އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުބައި ޢަމަލުތައް ކޮށްފައި ހިތް ކުށްވެރިނުކުރާށެވެ! ސަލާމަތްކަން ހޯދޭނެ މަގު އޮތީ ފެންނާށެވެ!

ނުބައި ޢަމަލުތައް ކޮށްފައި ހިތް ކުށްވެރިނުކުރާށެވެ! ސަލާމަތްކަން ހޯދޭނެ މަގު އޮތީ ފެންނާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

އެންމެ ގިނަބއަކަށް ނަރަކައަށް ވަންނަންޖެހެނީ ދުލާއި ހިތާއި އަދި ޖިންސީ ގުނަވަނުގެ ސަބަބުން ކަމަށްވާއިރު މި 3 ގުނަވަނަކީވެސް ހަށިގަނޑުގައިވާ އެންމެ ޟަޢީފް 3 ގުނަވަނެވެ. އެންމެ ކުޑަމިނުން ކަށިކޮޅެއްގެ މިންވަރުވެސް އެއިން ގުނަވަނެއްގައި ނުވެއެވެ. 

އެ 3 ގުނަވަނުންކުރެ ގުނަވަނަކަށް އެއްވެސް ޙަރަކާތެއް ގެނުވޭނީ އެމީހަކު ޤަޞްދުގައި އެކަމެއް ކުރުވުމުންނެވެ. ޝައިޠޯނާގެ ވަސްވާސްތަކުން ހިތްސަލާމަތްކުރުމާއި ދުލުން ނުބަައިބަސް ނުބުނުމާއި އަދި ފާހިޝް އަމަލު ނުކުރުމުގެ އިޚްތިޔާރު ކޮންމެ މީހަކަސްވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އެކަމަށް އެދިގެން މަސައްކަތްކުރާ ކޮންމެ މީހަކަށް ﷲ ތަޢާލާ އެކަން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ހިތުގެ މައްޗަށް އެމީހުންގެ އަމިއްލަ ބާރު ނުހިނގާކަމަށްބުނެއެވެ. އެހެންކަމުން މިގެނެސްދެނީ ޢިލްމުވެރިއަކު ހިތާއިބެހޭ ގޮތުން ވިދާޅުވެފައިވާ ބަސްކޮޅެކެވެ. 

"ހިތް ރަނގަޅު ކުރެވޭނީ ތެދުވެރި ތައުބާއަކުން ތައުބާވެ، ހުރިހާކަމެއްގައިވެސް އެއިލާހަށް ތަވައްކުލް ކުރުން ޙައްޤުގޮތުގައި ތަވައްކުލް ކޮށްގެންނެވެ. ﷲގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންގަނެ، ނަހީތަކުން ދުރުހެލިވެ ރައްކާތެރިވެގެންނެވެ. އަދި ހުރިހާ ޢަމަލެއްވެސް ޢިޚްލާޞްތެރިކަމާއެކު ﷲ ތަޢާލާގެ ވަޖުހުފުޅުއަދައި ކުރުމާއެކު، އެހެން މީސްތަކުންނަށްވެސް ހެޔޮގޮތް މިންވަރުވުމަށް އެދިގެންނެވެ.

ހިތް ފަސާދަވެ ނިކަމެތިވެ ބަލިކަށިވެގެންދާނީ މިއާއި ޚިލާފަށް ޢަމަލުކުރުމުންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ أَلَا وَهِيَ الْقَلْبُ  

”ދަންނާށެވެ! ހަމަކަށަވަރުން ހަށިގަޑުގައި މަސްކޮޅެއްވެއެވެ. އެ ރަނގަޅުވެއްޖެނަމަ، މުޅި ހަށިގަނޑު ރަނގަޅުވެދެއެވެ. އަދި އެ ފަސާދަވެއްޖެނަމަ މުޅި ހަށިގަނޑު ފަސާދަވެ(ހަލާކުވެ) ދެއެވެ. ދަންނާށެވެ! އެއީ ހިތެވެ."

ހިތް ރަނގަޅުވުމުން ﷲ ތަޢާލާ ، އެއަޅެއްގެ ހިތުގައި އީމާންކަން ޒީނަތްތެރިކޮއްދެއްވަވައި، އީމާންކަމަށް ލޯބިކުރާ މީހެއްކަމުގައި އޭނާ ލައްވަތެވެ. އަދި ކުފުރާއި ފިސްގާއި ފާފަތައް އޭނަ ނުރުހޭ އެއްޗެއްކަމުގައި ލައްވަވަތެވެ. ދެންފަހެ އެތެރެފުށާއި ބޭރުފުށް ރަނގަޅުވެގެންވާ، ޞާލިޙު އަޅުންގެތެރެއިން އޭނާ ވެދެއެވެ." 

ވީމާ ހިތުގެ މައްޗަށް އަމިއްލަ ބާރުފޯރުވޭނެގޮތާއި އަމަލުކުރަންވީ ގޮތް މިއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ! ޢަމަލުނުކޮށްހުރެ ހިތް ކުށްވެރިކުރުމަކުން ނުފުދޭނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް