އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަ ބައަކަށް މުޞީބާތްތައް ކުރިމަތިވަމުން މިދަނީ މާކުރިން މީހަކަށް ހިތާ ސިކުނޑި ހަނދިޔާކުރެވޭތީ! ހުރިހާ ސިއްރެއް ހާމަކުރެވޭތީ!: މުފްތީ މެންކް

ގިނަ ބައަކަށް މުޞީބާތްތައް ކުރިމަތިވަމުން މިދަނީ މާކުރިން މީހަކަށް ހިތާ ސިކުނޑި ހަނދިޔާކުރެވޭތީ! ހުރިހާ ސިއްރެއް ހާމަކުރެވޭތީ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ލޯބިވެރިންނާއި މައްސަލަތައް ޖެހުމަކީ ހުރިހާ ޒަމާނެއްގައިވެސް ހިނަގަމުން އަންނަ ކަމެކެވެ. ނަމަވެސް މިހާރު އެކަންތައް މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިއަދުގެ ޒުވާނުންނަށް ބެލިނަމަވެސް ބޮޑެތި މީހުންނަށް ބެލިނަމަވެސް ގިނަ ބައަކު މިވަނީ ލޯބީގެ ކޮންމެވެސް މައްސަލައެއްގެ ތެރޭގައެވެ. ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައި އޮންނަނީ ލޯބީގެ ކޮންމެވެސް މައްސަލައެކެވެ. 

މިކަން މިގޮތަށް ދިމާވަމުން މިދަނީ މާކުރިން ކޮންމެވެސް މީހަކަށް ހިތާއި ސިކުނޑިވެސް ދެވޭތީއެވެ. އިންސާނާގެ އެންމެ މުހިންމު ދެ ގުނަވަނަކީ ހިތާއި ސިކުނޑިއެވެ. އެދެގުނަވަން މާކުރިން މީހަކަށް ހަދިޔާކުރެވިއްޖެނަމަ ވާނެ ގޮތް ގިނަ ބއަކު މިދަނީ ތަޖުރިބާކުރަމުންނެވެ. 

މިކަންތައް ޢާންމުވެފައިވާވަރަކީ އުމުރުން 15، 16 އަހަރުވާއިރު މިއޮންނަނީ ހިތާއި ސިކުނޑި ހަދިޔާކުރެވިފައެވެ. އަދި ޙަޔާތުގެ ހުރިހާ ސިއްރުތަކެއްވެސް ކިޔައިދެވިފައެވެ. ނަތީޖާއަކަށްވަމުން މިދަނީ ލޯބިވުމުގެ ތެރެއިން މީހާ އަޅުވެތިވުމެވެ. ބްލެކްމޭލްވެސްވެފައި ހުންނަން ޖެހުމެވެ.

ވީމާ އަންހެނުންވެސް އަދި ފިރިހެނުންވެސް މިކަމަށް ހޭލުންތެރިވާށެވެ. އެއްވެސް މީހަކަށް ހިތާއި ސިކުނޑި ހަދިޔާނުކުރާށެވެ. ޙަޔާތުގައި ކުރިމަތިވެފައިވާ ހުރިހާ ކަންކަން ކިޔައިނުދޭށެވެ. ސިއްރުތައް ސިއްރުގެ ގޮތުގައި ހިފަހައްޓާށެވެ! ކައިވެނީގެކުރިންވެސް އަދި ކައިވެނީގެ ފަހުންވެސްމެއެވެ. 

ލޯބިވުމަކީ އެއްވެސް ގަރަންޓީއެއް އޮންނަކަމެއް ނޫނެވެ. އިސާހިތަކު އެބަ ކަންކަން ބަދަލުބެގެންދެއެވެ. ލޯބިވެރިން ދުޝްމިނުންނަށް ބަދަލުވެގެންދެއެވެ. ލޯބީގެ ތެރެއިން ޙާޞިލުކުރަންބޭމނުންވާ ކަންކަން ޙާޞިލުކުރެވުމުން އެބަބާކީކޮށްލައެވެ. ޙާޞިލުނުކުރެވުމުން އެބަ ނަގައި އެއްލައިލައެވެ. މިކަންކަން މިހެންވަމުންދާކަން ނުއެނގޭ ހަމައެކަކުވެސް ނުހުންނާނެއެވެ. ހިތާމައަކީ އެނގޭއިރުވެސް ސަމާލުކަން ނުދެވޭކަމެވެ. 

މީހުންގެ ފިކުރަށް މިހައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު އިތުބާރުކުރަންވާނީ ވަކި މިންވަރަކަށެވެ. ކިތަންމެވަރަކަށް ލޯބިވިނަމަވެސް ތިމާގެ އަމިއްލަ ބާރު ނުހިނގާނެ ވަރަށް ކަންކަން މުށުން ދޫކޮށްލައިގެންނުވާނެއެވެ. އެހެން މީހެއްގެ އަޅަކަށްވާންޖެހިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.  

ހިތާއި ސިކުނޑީގެ މައްޗަށް އަމިއްލަ ބާރު ނުހިންގޭނެ ވަރަށް ހިތާއި ސިކުނޑީގެ ކަންކަން ހަމައެކަކާއިވެސް ޙަވާލުކޮށްގެން ނުވާނެއެވެ. އެގޮތަށް އެކަންކުރެވިއްްޖެނަމ ފަހުން އުފުލަންޖެހިދާނެ ހިތާމަ މާބޮޑުވެދާނެކަމަށް އަބަދުވެސް ސަމާލުވެގެން ހުންނާށެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބޭނީ އެއިރުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް