އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިމީހާގެ ފައިތިލަދަށުން ސުވަރުގެ ހޯދަން އަނބިމީހާއަށް އަނިޔާވެރިވެ ހިތުގަ ޖައްސާ ރޮއްވުމެއް ނެތް!: މުފްތީ މެންކް

މައިމީހާގެ ފައިތިލަދަށުން ސުވަރުގެ ހޯދަން އަނބިމީހާއަށް އަނިޔާވެރިވެ ހިތުގަ ޖައްސާ ރޮއްވުމެއް ނެތް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ސުވަރުގެވަނީ މައިމީހާގެ ފައިތިލަދަށުގައިކަމަށް ބުނާ ބުނުމަކީ އަނބިމީހާ ދީނީ ގޮތުން ބްލެކްމޭލްކުރުން ކަމަށް ހަދައިގެން ނުވާނެއެވެ! މައިމީހާދެކެ ވާންޖެހޭ ލޯތްބަކީ ވަރަށް ތަފާތު ލޯތްބެކެވެ! މައިމީހާގެ ފައިތިލަދަށުން ސުވަރުގެ ހޯދަން މައިމީހާއަށް ހެޔޮކޮށް ހިތާށެވެ! އެހީތެރިވެދޭށެވެ! އޯގާތެރިވާށެވެ! 

ނަމަވެސް އެކަންކަން ކުރަން އަނބިމީހާ އާއިމެދު ގޯސްކޮށް ކަންކަންކޮށް ހިތުގައި ޖައްސައިގެން ނުވާނެއެވެ! އަނބިމީހާގެ ލޮލުން ކަރުއަޅަންޖައްސައި ކަރުނަ ނުހިކޭނެ ގޮތަށް ރޮއްވައިގެން ނުވާނެއެވެ! އެއިރުން އެވެވެނީ އަނިޔާވެރިއެވެ. އަނބިންނަށް އަނިޔާވެރިވުމަކީ ފިރިންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ. 

ޢާއިލާ އެކުގައި ދިރިއުޅޭނަމަ ދެމަފިރިންގެ މެދުގައި އެންމެ ގިނައިން ކުރިމަތިވާ އެއް މައްސަލައަކީ ތިމާގެ މައިމީހާ އާއި އަންހެން ކޮއްކޮއިންގެ ކިބައިން އަންނަ މައްސަލަތަކެވެ. މިފަދަ ކަންކަން ކުރިމަތިވުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. މިފަދަ ކަމަކާއި ގުޅިގެންވެސް އަނބީމާއަކީ ބޭރުން ގެނެވުނު އަންހެނަކަށްވީތީ އޭނާއަށް ބުރަވެ މައިމީހާ އާއި ތިމާގެ އަމިއްލަ ޢާއިލާ އެދޭ ގޮތަށް ކަންކަން ނިންމައިގެން ނުވާނެއެވެ. ކަންކަން ނިންމަންވާނީ ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން އިންޞާފުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް