. 

މިޙާލަތުގައި ބައެއް މީހުން އެބަ ދުޢާކުރުން ހުއްޓައިލައެވެ. ދެން ތިމާ ގަދަނުވާނެކަމަށް ބަލައިގެންނެވެ. އަދި ޢާއިލާގެ މީޙުންނާއި ރައްޓެހިންވެސް އެބަ ދުޢާކުރުން ހުއްޓައިލައެވެ. 

މީސްތަކުންނޭވެ! އެއްވެސް ޙާލެއްގައި މިއީ މިކަން ކުރަން އޮތްގޮތެއް ނޫނެވެ. ދުޢާކުރުން ހުއްޓާލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ދޭނެ ފަރުވާ ޑޮކްޓަރުންނަށް ހުސްވެދާނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް އެކަން ހިންމަވައި ދެއްވެވުމަކީ އެއްވެސް ޙާލެއްގައި ނުކުރެއްވެވޭނެ ކަމެއް ނޫނެވެ. ދާއިމީ ބޮޑެތި ބަލިތަކުގައިތިބި، ޑޮކްޓަރުންނަށް ގޮތް ހުސްވެ އަތްދޫކޮށްލާފައިވާ ކިތައް މީހުންނަށް ޝިފާ ލިބިފައިވޭހެއްޔެވެ؟ 

ޝިފާ ލިބުނު ނަމަވެސް ނުލިބުނު ނަމަވެސް ދުޢާކުރުން ހުއްޓާލައިގެން ނުވާނެ އަނެއް ސަބަބަކީ ދިރިހުރިހައި ހިނދަކު ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާލައިގެން ނުވާނެ ކަމެވެ. އުންމީދު ކަނޑާނުލައި ދުޢާކުރަމުން ގެންދާނަމަ އެ އަންގައިދެނީ އެމީހާ ﷲ ތަޢާލާއަށް ކުރާ އުންމީދާއި އަދި ކުރާ އިތުބާރުވެސްމެއެވެ. އެއަށްވުރެ މުހިންމުކަމެއް ނުވެއެވެ. އަދި ﷲ ތަޢާލާއަށް އުންމީދުކުރުމަކީވެސް މަތިވެރި އަޅުކަމެކެވެ. އެހެންކަމުން ދުޢާކުރުންމަތީގައި ހުންނަ މީހަކަށް ޤިޔާމަތްދުވަހު ދެއްވަވާ ނިޢްމަތްތައް ފެނުމުން މީހާއަށް ލިބޭ ޙައިރާންކަން އިންތިހާއަށްދާނެއެވެ. އެހައި ގިނަ ނިޢްމަތްތައް ދެއްވަވާނެތެވެ. 

އަދި އެނިޢްމަތައް ފެނިގެންދާ ދުވަހު އެނިޢްމަތްތައް ދެއްވެވި ސަބަބާއިމެދު މީސްތަކުން ސުވާލު ދަންނަވާނެތެވެ! ޖަވާބުގައި ވަޙިކުރައްވަވާނެތެވެ! "މިއީ ތިބާ ތިމަން ﷲ ގެ ރަޙްމަތުން އުންމީދުކަނޑާނުލައި ދުޢާކުރުންމަތީގައި ހުރުމުން ދެއްވެވި ނިޢްމަތްތަކެވެ."

ވަކިކަމަކަށް ނޫނެވެ! ތިމާއަށް ބޭނުންވާ ކޮންމެ ކަމަކަށް އެދިގެންވެސް ދުޢާކުރުން ހުއްޓައިނުލާށެވެ! އެދުނު ކަންތައް އެދުނު ގޮތަށް ހިންމަވައި ނުދެއްވެވިނަމަވެސް ތަފާތު ގޮތްގޮތުން، ތަފާތު ކަންކަމުން ތިބާއަށް ރަޙްމަތް އިތުރުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް