އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރިއުޅުން ކުރިއަރައި އުފާވެރިކަން ނުލިބޭނަމަ ދެމަފިރިން އެކަކު އަނެކަކަށް ތެދުވެރިވެ ވަޢުދު ފުއްދޭ މިންވަރަށް ބަލައިލާށެވެ!

ދިރިއުޅުން ކުރިއަރައި އުފާވެރިކަން ނުލިބޭނަމަ ދެމަފިރިން އެކަކު އަނެކަކަށް ތެދުވެރިވެ ވަޢުދު ފުއްދޭ މިންވަރަށް ބަލައިލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

މިއަދު މީސްތަކުންގެ ދިރިއުޅުމާއި ޒަވާޖީ ޙަޔާތް ބަރުބާދުވަމުން ދިއުން ގިނަވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ އިތުބާރު ގެއްލުމާއި ވަޢުދު ނުފުއްދުމެވެ. މި ނުބައި އާދަ މިއަދު މިވަނީ މުޅި މުޖުތަމަޢުއަށް ބޮޑު ވަބާއަކަށްވެފައެވެ. އެހެންކަމުން މިއީ ވަކި މީހަކު އިސްތިސްނާވުމެއް ނެތި އެންމެން ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. 

ޙަދީޘްފުޅުގައި އޮތީ: "އިތުބާރު ގެއްލިފައިވާ (އިތުބާރު ނުކުރެވޭ ޙާލަތުގައިބި) މީހުންގެ އީމާންކަމެއް ނެތްކަމަށާއި އަދި ވަޢުދު ނުފުއްދާ މީހާގެ ދީނެއް ނެތް ކަމަށެވެ." (ޙަދީޘް ރިވާކުރެއްވީ އިމާމް އަޙްމަދު) 

އިތުބާރު ގެއްލެނީ ވަޢުދު ނުފުއްދުމުންނެވެ. ވީމާ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އިތުބާރުހިފަހައްޓަން މަސައްކަތްކުރަންވާނެއެވެ. އެއީ ދިރިއުޅުމުގެ ކޮންމެ ކަމަކާއި ގުޅިގެން ކޮންމެ މީހަކާއިއެކު ކުރެވޭ މުޢާމަލާމާތެއްގައި ނަމަވެސް މެއެވެ. ދެމަފިރިން އެކަކު އަނެކަކަސް ކުރާ މުޢާމަލާމާތުތަކުގައިވެސްމެއެވެ. 

ބައެއް މީހުން މީސްތަކުންނަށްވާ ވަޢުދު ފުއްދަން ސަމާލުކަންދީފައި އަނބިދަރިންނަށް ނުވަތަ ފިރިމީހާއަށްވާ ވައުދުތައް ފުއްދުމުގައި ފަރުވާކުޑަކުރެއެވެ. ދެމަފިރިން އެކަކު އަނެކަކަށްނަމަވެސް، އަދި ދަރިއަކަށްނަމަވެސް އަދި މައިންބަފައިންނަށް ނަމަވެސް ވައުދެއް ވެއްޖެނަމަ ފުއްދަންޖެހޭނެއެވެ. އެއީ ވަކިމީހަކުވެގެން ނުކޮށް ދޫކޮށްލެވެން އޮތްކަމެއް ނޫނެވެ. 

ވަޢުދު ނުފުއްދާ މީހާގެ ދީނެއް ނެތްކަމަށް އޮތް ބަސްފުޅަށް ބިރުވެތިވާށެވެ! ﷲ ތަޢާލާގެ ރަޙްމަތްފުޅާއި ބަރަކާތް އިތުރުވާނީ ދީނުގައި ސާބިތުވެވިގެންނެވެ. އަމިއްލަ ދިރިއުޅުންވެސް އަދި ޒަވާޖީ ޙަޔާތްވެސް ކުރިއަރައި އުފާވެރިކަން ލިބޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް