އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ކުޑަ ހޭދައެއް ކޮށްލައިގެން ނަމަވެސް ޤިޔާމަތާއި ހަމައަށް ގިނަގުނަ ޘަވާބު ލިބިލިބި ހުރުމުގެ ފުރުޞަތެއް!

ކިތަންމެ ކުޑަ ހޭދައެއް ކޮށްލައިގެން ނަމަވެސް ޤިޔާމަތާއި ހަމައަށް ގިނަގުނަ ޘަވާބު ލިބިލިބި ހުރުމުގެ ފުރުޞަތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ﷲ ތައާލާއަށްޓަކައި ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ހޭދަކުރުމަކީ އެކަމުގެ ޘަވާބު އެތައް ގުނައަކަށް އިތުރުކުރައްވަވާ ކަމެކެވެ. އެއިގެތެރެއިންވެސް މިސްކިތެއް އުޅުމަކީ ނުވަތަ ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް މިސްކިތެެއް އެޅުމުގައި ބައިވެރިވުމަކީ އިންތިހާއަށް ގިނަ ޘަވާބާއި ބަރުމަ ލިބޭނެ ކަމެކެވެ. 

މިސްކިތެއް އަޅަން އެހީވުމުން ސުވަރުގެއިން ހަމައެފަދަ ގަނޑުވަރެއް ލިބުމުގެ އިތުރުން:

1 މިސްކިތުގައި ކުރާ ކޮންމެ ނަމާދެއްގައި ބައިވެރިވާ އެންމެންގެ ފަރާތުން ޘަވާބުލިބެއެވެ. 

2 ދަރުސްތައް ބާއްވައި ހެދުމުން އެކަމުގެ ސަބަބުން ޘަވާބުލިބެއެވެ. 

3 މިސްކިތުގައި ދެވޭ ދައުވަތަކުން މީހަކު އިޞްލާހްވެއްޖެނަމަ، އަދި ކާފިރަކު އިސްލާމްވެއްޖެނަމަ އެކަމުންވެސް ތިބާއަށް ޘަވާބު ލިބެއެވެ. 

4 މިސްކިތުގައި ކުރެވޭ ކޮންމެ ހެޔޮ ކަމަކުން އެމީހަކަށް ޘަވާބު ދެއްވަވަތެވެ. 

އިސްލާމް ނެޓުން ނޯވޭގައި އަޅަން މަސައްކަތްކުރާ ބޮޑު މިސްކިތަ އެޅުމަށް އެމީހަކަށް ވެވެން އޮތްވަރަކުން އެހީތެރިވާން ދުނިޔޭގެ އެންމެ ބޮޑެތި ޢިލްމުވެރިން ގެންދަވަނީ ގޮވައިލައްވަވަމުންނެވެ. އިލްތިމާސްކުރައްވަމުންނެވެ. ފައުޅުގައި ނުކުމެވަޑައިގެން ކެންޕޭންކުރައްވަމުންނެވެ. 

ތިބާއަށް ހަމަ އެންމެ ޑޮލަރަކުންވެސް އެހީތެރިވެދެވިދާނެއެވެ! 1 ކޮފީތަށި މަދުކޮށްލިނަމަވެސް 2 ޑޮލަރު ހަދިޔާ ކުރެވިދާނެއެވެ. 

އިތުރުމައުލޫމާތު ހޯއްދެވުމަށާ އެހީތެރިވެދެއްވުމަށް: 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް