އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާއަކީ ކީއްވެގެން ﷲ ފޮނުއްވެވި ކިހައިވަރެއްގެ ވަރުގަދަ އިންޒާރެއްކަން ޢައިޝަތުގެފާނުގެ މިބަސްފުޅުން އެނގިގެންދޭ!

ކޮރޯނާއަކީ ކީއްވެގެން ﷲ ފޮނުއްވެވި ކިހައިވަރެއްގެ ވަރުގަދަ އިންޒާރެއްކަން ޢައިޝަތުގެފާނުގެ މިބަސްފުޅުން އެނގިގެންދޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

މީސްތަކުންނޭވެ! މިހާރު ކުރިމަތިވެގެން މިއުޅޭ ބޮޑު ވަބާ (ކޮރޯނާ) އާއިމެދު ވިސްނާށެވެ! ބިރުވެތިވާށެވެ! މިއީ ބޮޑުވެގެންވާ އިންޒާރެކެވެ! ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމަށް ދެއްވަވާ ވަރުގަދަ އިންޒާރެއްކަމަށް ޤަބޫލުކޮށް ޢަމަލުތައް އިޞްލާޙްކުރަން އަވަސްވެގަންނާށެވެ! ދުނިޔޭގައި ކުރިމަތިކުރައްވަވާ ކޮންމެ މުޞީބާތަކީ އާޚިރަތް ދުވަހުގެ ޢަޛާބުން ސަލާމަތްވުމަށް ދެއްވަވާ ފުރުޞަތެކެވެ. 

މިއީވެސް ކުރިމަތިކުރައްވަވާފައިވާ ވަރަށް ބޮޑު ނިޢްމަތެކެވެ. އެހެނީ ކޮންމެ މުޞީބާތެއްގެ އެންމެ ބޮޑު ޙިކުމަތަކީ އާޚިރަތަށް ބިރުވެތިވުމެވެ. އާޚިރަތްދުވަހު ދެއްވަވައިފާނެ ގަދަފަދަ ޢަޛާބުން ސަލާމަތްވާން މަސައްކަތްކުރުމެވެ. 

ޢަލީގެފާނުގެ ވެރިކަމުގެ ދުވަސްވަރު ޚޫފާއަށް ބިންހެލުމެއް އައެވެ. އެއިން އިބްން މަސްއޫދު އެތަނުގައި ހުންނެވިއެވެ. ތެދުވެވަޑައިގެން ކީރިތި ޤުރްއާނުގެ އާޔަތްތައް ވިދާޅުވެ މިއީ ﷲ ތަޢާލާއަށް ބިރުވެތިވުމަށް ފޮނުއްވެވި އިންޒާރެއްކަމަސް ވިދާޅުވެ މީސްތަކުންނާއި މުޚާޠަބް ކުރެއްވެވިއެވެ.  

އިމާމް ޙަސަނުލްބަސްރީ ވިދާޅުވެފައިވެއެވެ. ބަލިމަޑުކަމެއްގައި ގިނަ ބައަކު މަރުވަމުންދާނަމަ އެއީ ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވުމަށް ދެއްވަވާ އިންޒާރެކެވެ. ތައުބާވުން ގިނަކުރާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ! މިއަދު ފެތުރެމުން މިދާ ރޯގާގައިވެސް މިފެންނަނީ އެކި ޤައުމުތަކުން ގިނަ ޢަދަދަދެއްގެ މީހުން މަރުވަމުންދާތަނެވެ.

އަޢިޝަތުގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މީސްތަކުން ﷲ ތަޢާލާއަށް ބިރުވެތިވުން ދޫކޮށް، ބޮޑެތި ފާފަތައް ކުރުން ގިނަކުރަން ފެށުމުން ﷲ ތަޢާލާ ކޯފާވެވޮޑިގެން މީސްތަކުންނަށް އަދަބު ދިނުމަށް ބިމަށް އަމުރުފުޅުކުރައްވަވާނެތެވެ. (ޒިނޭ ކުރުމާއި އެހެންވެސް ބައެއް ބޮޑެތި ފާފަތައް ކުރުން އެކަމަނާ ފާހަގަކުރެއްވެވިއެވެ.) އަދި ވިދާޅުވިއެވެ. "އެމީހުން ތައުބާވެއްޖެނަމަ އެ ޢަޛާބުން މީސްތަކުން ސަލާމަތްކުރައްވަވަތެވެ. ތައުބާނުވިނަމަ އެ ޢަޛާބުގައި މީސްތަކުން ފަނާކުރައްވަވަތެވެ." 

ޢައިޝަތުގެފާނުގެ މިބަސްފުޅަކީ އެބަސްފުޅުގެ ތެދުކަމަށް ޤުރްއާނާއި ސުންނަތުން ދަލީލު ލިބިގެންވާ ބަސްފުޅުތަކެކެވެ. ވީމާ މިޙާލަތުގައިވެސް ތައުބާވުމަށް އަވަސްވެގަންނަން އިލްތިމާސްކުރަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް