އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް މީހެއްގެ ޙައްޤު އަދާނުކޮށް ކައްވަޅަށް ނުދާށެވެ! އެކަމުގަ ރަސޫލާ ޞޢވ, ވަނީ ނަމޫނާ ދައްކަވައިފައެވެ!

އެއްވެސް މީހެއްގެ ޙައްޤު އަދާނުކޮށް ކައްވަޅަށް ނުދާށެވެ! އެކަމުގަ ރަސޫލާ ޞޢވ, ވަނީ ނަމޫނާ ދައްކަވައިފައެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ކީރިތި ޤުރްއާނުން އެންމެފަހުން ބާވައިލެއްވެވި އާޔަތަކީ ބަޤަރާ ސޫރަތުގެ 281 ވަނަ އާޔަތެވެ. އެ އާޔަތުގައި ވަނީ "އެދުވަހެއްގައި، اللَّه ގެ ޙަޟްރަތަށް ތިއަބައިމީހުން ރުޖޫޢަ ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ." 

މިއާޔަތް ބާވައި ލެއްވެވުމުން ރަސޫލް (ﷺ) ޞަހާބީންނަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. "ތިމަންކަލޭގެފާނުގެ ފުރަގަސްފުޅު ތިއަބައިމީހުންގެ ކުރިމަތީގައި މިވަނީއެވެ. ތިމަން ކަލާގެފާނުގެ ޝަރަފާއި ޢިއްޒަތް ވެސް ތިއަބައިމީހުންގެ ކުރިމަތީގައި މިވަނީއެވެ. ތިމަން ކަލޭގެފާނަށް އެއްވެސް ބޭކަލެއްގެ ބުރަކަށިފުޅުގައި ޖެއްސެވިފައިވާނަމަ އެކަމުގެ ބަދަލު މިއަދު ހިއްޕަވާށެވެ. ތިއައިން އެއްވެސް ބޭކަލެއްގެ ޝަރަފާއި އިއްޒަތަށް ތިމަންކަލޭގެފާނަށް އަރައިވަޑައިގެންނެވިފައިވާނަމަ އެކަމުގެ ބަދަލުވެސް މިއަދު ހިއްޕަވާށެވެ!"

މިގޮތަށް ޙަދީޘްފުޅު ކުރެއްވެވުމުގެ ބޭނުންފުޅަކީ އެއްވެސް މީހަކާއިމެދު އެއްވެސް ކަމެއް ގޯސްކޮށް ކުރެވިފައިވާނަމަ އެކަމުގެ ބަދަލު މިދުނިޔޭގައި އަދާކޮށް ނިންމުމުގެ މުހިންމުކަން ބަޔާންކޮށް ދެއްވެވުމެވެ. އެހެންވެ އަމިއްލަފުޅަށް އެކަން ކުރައްވަވައި މީސްތަކުންނަށް ނަމޫނާ ދެއްކެވީއެވެ. 

މީސްތަކުންނޭވެ! މިއީ އަހަރެމެން އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އަހަރެމެންނަށް އެނގިތިބެގެންނާއި ނުއެނގި ތިބެ ނަމަވެސް މީސްތަކުން ކުށްވެރި ކުރަމުއެވެ. މިއީ މަޢާފަށް އެދެން ޖެހޭ ކަންކަމެވެ. މިދުނިޔޭގައި މާފަށް އެދެވިދާނެއެވެ. ތައުބާވެވިދާނެއެވެ. ނަމަވެސް މަރުވުމަށްފަހު އެހުރިހައި ފުރުޞަތުތަކެއް ގެއްލިގެން ދެއެވެ. ވީމާ ޤިޔާމަތް ދުވަހު އެމީހާ މަޙްޞަރު ކުރެވޭނީ ކުށްވެރިއެއްގެ ގޮތުގައެވެ. އެކަމުން ސަލާމަތް ވެވޭނީ އެކަންކަމަށް މިދުނިޔޭގައި މަޢާފަށް އެދި މައްސަލަތައް ޙައްލުކުރެވިގެންނެވެ. ނޫން ނަމަ ޖެހޭނީ އެމީހަކު ކުރި ހެޔޮ އަމަލުތަކުން ބަދަލުދޭށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް