އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ނުގެނުވާނަމަ ތިބާ ފަހަތުން ތިބާގެ ފާފަތަކަކަށް ނާދެވޭނެ!

ތިބާ ނުގެނުވާނަމަ ތިބާ ފަހަތުން ތިބާގެ ފާފަތަކަކަށް ނާދެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ކުރެވިފައިވާ ފާފަތައް ހިތް މައްޗަށް ގެނެސް ހިތާމަ ކުރުމަކީ އެފަދަ ފާފައެއް ދެން ނުކުރުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދޭ ކަމެކެވެ. ކުރެވިފައިވާ ފާފަތަކަށް ތައުބާވެ ތައުބާ މަތީގައި ދެމިހުރުމަށް ހިތްވަރުލިބި، ބާރު ވެސް ލިބޭ ކަމެކެވެ. ވީމާ ކުރެވިފައިވާ ފާފަތަކާއިމެދުގައި ވިސްނައި އަބަދުވެސް ހިތާމަކުރަންވާނެއެވެ! އަދި އެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި އަބަދުވެސް ދުޢާކުރަންވާނެއެވެ! އަހަރެމެންގެ ދުޢާ ﷲ އިޖާބަ ކުރައްވަވާނެ ދުވަހެއް، ވަގުތެއް އަދި ކިތައް ފަހަރު ކުރުމުންކަން ހަމަ އެކަކަށްވެސް ނުއެނގޭނެތީއެވެ! 

ފިނި މޫސުމެއްގައި މާލިކް ބިން ދީނާރު (ރަޙިމަހުﷲ) މަގެއް މަތިން ވަޑައިގަންނަވަނިކޮށް ވަރަށް ބައު އާދައިގެ ފޭރާމުގައި ހުރި ޒުވާނަކު މަގު އެއްކައިރީގައި ހުރެ ރޯތަން ފެނިވަޑައިގަތެވެވެ. އެހިނދު މިހައި ފިނި މޫސުމެއްގައި މަގުމަތީގައި ހުއްޓި ހުރެ ރޮނީ ކީއްވެތޯ ޒުވާނާ އާއި ސުވާލު ކުރެއްވެވިއެވެ. 

ޒުވާނާ ދެންނެވިއެވެ. "މިތަނުގައި ހުރެ އަޅުގަނޑަށް ވަނީ ވަރަށް ކުރިން ފާފައެއް ކުރެވިފައެވެ. ވީމާ މިތަން ފެންނަ ކޮންމެ ފަހަރަކު އެ ހަނދާންތައް އައުވެ އެކަމާއި ދެރަވެ ރޮވެނީއެވެ." 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުރެވިފައިވާ ފާތަކާއިމެދު އަބަދުވެސް ހިތާމަކުރަންވާނެއެވެ! މިޒަމާނުގައި މަގުމަތީގައި ހުރެ ރޯން ބުނަނީއެއް ނޫނެވެ! ޓްރެފިކާއި ހިނގާ މީހުންގެ އަދަދު މާގިނަވެއްޖެއެވެ. އަދި މުހިންމީ ކޮންމެހެން ފާފަކުރެވުނު ތަނުގައި ހުރެ ރުއިމެއް ވެސް ނޫނެވެ! ކޮންމެ ތަނެއްގައި ހުރެގެންވެސް ދެރަވެވިދާނެއެވެ! ހިތާމަކުރެވިދާނެއެވެ! 

ރަނގަޅަށް އަޑުއަހާށެވެ! ކޮންމެ މީހަކަށްވެސް ހުންނާނީ ފާފަތަކެއް ކުރެވިފައެވެ. އެފާފަތަކަށް އެމީހާގެ ފަހަތުން ދެވޭނީ ގެންދިއައިމައެވެ. ނުގެންދިއައިމަ ނުދެވޭނެއެވެ!  ރަނގަޅަށް އަޑުއަހާށެވެ! ކުރެވޭ ފާފަތަކަށް ތައުބާވުމުން އެފާފަތައް ނެތިނިމިގެން ދިއައީއެވެ. ފަހަތަކުން ނާދެވޭނެއެވެ. ﷲ ތައާލާ ފުއްސަވައި ދެއްވަވާފައިވާ ފާފައަކަށް އެއްވެސް މީހަކަށް ދެވޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟ ވީމާ ފާފަތައް ތިމާ އާއިއެކު ތިމާގެ ފަހަތުން ގެނުވަން ބޭނުންނުވާނަމަ ގިނަގިނައިން ތައުބާވެ ފާފަތައް ފުހެލަން މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް