އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކުވެރިޔާ ފާފަކުރުމަކީ އޭނާގެ ކަމެއްކަމަށް ނިންމައިނުލައި އަތުގާހިފާދަމައިވެސް ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރާށެވެ!

އެކުވެރިޔާ ފާފަކުރުމަކީ އޭނާގެ ކަމެއްކަމަށް ނިންމައިނުލައި އަތުގާހިފާދަމައިވެސް ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

މިހާރަކަށް އައިސް ގިނަ މީޙުން ދެކެނީ އެކުވެރިޔާ ކިތަންމެ ބޮޑު ފާފައެއް ކިތަންމެ ގިނައިން ކުރިނަމަވެސް އެއީ އޭނާގެ ކަމެއް ކަމަށާއި ތިމާ އެކަމާއި ބެހެން ނުޖެހޭނެ ކަމަށެވެ. އެކަމާއިގުޅިގެން ނަޞޭޙަތްތެރިވުމުން އޭނާ ހިތްހަމަނުޖެހިއްޖެނަމަ އެއީ ލިބޭ މާބޮޑު ދެރައެއް ކަމަށެވެ.

ކަން އޮތީ އެހެނެއް ނޫނެވެ. ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް ނުވަތަ ތިމާއަށް ކިތަންމެ އެހީތެރިވާ މީހަކުނަމަވެސް ﷲ ތަޢާލާގެ މަގުން އެއްކިބާވެ ފާފަކުރާނަމަ އެކަން ހުއްޓުވަން މަސައްކަތްކުރުން އިސްލާމްދީން ވާޖިބުކުރެއެވެ. އެކަންކުރަން ރަސޫލް ﷺ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

ޙަދީޘްފުޅުގައި އޮތީ އެކަން އަތުން ކުރެވެން އޮތްނަމަ އަތުން ކުރުމަށެވެ. އަތުން ކުރެވެން ނެތްނަމަ ދުލުންކުރުމަށެވެ. ދުލުންކުރުމަކީ އެކަން ނުކުރަން ބުނުމެވެ. ދުލުން ކުރެވެންނެތްނަމަ ހިތުން އެކަން ކުއްވެރިކުރުމަށެވެ.

މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭން ޙައްޤުތަކުގެ ތެރެއިން ތިންވަނަ ކަމަކީ އޯގާތެރިކަމާއެކު އޭނާގެ އަޚާއަށް ނަސޭހަތް ދިނުންކަމުގައި ވަނީ ލައްވަވައިފައެވެ. ނަސޭހަތް ދިނުމަކީ އޭނާގެ މުސްލިމު އަޚާދެކެ ލޯބިވާކަން އަންގައިދޭ ކަމެކެވެ. އޭނާގެ އަޚާދެކެ ލޯބިވާތީ، އެއަޚާއަށް ހުރިހާ ކަމެއްގައިމެ، ހެޔޮގޮތް ވުމަށް އެދުމަކީ އެއީއެވެ. ހަމައެއާއިއެކު އޭނާގެ އަޚާއަށް ދެރައެއް ލިބިދާނެކަމަށްޓަކައި ބިރުގަންނަންވެސް ޖެހެއެވެ.

ނަސޭހަތްދޭ މީހާއަކީ ދީނުގައި ވަރަށް މަތިވެރި މަޤާމެއް ލިބިގެންވާ މީހެކެވެ. ވީމާ އެމަޤާމް ލިބިގަތުމަށްޓަކައިވެސް ނަބޭޙަތްތެރިވާ މީހަކަށްވާށެވެ! މުހިންމީ އެކުވެރިޔާ ހިތްހަމަޖެއްސުމެއް ނޫނެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް