އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާގެ ޢާއިލާއަށް ޚަރަދުކުރުންފަދަ ދީނުގަ ހުއްދަ ކަމެއް ކުރުމުން ވަރިކުރާނެކަމަށް ބުނުން ފިރިމީހާއަށް ހުއްދައެއް ނޫން!

އަނބިމީހާގެ ޢާއިލާއަށް ޚަރަދުކުރުންފަދަ ދީނުގަ ހުއްދަ ކަމެއް ކުރުމުން ވަރިކުރާނެކަމަށް ބުނުން ފިރިމީހާއަށް ހުއްދައެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

އިސްލާމް ދީނުގައި އަންހެނުންނަށް ކުރަން ހުއްދަ ކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރުމުން ވަރިކުރާނެކަމަށް ބުނުމާއި އެފަދަ ކަމަކާއި ގުޅިގެން ވަރިކުރާނެ ކަމަށް ހުވާކުރުންވެސް ހުއްދަވެގެނެއް ނުވެއެވެ. 

މިސާލަކަށް އަނބިމީހާގެ އަމިއްލަފައިސާއިން އޭނާއަށް ޚަރަދުކުރުން މަނާކުރުމުގެ ގޮތުން ޚަރަދުކޮށްފިނަމަ ވަރިކުރާނެ ކަމަށް އެބަބުނެއެވެ. އަދި ބައެއް ފަހަރު ޢާއިލާއަށް ޚަރަދުކޮށްފިނަމަ ވަރިކުރާނެ ކަމަށްބުނެ އެބަ ހުވާވެސް ކުރެއެވެ. މިކަންކަމަކީ ފިރިންނަށް ހުއްދަ ކަންކަމެެއް ނޫނެވެ. މާނައަކީ ފިރިންނަށް ބުނުން ހުއްދަ ބަސްތަކެއް ނޫނެވެ. 

އަދިކީއްހެއްޔެވެ؟ އެފަދަ ބަސްތައް ބުނުމަކީ ބިރުދެއްކުމެވެ. ބިރުދެއްކުމާއި ޖަދަލުކުރުމާއި އަރައިރުންވުމުގެ ތެރެއިން ހޯދޭނެ ކުރިއެރުމެއް ނުއޮންނާނެއެވެ! 

އަނބިމީހާގެ އަމިއްލަ ފައިސާއިންވެސް އަދި ގަހަނައާއި މުދަލުންވެސް ޞަދަޤާތްކުރަން ފިރިމީހާގެ ހުއްދަ ހޯދާކަށް ނުވެސްޖެހެއެވެ. ޢާއިލާއަށް ޚަރަދުކުރުމަކީ ކުރެވޭނެ އެންމެ މަތިވެރި އެއް ޞަދަޤާތެވެ. ޢާއިލާގެ މީހަކު ދަތިޙާލުގައި އުޅޭނަމަ އަންހެނަކުނަމަވެސް އޭނާގެ އަތުގައި ތަނަވަސްކަންހުރިނަމަ ޞަދަޤާތްކުރަންޖެހޭނެއެވެ. 

ފިރިމީހާއަށް އޮތީ އަނބިމީހާ ކުރާ އެފަދަ ހެޔޮ ޢަމަލުތައްކުރަން ހުއްދަދިނުމާއި އެކަމަށް ހިތްވަރުދިނުމެވެ. އެކަން މަނާކުރުމެއް ނޫނެވެ. 

ކޮންމެ ދެމަފިރިއެއްގެވެސް ދިރިއުޅުން ކުރިއަރައި އުފާވެރިކަން ލިބޭނީ އިސްލާމް ދީނުގައި ކަންކަން ކުރަން އޮތް ގޮތަށް ޢަމަލުކުރުމުންނެވެ. 

ހަމައެއާއިއެކު ވިސްނައިލަންވީ ކަމަކީ އަނބިމީހާ ފިރިމީހާގެ ޢާއިލާއަށް ޚަރަދުކުރާނަމަ އެކަމަށް ތަރުޙީބުދީފައި އަނބިމީހާގެ ޢާއިލާއަށް ޚަރަދުކުރުމުން ނަފްރަތުކުރެވޭނަމަ އެކަމުން އަންގައިދެނީ އަނބިމީހާގެ ޢާއިލާ އާއިމެދު ހިތުގައި ހަސަދަވެރިކަން އޮތްކަމެވެ. އެއީ އެންމެ ނުބައި ފާފަތަކުގެތެރެއިން ހިމެނޭ ކަމެކެވެ. 

ބައެއް ފަހަރު މިގޮތަށް ކަންކަން ދިމާވަނީ ކައިވެނިކުރަންއުޅޭއިރު އަނބިމީހާގެ ޢާއިލާއިން ނުރުހުން ފަދަ ކަންކަމާއި ގުޅިގެންނެވެ. ކައިވެނިކުރެވުމުން އެކަންކަން ހަނދާންނައްތައިލާށެވެ. އުފާވެރި ދިރިއުޅުމެއް އުލެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް