އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނި ނުކުރެވުނަސް ތަނަވަސްކަމާ ދަރިން ނުލިބުނަސް މީހަކަށް ދެރަބަހެއް ނުބުނާށެވެ! އެމީހަކު ދެކެ ﷲ ލޯބިވެވޮޑިގަތުން ބޮޑީކަމަށްވެދާނެ!

ކައިވެނި ނުކުރެވުނަސް ތަނަވަސްކަމާ ދަރިން ނުލިބުނަސް މީހަކަށް ދެރަބަހެއް ނުބުނާށެވެ! އެމީހަކު ދެކެ ﷲ ލޯބިވެވޮޑިގަތުން ބޮޑީކަމަށްވެދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

މީހަކަސް ދަރިން ނުލިބުނު ނަމަވެސް ތަނަވަސްކަމާއި ދަރިން ނުލިބުނު ނަމަވެސް އެމީހަކަށް ދެރަބަހެއް ނުބުނާށެވެ! އެމީހަކު ދެކެ ﷲ ލޯބިވެވޮޑިގަތުން ބޮޑީކަމަށްވެދާނެއެވެ! އެކަން އަހަރެމެންނަނަކަށް ނުއެނގޭނެއެވެ! އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! 

ފައިސާވެސް ދަރިންވެސް ދެއްވަވަނީ ﷲ ތަޢާލާ އެމީހަކަށް ދެއްވަވަން ކަނޑައަޅުއްވަވާ ޢަދަދަކަށެވެ! ދަރިން ދެއްވަވާނެ ޖިންސާއި ޢަދަދާއި އަދި ނުދެއްވަވަން ކަނޑައަޅުއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ! އެއީ އެއްވެސް މީހަކަށް އެއްވެސް ބާރެއް ހިންގޭނެ ކަންކަމެއް ނޫނެވެ. މިކަންކަން ކީރިތި ޤުރްއާނުގައި ވަނީ ވަޙީކުރައްވަވައިފައެވެ. ޤަޟާޤަދަރަށް އީމާންވުމަކީ އެއީއެވެ. އެކަންކަން ޤަބޫލުނުކުރެވޭނަމަ އެއީ އީމާން ނުވެވެނީއެވެ. 

ރަސޫލް ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެންމެ ބޮޑަށް ލޯބިފުޅުވާ ބައެއް މީހުންނަށް ފައިސާ، ތަކެތި ނުދެއްވަވަނީ އެތަކެތި ލިބުމުން އެކަމުގެ ސަބަބުން އެމީހަކާއި ﷲ ތަޢާލާ އާއި ދުރުވެދާނެކަމަށްޓަކައި ކަމަށެވެ. އަދި އެއީ އެމީހުންދެކެ ލޯބިފުޅުވެވަޑައިގަންނަވާތީ ކަމަށެވެ. ހަމައެފަދައިން ﷲ ތަޢާލާ މީސްތަކުންނަށް އެކިވަރަށް ދެއްވަވާ އެއް ސަބަބަކީވެސް ހަމައެއީއެވެ. އަދި މަދުންނާއި ގިނައިން ދެއްވަވަނީވެސް އިމްތިޙާންކުރެއްވެވުމަށްޓަކައެވެ. 

ވީމާ ކުރިން ބުނިފަދައިން އެއްވެސް ނިޢްމަތެއް އެއްވެސް މީހަކަށް ނުލިބިގެން އެމީހަކު ކުށްވެރިކޮށް އަދި ހިތުގަ ޖެހޭގޮތަށް ބަސްތައް ނުބުނާށެވެ! އެކަމުގެ ޙަޤީޤަތް މޮޅ:ަސް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ﷲ ތައާލާ ރުހިވޮޑިގަންނަވާ އަޅަކަށް ނުބައި ބަހެއް ބުނެވުމަކީ ކުޑަކަމެއް ކަމަށް ނުދެކޭށެވެ!

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް