އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވައްކަމާއިދެކޮޅަށް ދޭންޖެހޭ ވެކްސިން ޚުޠުބާގަ ބަޔާންކުރި - މައްސަލައަކީ ވެކްސިން ޖަހަން ނުކުޅެދިފައިވުން!

ވައްކަމާއިދެކޮޅަށް ދޭންޖެހޭ ވެކްސިން ޚުޠުބާގަ ބަޔާންކުރި - މައްސަލައަކީ ވެކްސިން ޖަހަން ނުކުޅެދިފައިވުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

މިއަދުގެ ހުކުރު ޚުޠުބާ ފެށިގެން އައީ ވައްކަމާއި ދެކޮޅަށް، ވައްކަންކުރުން ހުއްޓުވުމަށް ޖަހަން އޮތް ވެކްސިންގެ ވާހަކައިންނެވެ. އެއީ ﷲ ތައާލާ ހައްދު ބާވައިލައްވަވާފައިވާ ފާފައެއްގެ ވާހަކައިންނެވެ. މެދުތެރޭގައި ކިޔާފައިވަނީ ވެކްސިނެއް ނުފެނިގެންއުޅޭ ވާހަކައިންނެވެ. ދެން އިވުނީ ވެކްސިނަކީ ކޮބައިކަމެވެ. އިވިގެންދިއައީ އެއީ ވައްކަންކުރާ ފިރިހެނުންނާއި އަންހެނުންގެ އަތްކެނޑުން ކަމަށް ކީރިތި ޤުރްއާނުގައި އޮތް ވަޙީ ބަސްފުޅެވެ. 

މައްސަލައަކީ ﷲ ތައާލާގެ ޙުކުމްފުޅު ތަަންފީޒުކުރަން ނުކެރުން ނޫންތޯއެވެ؟ ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅަށް ޢަމަލުކުރަން ބޭނުންނުވުން ނޫންތޯއެވެ؟ ތިމާމެންނަކީ ﷲ ތަޢާލާއަށްވުރެ މޮޅަށް ކަންކަން އެނގޭ ބައަކުކަމަށް ޤަބޫލުކޮށް ﷲ ތައާލާގެ ޙުކުމްފުޅުތަކަށް ގޮންޖަހައި ﷲ ތަޢާލާ ބާވައިލެއްވެވި ޙައްދު ޤާއިމުނުކުރުން ނޫންތޯއެވެ؟ 

މިފަދަ ކަންކަމަށް ވިސްނުމުން އެނގެނީ ދުނިޔޭގައި އެބައަކީ ލޮލަށް ފެންނަ ބައެއް ނަމަވެސް ޤިޔާމަތް ދުވަހު ލޮލަށް ނުފެންނަ ކަނުބައެއްގެ ގޮތުގައި މަޙްޝަރު ކުރެއްވެވޭނެ މީހުންގެ ލޯތަކަށް މިދުނިޔޭގައިވެސް މިކަންކަން ނުފެންނަ ކަމެވެ. އެންމެ ހިތާމަހުރި ކަމަކީ މިއީއެވެ. 

މުސްލިމުން ނޫން މީހުންނަށް ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ޙައްދުތައް ޤަބޫލުނުކުރެވުނު ނަމަވެސް، އެފަރުވާ ނުފެނުނު ނަމަވެސް ފެންނަ މުސްލިމުން ޢަމަލުނުކުރުމުން އަމިއްލައަށް އެވެއްޓިގަންނަނީ ކާފިރުންނަށްވުރެ މާދަށުދަރަޖައަކަށެވެ. ޤިޔާމަތް ދުވަހު އުފުލަންޖެހޭނެ ޒިންމާވެސް އެތައް ގުނައަކަށް ބޮޑުވެގެންދާނެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތްކަން ޢިލްމްވެރިން ބަޔާންކުރައްވަވައެވެ. އެކަން ކީރިތި ޤުރްއާނުން ޔަޤީންވެސްވެއެވެ. 

މިޙަޤީޤަތް ޚުޠުބާގައި ހާމަކޮށްފައިވީނަމަ މިއަދުގެ ޚުޠުބާއަކީވެސް ވަރަށް ފުރިހަމަ ޚުޠުބާޢެކެވެ. މި ޙަޤީޤަތް ހާމަނުކުރުމުން އެންމެ މުހިންމު ބައި އެވަނީ މަދުވެފައެވެ. ޚުޠުބާގައި ބަޔާންކުރި ހުރިހާ ބާވަތެއްގެ ވައްކަން ހުއްޓުމަށްވެސް އޮތް ހައްލަކީ ކީރިތި ޤުރްއާނަށް އަމަލުކުރުންކަން އެއީ އެއްވެސް މުސްލިމަކު ޝައްކުކުރާނެ ކަމެއް ނޫނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް