އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ލިބުމަށްވެސް، ލިބިފައިވާ ދަރިންގެ ހިތުގައި އީމާންކަން ލައްވަވައިދެއްވެވުން އެދިވެސް އެންމެ ގިނައިން ކުރަންވީ ކަންތައް-! މުފްތީ މެންކް

ދަރިން ލިބުމަށްވެސް، ލިބިފައިވާ ދަރިންގެ ހިތުގައި އީމާންކަން ލައްވަވައިދެއްވެވުން އެދިވެސް އެންމެ ގިނައިން ކުރަންވީ ކަންތައް-! މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ގިނަގިނައިން ތައުބާވެ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދޭނަމަ ދަރިން ލިބުމުގައި ދެގޮތަކުން ރަޙްމަތް ލައްވަވާނެތެވެ. ފުރަތަމަ ގޮތަކީ ދަރިން ނުލިބޭ މީހުންނަށް ދަރިން ދެއްވެވުމެވެ. ދެވަނަ ގޮތަކީ ލިބިފައިވާ ދަރިންނަކީ ހެޔޮލަފާ ދަރިންކަމުގައި ލެއްވެވުމެވެ. 

މިކަމުގެ ދަލީލަކީ ހެޔޮލަފާ މީހުންގެ (ގިނަ) ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުވާކަމެވެ. ކުއްޖަކަށް ނުބައިމަގަކުން ދެވުނު ނަމަވެސް އެނބުރި ﷲ ތަޢާލާގެ މަގަށް ރުޖޫޢަވާކަމެވެ. ވީމާ ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންގެ މައްޗަށް އިންޓަރނެޓް ވެރިވެގެންފައިވާ މިޒަމާނުގައި ދަރިންނަށްޓަކައިވެސް މައިންބަފައިން ގިނަގިނައިން ތައުބާވެ ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރަންޖެހެއެވެ.

ކޮންމެ މީހަކީވެސް ކޮންމެވެސް ކަމަކަށް ބޭނުންވެގެން ހުންނާނެ މީހެކެވެ. ހުރިހާ ކަމެއް އެމީހާ ހިތްއެދޭވަރަށް ޙާޞިލުކުރެވިގެން ހުރި ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެނީ އެމީހާ އެދޭ ހުރިހާ ކަންކަން، ހަމަ ހިތަށް އަރުވައިލާއިރަށް ޙާޞިލުވުން އޮތީ ހަމައެކަނި ސުވަރުގެއިންނެވެ. އެމަތިވެރި ނިޢްމަތަށް އެދޭމީހާއަށް އޮތީ ސުވަރުގެ ވަންނަން މަސައްކަތްކުރުމެވެ. 

މީސްތަކުންނަށް އެންމެ ބޮޑު ހިތްދަތިކަމެއް ލިބޭ ކަންކަމުގެ ތެރޭގައި ދަރިން ނުލިބުން ހިމެނެއެވެ. ދަރިން ނުލިބި ލަސްވާނަމަވެސް ފާފަ ފުސްވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! އެންމެ ބޮޑަށް ހާސްވެ ފިކުރުބޮޑުވާންޖެހޭ އެއްކަމަކީ ދަރަނިވެރިވުމެވެ. ދަރަނިން ސަލާމަތްވުމަށްވެސް ފާފަ ފުސްވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! މީހާއަށް އެންމެ ބޮޑު ނިކަމެތިކަމެއް ލިބެނީ އަތްމަތިދަތިވުމުންނެވެ. ތަނަވަސްކަމަށް އެދިވެސް ފާފަ ފުސްވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! 

އަދި މިނޫން އެހެންކަންކަމުގައިވެސް، ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް ފުރަތަމަ ކަމަކަށް އޮތީ ފާފަފުއްސެވުން އެދި ދުޢާކުރުމެވެ! 

ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމުން "(އޭރުން) އެކަލާނގެ، ތިއަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭ ގޮތުގައި) ވާރޭ ފޮނުއްވަވާނެތެވެ!" (.) "އަދި މުދައުތަކާއި، ދަރިންގެ ގޮތުން އެކަލާނގެ ތިއަބައިމީހުންނަށް މަދަދު ދެއްވަވާނެތެވެ! އަދި އެކަލާނގެ ތިއަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވަވާނެތެވެ! އަދި އެކަލާނގެ ތިއަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވަވާނެތެވެ!" (ނޫޙް: 11،12) 

މިދެއާޔަތުންވެސް އެނގިގެން މިދަނީ ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމުން ދަރިންނާއި ތަނަވަސްކަން މިންވަރުކުރައްވަވާނެކަމެވެ. ރިޒްޤް ލިބޭނެ މަގުތައް ފަހިކުރައްވަވައި ދެއްވަވާނެކަމެވެ.

ކޮންމެ ފަރުޟު ނަމާދެއް ނިންމައި ސަލާމްދިނުމާއިއެކު 3 ފަހަރު އަސްތަޣްފިރުﷲ ކިޔުން ސުންނަތުގައިވަނީ އެސަބަބަށްޓަކައެވެ. އެމަގުން ޛިކުރުކުރަން ފެށުމަކީ ސުންނަތުގައި އޮތް ކަމެކެވެ. ފަރުޟު ނަމާދުން އަވަދިވުމާއިއެކު ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދުޢާކުރުން ސުންނަތުގައި އޮތުމުން އެކަމުގެ މުހިންމުކަން އެނގިގެންދެއެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް