އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނގުރާމައިގެ ޙާލަތުގަވެސް ބިންމަތީގަ ފަތިތިލަ ޖައްސަވައި ސަފު ހެއްދެވިނަމަ ވަނީ ދެފައިންޕުޅު ޖައްސަވާފަ!

ހަނގުރާމައިގެ ޙާލަތުގަވެސް ބިންމަތީގަ ފަތިތިލަ ޖައްސަވައި ސަފު ހެއްދެވިނަމަ ވަނީ ދެފައިންޕުޅު ޖައްސަވާފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ރަސޫލް ﷺ އާއި ޞަޙާބީން ކުރެއްވެވި ހަނގުރާމަތަކުގައި ނަމާދު ވަގުތު ޖެހުމުން ލަޝްކަރު ބައިކުރައްވައި އެއްބައިބޭކަލުން ފާރައަށް ތިއްބައި އަނެއްބައި ބޭކަލުން ނަމާދުކުރެއްވެވިއެވެ. 

މިޙާލަތުގައި ނަމާދުކުރެއްވެވިއިރު ޖަމަލް، އަސް ނުވަތަ އަރާވަޑައިގެން ތިއްބެވި ސަވާރީން ފައިބައިވަޑައިގެން ބިންމަތީގައި ސަފުހައްދަވައިގެން ނަމާދުކުރައްވަވާއިރު ތިއްބެވީ ހަމަ ދެފައިންޕުޅު ކައިރި ކުރެއްވެވޭނެ ހަމަ އެންމެ ބޮޑަށް ކައިރިކުރައްވަވައިގެންނެވެ. ހަނގުރާމައިގެ އައްޑަނައެއްގެ ގޮތުން ކަށިމަތިފުޅުގައި އެއްޗެއް އަޅުއްވަވަފައިވާނަމަ އެއްޗެއް ޖެހޭވަރަށް ކައިރިވެވަޑައިގެންނެވިއެވެ. ތިއްބެވީ ގައިދުރުކުރައްވަވައިގެން ދުރުދުރަކު ނޫނެވެ. 

- މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީދް 

ވީމާ މިފަދަ ޙާލަތުގައި ނަމާދުކުރެއްވެވިއިރު އެބޭކަލުންގެ ފައިންޕުޅު ބެހެއްޓެވި ހިސާބާއިމެދު ސުވާލުކުރައްވާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވައިލީއެވެ. 

ކޮރޯނާގެ ޙާލަތަކީ މީސްތަކުން އިސްލާމް ދީނާއި ޚާއްޞަކޮށް ނަމާދުކުރުމާއި ދުރުކުރުމަށް ލިބުނު ފުރުޞަތަކަށް ހަދައިން ނަމާދުކުރުމާއި މީސްތަކުން ދުރުކުރުވަން ފަތުރަމުން ގެންދާ ދޮގު މައުލޫމާތުތަކަށް ހޭލުންތެރިވެތިބުން ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ. 

އެފިކުރާ އެމަޛްހަބުގެ އިމާމުން މިހާރު މިނެރުއްވާ ފަތުވާތަކަށް ބަލާއިރު ހަނގުރާމައިގެ ޙާލަތުގައި އަސް، ނުވަތަ ސަވާރީމަތީގައި ނަމާދުކުރެއްވޭތީ މިހާރު ރާއްޖޭގައި ސައިކަލްމަތީގައި ސައިކަލް ދުއްވަމުން ނަމާދުކުރުން ހުއްދަކޮށް ފަތުވާއެއް ނުނެރުއްވާނެ ކަމަށް ބެލޭކަށް ނެތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް