އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފާވެރިކަމުގަ ދިރިއުޅެން ބޭނުންވާ މީހާ ހަމައެކަނި މިކަން ނުކުރާށެވެ! ތަފާތު ފެންނާނެއެވެ!: މުފްތީ މެންކް

އުފާވެރިކަމުގަ ދިރިއުޅެން ބޭނުންވާ މީހާ ހަމައެކަނި މިކަން ނުކުރާށެވެ! ތަފާތު ފެންނާނެއެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އެންމެންވެސް ދުނިޔެއިން އެންމެ އެދޭނެ އެއްކަމަކީ އުފާވެރިކަމުގައި ދިރިއުލެވުމެވެ. އެހެންކަމާއިއެކުގައިވެސް ގިނަބައަކު އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ އުފާވެރިކަމުގައި ދިރިނުއުޅެވުމެވެ. ވީމާ މިއީ ޙައްލުކުރަން ނުވަތަ ޙައްލު ހޯދަންޖެހިފައިވާ ކަމެކެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދިރިއުޅުމުގައި އުފާވެރިކަން ލިބުމަށް އެދޭމީހާ ފުރަތަމަ ކަމަކަށްވެސް އެހެން މީޙުންގެ ވާހަކަ ދެއްކުން ހުއްޓައިލާށެވެ! ބޭކާރު ގޮތުގައި އެއްވެސް މީހެއްގެ ވާހަކަ ނުދައްކާށެވެ! މިއީ ކުރަން އުނދަގޫ ބޮޑުކަމެއް ނޫނެވެ. ވީމާ އެއްވެސް މީހެއްގެ ވާހަކަ ނުދައްކައި ހުންނާށެވެ! 

ނިކަންވިސްނައިލަބަލާށެވެ! މީސްތަކުންގެ ކުރިމަތީގައި ހުންނައިރު މިހުންނަނީ އެމީހުންނަސް ރުހިގެންނެވެ. ހަމަ ފުރަގަސްދެވޭއިރަށް އެމީހެއްގެ ނުވަތަ އެބައެއްގެ ވާހަކަތައް ދައްކައި ހެދުމުން މިކުރެވެނީ ކީއްކަން އެނގޭހެއްޔެވެ؟ ޙަޤީޤަތުގައި މިވެވެނީ މުނާފިޤަކަށެވެ. މުނާފިޤުންނަކީ ﷲ ތަޢާލާގެ ލަޢްނަތް ދެދުނިޔޭގައިވެސް ޙައްޤުވެގެންވާ ބައެކެވެ. ލައްނަތް ލައްވަވާނެ ބައެކެވެ. 

ތިބާއަކީ ﷲ ތަޢާލާ ލައްނަތް ލައްވަވާފައިވާ މީހަކުކަމުގައި ވެއްޖެނަމަ ތިބާއަށް ލިބޭނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟ ކޮން އުފާވެރިކަމެއް ހެއްޔެވެ؟ ކުރިމަތިވަމުންދާނީ ހިތްދަތިކަމާއި މުޞީބާތްތައް ނޫންހެއްޔެވެ؟ 

ވީމާ ކުރިއެރުމާއި އުފާވެރިކަން ލިބުން އެދޭ މީހާ މިބަޔާންކުރި ކަންތަކަށް، އެހެން މީހުންގެ ވާހަކަ ނުދައްކާ މީހަކަށްވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ! 

- މުފްތީ މެންކްގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް