އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާންމަހަށްޓަކައި ކޮންމެ މީހަކުވެސް މިހާރުން ފެށިގެން ކުރަންވީ ދުޢާ!

ރަމަޟާންމަހަށްޓަކައި ކޮންމެ މީހަކުވެސް މިހާރުން ފެށިގެން ކުރަންވީ ދުޢާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ރަޖަބް މަސް މިވަނީ ފެށިފައެވެ.، ކުރިއަށް އޮތީ ޝަޢްބާންމަހެވެ. ޖެހިގެން އަންނާނީ ރަމަޟާންމަހެވެ. ވީމާ އެމަހަކަށްޓަކައި މުސްލިމުން އެންމެ ބޮޑަށް އިންތިޒާރުކުރާ ރަމަޟާން މަސް މިހާރު މިވަނީ ވަރަށް ގާތްވެފައެވެ. 

ފާއިތުވި ރަމަމާން މަހަށް ބަލައިލުމުން މިހާށރުވެސް ލޯތަކުން އަންނަނީ ކަރުނައެވެ. ދުނިޔޭގެ ފަހުގެ ތާރީޚޫގައިވެސް ބައްދަލުވި އެންމެ ހިތާމަވެރި ރަމަޟާންމަސްކަމަށްވުމުންނެވެ. ޕާކިސްތާން ިޔަވައި ހުރިހާ ޤައުމުތަކެއްގައިހެން މިސްކިތްތައް ހުރީ ތަޅުލެވިފައެވެ. ޖަމާޢަތުގައި ނަމާދެއް ނުކުރެވެއެވެ. ރޭއަޅުކަމެއް ނުކުރެވެއެވެ. އިޢްތިކާފަކަށް ނުތިބެވެއެވެ. މިކަންކަމުން އަސަރުނުކުރި ހިތަކަށް އަސަރުކުރާނީ ކޮންކަމަކުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ކަންކަން އަދިވެސް ފެންނަމުން މިދާގޮތުން މިއަހަރުގެ ރަމަޟާންމަހު ކަންކަން މެދުވެރިވާނީ ކޮން ގޮތަކަށްކަން ޔަޤީނެއް ނޫނެވެ. މިނިވަންކަމާއިއެކު މިސްކިތްތައް ހުޅުވާފައި ބެހެއްޓޭނެކަން އަދިވެސް ޔަޤީނެއް ނޫނެވެ. މިސްކިތްތަކުގައި ރޭއަޅުކަންކުރެވޭނެކަން ވެސް ޔަޤީނެއް ނޫނެވެ. 

ވީމާ އަހުރެންގެ އިލްތިމާސަކީ ކޮންމެ މުސްލިމަކުވެސް މިަކަންކަމަށް އެދި ދުޢާކުރުމެވެ. ރަމަޟާންމަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކޮށްލައި ރޭއަޅުކަންކޮށްލައި އުޅުމުގެ ފުރުޞަތު ފަހިކޮށްދެއްވެވުން އެދިއެވެ. 

އަދި އެދުޢާގައި ރަމަޟާން މަސް ތިމާއާއި ބައްދަލުކޮށްދެއްވެވިގެންނާއި ރަމަޟާންމަހު ރޯދަ ހިފައި ވީހައި ގިނަ އަޅުކަންކުރުމުގެ ތައުފީޤް ދެއްވެވުމަށް އެދިވެސް ދުޢާކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް